އިންޑީއާގެ ދަރަނީގެ ދަންތުރައިގާ ޖައްސާ ދިވެހިންގެ މިނިވަންކަން ގެއްލުވާލުމަކީ ގައުމަށް ވެވުނުބޮޑު އެންމެބޮޑު ޚިޔާނާތެވެ. އެ ދަރަނީގެ ދަންތުރައެއްގައި ޖައްސުވާ ދިވެހިން މިވަނީ އަނެއްކާވެސް އަނދިރި އަނދިރިއެއްގެ ހިޔަނީގެދަށުން މިނިވަންކަން ގެއްލުވާލާފައެވެ.
ޒަމާންތަކަކަށްފަހު މިއަދު ދިވެހި ޤައުމު އަނެއްކާވެސް އަޅުވެތިކަމެއްގެ ތެރެއަށް ގެނބިގެންމިދިޔައީ އެކުވެރިކަމާއި ތަރައްޤީގެ ނަމުގައެވެ. ދަރަނިވެރިކަމުގެ ކަރުމަޅިއެއްގެ ތެރެއަށް މެހިގެންނެވެ. މިހާރު ދިވެހިންނަށް ނޭވާލެވޭނީވެސް އިންޑިއާގެ ހުއްދައާ އެކުގައެވެ. އިންޑިއާގެ ހަތިޔާރުއެޅި ލަސްކަރުގެ ކަޅުއަދިރި ހިޔަނި އެޅިފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެރެއާއި ދެކުނުގައެވެ. އުތުުރުން ބޮޑުތިލަދުންމަތި، މެދުތެރޭން ފާދިއްޕޮޅު، މާލެ ސަރަޙައްދު، ހައްދުންމަތި، އައްޑޫއަށް މިވަނީ އިންޑިއާގެ ނުރައްކާތެރި ލަސްކަރުގެ ކަޅު ހިޔަނި އެޅި ޙަރަަަކާތްތެރިވާން ފަށައިފައެވެ. ގައުމުގައި މިހާރުތިބި ރައްޔަތުން އިސްކޮށްފައިވާ ޚާދިމުންގެ އެދުމާއި އެކުގައެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ދިވެހިންގެ އަމިއްލަ ސަޤާފަތަކާ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމިއްލަވަންތަ ޤައުމެކެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ މަޖިލީހުގެ އިންޑިއާ-ޕްރޯ އެމްޑީޕީގެ މެންބަރުން ވިދާޅުވާގޮތުގައި އިންޑިއާގެ މި އަނދިރި ހިޔަނިން ސަލާމަތް ވެއްޖެނަމަ ދިވެހިން ތިބޭނީ ކާންނުލިބި ގޮތްހުސްވެފައި ކަމުގައެވެ. ނަމަވެސް ދިވެހިރާއްޖެއަކީ ޤުދުރަތުން ކަޑުގެ އެންމެފުރިހަމަ މުއްސަދިކަން ދެއްވާފައިވާ އަދި ޖަޒީރާ ރަށްތަކެއްގެ ނިޢުމަތް ލިބި ފަތުރުވެރިކަން ދުނިޔޭގެ ނިސްބަތުންވެސް ކުރިއަރާ ފަތުރުވެރިންގެ މަޤުބޫލުކަން ލިބިފައިވާ ރާއްޖެއެެވެ. އަހަރެމެން 2005ގެ ގޮވެލި ގޮވަލިފަަތި މިހާރު ހަނދާނަށް އައުމުން ދެރަވެއެވެ. އެހެނަސް އެ އަންދާސާ އަކީ މާބޮޑު ދޮގެއްނޫންނެވެ. އަދެ! އޭރު ރިފޯމް މޫވަމަންޓުން ޖެހި ހިސާބޫން މުއްސަނދި ވިޔާފާރިވެރިއާ އުއްޗޫ ގެންގުޅުއްވާ 10 ރެސޯޓަށް ލިބޭފައިސާއިންވެސް އަނެއްދިވެހި ރާއްޖޭގައި ރައްޔަތުންނަށް ފާގަތިކަމާއިއެކު އުޅުވޭނެއެވެ. މިއަދުމިއީ ޤައުމަށް ލިބޭ އާމުދަނީ ހަތްހާސް ފަސްސަތޭކަ ޑޮލަރު ބޮަލަކަށްޖެހޭ ބަޔަކު ދިރިއުޅޭ ޤައުމެކެވެ.
