"އިންޤިލާބު"

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
“އިންޤިލާބު”

ދިވެހިން ދިވެހިންގެ ޤައުމުގެ ދިފާޢުގައި ނުކުންނަނީއެވެ. ދިވެހިންނަކީ ޒުވާބު ކުރިއަސް، އަރާރުން ވިއަސް، ދެބަސްވިއަސް، ތިމާ ސަޕޯޓުކުރާ ފިކުރު ތަފާތުވިއަސް ދިވެހިންގެ ދީން، އިސްލާމްދީނާއި ޤައުމު ދިފާޢުކުރުމުގައި އެއްމާބަނޑު ދެބެންފަދަ އެކުވެރި އަޚުންތަކެކެވެ.

ދިވެހި ޤައުމު ބޭރުގެ ނުފޫޒުގެ ތެރެއަށް ގެނބިގެންދާ ކޮންމެ ހިނދެއްގައި މާޒީގައި ވެސް ދައްކުވައި ދީފައި ވަނީ އަޚުވަންތަކަމާއި އެކުވެރިކަމެވެ.

ދިވެހި ޤައުމުގެ ދިފާޢުގައި އަޑުއުފުލައި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށްޓަކައި 22 އޮކްޓޯބަރ 2021 ވާ ހުކުރު ދުވަހުގައި ނުކުތުމަށް ތައްޔާރުވަމުން އެބަދެއެވެ. ހިތާމައަކީ އިންޑިއާގެ ނުފޫޒުން ރާއްޖޭގެ އެއްވެސް ޗެނަލަކުން އަދި އެއްވެސް ނޫހަކުން މިޚަބަރު ގެނެސްދިނުމަށް ނުކުޅެދުނުކަމެވެ. ވާނީ ވެސް އެހެންތާއެވެ! ހުރިހާ ނޫހަކީ ވެސް ވިޔަފާރީގެ ގޮތުން ހިންގާ ނޫސްތަކެވެ. ނޫސްވެރިކަން ވަނީ ވިޔަފާރިއަށް ބަދަލުވެފައެވެ. ނޫސްތަކަށް ސަރުކާރުގެ ކުންފުނިތަކުން ދަނީ އިޝްތިހާރު ޖެހުމުގެ ނަމުގައި ގިނަ އަދަދަކަށް ފައިސާ ދެމުންނެވެ. ސަރުކާރާ ދެކޮޅަށް އެއްޗެކޭ ބުނާ އިރަށް އިޝްތިހާރުތައް ކަނޑައިލާނެއެވެ. އެހާހިސާބުން ނޫސްތަކާއި ނޫސްވެރިން ބަނޑަށް ޖެހޭނެއެވެ. ނޫސްތަކާއި ނޫސްވެރިންގެ ވިޔަފާރި ތަނަވަސްވާނީ ސަރުކާރުގެ ކޮޅުގައި ހިފައިގެންކަން އެމީހުނަށް ވިސްނެއެވެ.

ނަމަވެސް އުފަލާއެކު ޔަޤީން ކުރެވެނީ މިދިޔަ ތިން އަހަރުތެރޭގައި ރައްޔިތުން އެއްނުވާވަރަށް ހުކުރު ދުވަހު ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗަށް ރައްޔިތުން އެއްވާނެކަމެވެ. އަދި ހަމައެހެންމެ ނަތީޖާ ވެސް ވަރަށްފޮނިވެފައި މީރުވާނެއެވެ.

ދިވެހިރާއްޖޭގައި އިންޑިއާގެ ހަން ފެތުރެމުން ދަނީ ޕޯޗްގީޒުން އަދި މަލާބާރީން ދިވެހި ބިމުގައި ތިބި ދުވަސްވަރަށްވުރެ ބާރުމިނުގައި އަދި އެއަށްވުރެ މާ ފުޅާކޮށެވެ. އައްޑޫ އަތޮޅުން ފެށިގެން ހައްދުންމަތި އަދި ބޮޑުތިލަދުންމަތި ފާދިއްޕޮޅު އަދި މާލޭ ސަރަހައްދުގެ އެކި ހިސާބުތަކުގައި އިންޑިއާގެ މިލްޓަރީން ރުކުރުވާލައިފިއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުން އައްޑޫ އަތޮޅަށް އެތެރެވާ އިންޑިއާގެ މިލްޓަރީން ދުވަހެއް ދުވަހަކަށް އިތުރުވަމުން އެބަދެއެވެ. މިކަން ސާބިތުވާ ހެއްކަކީ އަލަށް އެތެރެވާ މިލްޓަރީ މީހުން ގަންނަމުންދާ ސިމްކާޑުގެ ނިސްބަތް އިތުރުވަމުމުންދާ މިންވަރެވެ.

މިއަދު ނުވި ރައްކަލެއް މާދަމައަކުން ނުވެވޭނެކަން ދިވެހިން ވަނީ ދަސްކޮށްފައެވެ.

މިނިވަންކަން ގެއްލެނީ ކޯއްޓޭގައި ހުންނަ އެ ޤައުމެއްގެ ދިދަ ވިހުރުވުން ހުއްޓުމަކުން ނޫނެވެ. މިނިވަންކަން ގެއްލޭ ކިތަންމެ ސަބަބުތަކެއް ހުރެއެވެ. އެގޮތުން ސައުތު އެފްރިކާގައި އިނގިރޭސީންގެ ބާރުއޮތް ދުވަސްވަރު އެޤައުމުގެ ރައްޔިތުން އުޅުނު ހާލު އެނގޭނީ އެ ޤައުމުގައި އެދުވަސް އުޅުނު މީހުންނަށެވެ. ހިނގަންޖެހެނީ އިނގިރޭސީން (ދޮންމީހުން) މަގުގެ އެއްފަޅިން އެރަށުގެ ރައްޔިތުން މަގުގެ އަނެއްފަޅިން ހަމައެހެންމެ ހޮސްޕިޓަލްތަކާއި އެހެނިހެން އަސާސީ ޚިދުމަތްތައް ވެސް ރަށު މީހުން ލިބިގަންނަންޖެހެނީ ވަރަށް އާދައިގެ ދަށުފެންވަރުގެ ޚިދުމަތެވެ. ވީމާ މިއަދު ހަނިމާދޫ އެއަރޕޯޓުން މި މަންޒަރު ދަނީ ފެންނަމުންނެވެ. އިންޑިއާ މިލްޓަރީންގެ ނުފޫޒުން ދުވަސްވީ ދިވެހި މުވައްޒިފުން އެދަނީ ވަޒީފާ ދޫކޮށްލަމުންނެވެ.

ވީމާ އަޅުގަނޑު ދަންނަވާނީ ދިވެހި ހުރިހާ ބޭފުޅުންވެސް ދިވެހިންގެ މި ޖިހާދުގައި ބައިވެރިވެވަޑައިގެން އަޑު އުފުއްލެވުމަށެވެ. ހަމަނުޖެހުމާއި ބައިބައިކުރުމަށް އެއްވެސް ބޭފުޅަކު ފުރުޞަތު ނުދެއްވައި އެކުވެރިކަމާ އެއްބައެއްވަންތަ ކަމުގައި އަތާއި އަތްގުޅާލައްވައިގެން ހުކުރު ދުވަހު ދިވެހިންގެ މިނިވަންކަމުގެ އަޑު އުފުލުމަށް ނުކުންނެވުމަކީ މުހިންމުކަމެކެވެ.

 

2 Responses

ފަހުގެ އަޕްޑޭޓް