ފަހަކާޖެހެންދެންވެސް ހަނޑޫ އެތެރެކުރީ ބަރމާއިންނެވެ. ހަކުރާއި ފުށްވެސް އެތެރެކުރީ އިންޑިއާ އަކުން ނޫނެވެ. ދިވެހިން ބޭސްކުރަން އިންޑިއާ އަށްދާން ފެށީވެސް އައްޑިހައިގެ ތެރޭގައެވެ. ޒަމާނުއްސުރެ ދިވެހިން ބޭސްކުރަމުން އައީ ލަންކާއިންނެވެ. ލަންކާމީހުންނަކީ ދިވެހިން އަޚުންތަކެއްގެ ގޮތުގައި ދެކޭ ދިވެހިންނަށް ހެޔޮބައެކެެވެ.
މިއަދާ ހަމައަށް ދިވެހިރާއްޖެގެ ސަރަހައްދަކީ ނިއުކުލިއަރ ހަތިޔާރާއި އަދި އެހެނިހެންވެސް ހަތިޔާރުގެ ވާދަވެރިކަމުން ސަލާމަތްވެފައިވާ ހަނގުރާމައަކަށް މަގުފަހިނުވާފަދަ ސަރަހައްދަކަށް ވުމަކީ ދުނިޔެއަށާއި ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ނަމަވެސް އެފުރުޞަތު މިއަދުމިވަނީ ދިވެހި ރައްޔިތުންގެ ކިބައިން އެބަޔަކު އެފެއްދި ސަރުކަރުން ނިގުޅައިގަނެ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ދިވެހިންގެ ޚާދިމު ޚާއިނުންގެ ބަޔެއްގެ ރުހުމާއެކު އިންޑިއާގެ މިލްޓަރީ ދިވެހި ބިމަށް އަތްގަދަކޮށް ދިވެހިންގެ މިނިވަންކަމަށް ބުރޫއަރުވާފައެވެ. ރައްޔަތުންނަށް ވަގަށް އެޚާއިނުންތައްވަނީ އިންޑިއާއާއި އެކު ނުރައްކާތެރި އެއްބަސްވުންތަކެއް ގާނޫނާވެސް ޚިލާފަށް އުފަށްދާފައެވެ. ދެރަކަމުގެ ކޮޅެއްވެސްނެތެވެ.
އިންޑިއާގެ ހަންފެތުރުމުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށްވެސް ދެއްކެންއޮތީ އިންޑިއާގެ ރުހުމާއެކުގައެވެ. އެމްޑީޕީ ރައީސް ނަޝީދުގެ ވަފާތެރި އޭޖެންޓް މެންބަރު ބޮންޑަ އިބްރާހީމް ރަޝީދު މީޑިއާގެ އެކިފޯރަމްތަކަށް އަރާ އިންޑިއާގެ މިލްޓަރީއާއެކު ދިވެހި ސަރުކާރުން ވެފައިވާ މިނިވަންކަން ވިއްކާލުމުގެ އެއްބަސްވުން ދިފާޢުކުރާއިރު ދިވެހިން ނިދިންހޭލާ ދިވެހި ޤައުމުގެ ދިފާޢުގައި ތެދުވެ އިންޑިއާގެ މިލްޓަރީން ދިވެހި ޤައުމުން ބޭލުމަށް ކުރެވެންއޮތް ކޮންމެ މަސައްކަތެއް ކުރުމަށް ގޮވާލަމެވެ.
ކޮންމެ ރައްޔިތަކީ ޣާޒީ ރަދުންނަކަށް، ދޮންބަންޑާރައަކަށް ވުމަށް މިއަދު ގައުމުއެދި ގޮަވަނީއެވެ. އެކަމަށް ރައްޔަތުން ޢަޡުމު ކަޑައަޅުއްވާ ޢަމަލީގޮތުން ބައިވެރިވުމަށް ގޮވާލަމެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނަނީ ކަމެއްވީމައެވެ. ގައުމަށް ގައްދާރުވެފައިވާ އެންމެން އަދާލަތުގެ ކުރިމައްޗަށް ގެނެވި ދިވެހި ދައުލަތް މިނިވަންކަމާއިއެކު އޮތުމަށްޓަކައެވެ. އެބޮޑު ދިދަ މިނިވަނަކަމާއިއެކު ވިހުރިލާ ވިހުރިލާ ހުރުމަށްޓަކައެވެ. ދިވެހި ދައުލަތް ވިއްކާލާތަން ބަލަން ތިބެގެންނުވާނެއެވެ.
Sandhaanu was the most outspoken voice against the totalitarianism regime in the Maldives that suppressed the people’s democracy. Sandhaanu withstood against every adversity with determination. The regime could not silence the voice and avoid the first multi-party elections held in 2008, even though the entire team was subjected to life imprisonment. Sandhaanu stands for justice and equality in the society
Contact us: [email protected] | [email protected]
Phone/Whatsapp/Viber: +960 9559967
7 Responses
NaseeduAa soolihu heevanee moodeeheevanee.dahlapu laatat kohfaatibihen varehvaa ebahurita
Moodeefenuneema amashakuvarehnuhure amshakuvareh kahtakumahehnuhure merikamahareeves moodee ashaa. Jmr.raaje vihkaalaafa dolarugadu averinnah nagahvegen koolisanah bayeh alaagotah
Noosverinnakee haqeeqaiy rayyithunnah olhun filuvaadheyn jehey bayakah vaairu China ge dharaneege dhanthura ah gaumu mahaalaa dhaulaiy dhavaali meehunge vaahaka netheema kada
Mihaaru sarukaarun evisnanee Afgan sarukaaru dhooko huriechakaa eku filan kama vara boda heevaan fattaifi mibai gandu filiyaka dheegen nuvaane emmen vegen hafahattafa court thakaa hamaya gendhan vaane
ދިވެހިރާއްޖޭގެ މާޒީގެ ތާރީޚުން އެނގޭގޮތުގައި ދިވެހިތަޚުތުގައި އެއްވެސް މީހަކަށް ގަދަބާރުން އިނދެވިފަކާނެތެވެ. ތަޚްތުގައި އިންނަމީހާ ނުފައިބަން އަބަދުވެސް ގަދަހަދާކަން އެނގެއެވެ. އެކަމަކު ދިވެހިރައްޔިތުން ބޭނުންވުމުން ދިވެހިތަޚްތަކީ ދިވެހިންގެ މިލްކެއްކަން އޮތީ ދައްކާފައެވެ. ތަޚްތުގައި އިންނަނަބޭނުންވާމިހާގެ އެހާލަތު މިއަދުވެސް ބަދަލެއްނުވެއެވެ. ބަދަލުކުރަންވީ ދިވެހިރައްޔިތުންގެ ވިސްނުމެވެ. ގޭދޮށު ދޮންފުތަށް ކައުންސިލް މަޖިލީހުގެ ގޮނޑި ނީލަމަށް…..މިކަންތައް ރަނގަޅުމަގަށް އެޅުވުމަކީ ދިވެހިރައްޔިތުންގެ ކަމެކެވެ. ތަޚްތުގައި އިންނަމީހާ އެކަމެއް ނުކުރާނެއެވެ.
ދެން އިތުރަކަށް ލިޔެލާނެ ވާހަކައެއް ނެތްތޯ
ޗައިނާ މީހުންގެ އަތްދަށަށް ރާއްޖެ ނުދިޔައިމަތޯ ތިޔަ އުޅުއްވަނީ
ހާދައޭ ދެރައީ. އަބަދުވެސް އެއްބަޔަކު ވައްކަން ކުރާތީ ވައްކަމެއް ނުކުރާނެ ސޯލިޙު މީހަކު ހޯދީމާ ތިބުނަނީ ދައުލަތް އިންޑިއާއަށް ދީފިއޭ. ދެން ކިހިނެއް ހަދާނީ. ހަމަ އެންމެންވެސް ރައްޔަތުންނަށް ދޮގުހަދާ ބޯކާލައިގެން ވެރިކަމަށް ބޫތުކައިގެން މިއަންނަނީ ޖީބަށް ލިބޭފައިދާތަކަކާއި ހެދި ދޯއެވެ؟
ބޮންޑެ ކުލަބު ހައުސްގައި އެދެއްކިވާހަކަތައް މަވެސް އަޑު އަހާލީމެވެ. ހަމަ ސަހަރޯއޭ ހީވެއެވެ. މިވެރިން ޚަދިމުންގެ ގޮތުގައި ދައުލަތް ހިންގަދޭން ރައްޔަތުން ހޮވީމާ މިވެރިންނަށް ރައްޔަތުމީހާ އެއީ ގެރިއަކަށްވެ މިމީހުން ވެރިންނަށް ވަނީ ކިހިނަކުންތޯއެވެ. އާއެކެވެ. ދުނިޔެ ކާނީ މަކަރާ ޖަހައިގެނޭ އެބުނަނީ ހަމަ ތެދެކެވެ.