އަނެއްކާވެސް "އަނދިރި އަނދިރިއެއްގެ" ހިޔަނީގެ ދަށަށް ރާއްޖެ!

Loading

Facebook
Twitter
WhatsApp

އިންޑީއާގެ ދަރަނީގެ ދަންތުރައިގާ ޖައްސާ ދިވެހިންގެ މިނިވަންކަން ގެއްލުވާލުމަކީ ގައުމަށް ވެވުނުބޮޑު އެންމެބޮޑު ޚިޔާނާތެވެ. އެ ދަރަނީގެ ދަންތުރައެއްގައި ޖައްސުވާ ދިވެހިން މިވަނީ އަނެއްކާވެސް އަނދިރި އަނދިރިއެއްގެ ހިޔަނީގެދަށުން މިނިވަންކަން ގެއްލުވާލާފައެވެ.

ޒަމާންތަކަކަށްފަހު މިއަދު ދިވެހި ޤައުމު އަނެއްކާވެސް އަޅުވެތިކަމެއްގެ ތެރެއަށް ގެނބިގެންމިދިޔައީ އެކުވެރިކަމާއި ތަރައްޤީގެ ނަމުގައެވެ. ދަރަނިވެރިކަމުގެ ކަރުމަޅިއެއްގެ ތެރެއަށް މެހިގެންނެވެ. މިހާރު ދިވެހިންނަށް ނޭވާލެވޭނީވެސް އިންޑިއާގެ ހުއްދައާ އެކުގައެވެ. އިންޑިއާގެ ހަތިޔާރުއެޅި ލަސްކަރުގެ ކަޅުއަދިރި ހިޔަނި އެޅިފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެރެއާއި ދެކުނުގައެވެ. އުތުުރުން ބޮޑުތިލަދުންމަތި، މެދުތެރޭން ފާދިއްޕޮޅު، މާލެ ސަރަޙައްދު، ހައްދުންމަތި، އައްޑޫއަށް މިވަނީ އިންޑިއާގެ ނުރައްކާތެރި ލަސްކަރުގެ ކަޅު ހިޔަނި އެޅި ޙަރަަަކާތްތެރިވާން ފަށައިފައެވެ. ގައުމުގައި މިހާރުތިބި ރައްޔަތުން އިސްކޮށްފައިވާ ޚާދިމުންގެ އެދުމާއި އެކުގައެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ދިވެހިންގެ އަމިއްލަ ސަޤާފަތަކާ ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމިއްލަވަންތަ ޤައުމެކެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ މަޖިލީހުގެ އިންޑިއާ-ޕްރޯ އެމްޑީޕީގެ މެންބަރުން ވިދާޅުވާގޮތުގައި އިންޑިއާގެ މި އަނދިރި ހިޔަނިން ސަލާމަތް ވެއްޖެނަމަ ދިވެހިން ތިބޭނީ ކާންނުލިބި ގޮތްހުސްވެފައި ކަމުގައެވެ. ނަމަވެސް ދިވެހިރާއްޖެއަކީ ޤުދުރަތުން ކަޑުގެ އެންމެފުރިހަމަ މުއްސަދިކަން ދެއްވާފައިވާ އަދި ޖަޒީރާ ރަށްތަކެއްގެ ނިޢުމަތް ލިބި ފަތުރުވެރިކަން ދުނިޔޭގެ ނިސްބަތުންވެސް ކުރިއަރާ ފަތުރުވެރިންގެ މަޤުބޫލުކަން ލިބިފައިވާ ރާއްޖެއެެވެ. އަހަރެމެން 2005ގެ ގޮވެލި ގޮވަލިފަަތި މިހާރު ހަނދާނަށް އައުމުން ދެރަވެއެވެ. އެހެނަސް އެ އަންދާސާ އަކީ މާބޮޑު ދޮގެއްނޫންނެވެ. އަދެ! އޭރު ރިފޯމް މޫވަމަންޓުން ޖެހި ހިސާބޫން މުއްސަނދި ވިޔާފާރިވެރިއާ އުއްޗޫ ގެންގުޅުއްވާ 10 ރެސޯޓަށް ލިބޭފައިސާއިންވެސް އަނެއްދިވެހި ރާއްޖޭގައި ރައްޔަތުންނަށް ފާގަތިކަމާއިއެކު އުޅުވޭނެއެވެ. މިއަދުމިއީ ޤައުމަށް ލިބޭ އާމުދަނީ ހަތްހާސް ފަސްސަތޭކަ ޑޮލަރު ބޮަލަކަށްޖެހޭ ބަޔަކު ދިރިއުޅޭ ޤައުމެކެވެ.

ފަހަކާޖެހެންދެންވެސް ހަނޑޫ އެތެރެކުރީ ބަރމާއިންނެވެ. ހަކުރާއި ފުށްވެސް އެތެރެކުރީ އިންޑިއާ އަކުން ނޫނެވެ. ދިވެހިން ބޭސްކުރަން އިންޑިއާ އަށްދާން ފެށީވެސް އައްޑިހައިގެ ތެރޭގައެވެ. ޒަމާނުއްސުރެ ދިވެހިން ބޭސްކުރަމުން އައީ ލަންކާއިންނެވެ. ލަންކާމީހުންނަކީ ދިވެހިން އަޚުންތަކެއްގެ ގޮތުގައި ދެކޭ ދިވެހިންނަށް ހެޔޮބައެކެެވެ.

މިއަދާ ހަމައަށް ދިވެހިރާއްޖެގެ ސަރަހައްދަކީ ނިއުކުލިއަރ ހަތިޔާރާއި އަދި އެހެނިހެންވެސް ހަތިޔާރުގެ ވާދަވެރިކަމުން ސަލާމަތްވެފައިވާ ހަނގުރާމައަކަށް މަގުފަހިނުވާފަދަ ސަރަހައްދަކަށް ވުމަކީ ދުނިޔެއަށާއި ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ނަމަވެސް އެފުރުޞަތު މިއަދުމިވަނީ ދިވެހި ރައްޔިތުންގެ ކިބައިން އެބަޔަކު އެފެއްދި ސަރުކަރުން ނިގުޅައިގަނެ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ދިވެހިންގެ ޚާދިމު ޚާއިނުންގެ ބަޔެއްގެ ރުހުމާއެކު އިންޑިއާގެ މިލްޓަރީ ދިވެހި ބިމަށް އަތްގަދަކޮށް ދިވެހިންގެ މިނިވަންކަމަށް ބުރޫއަރުވާފައެވެ. ރައްޔަތުންނަށް ވަގަށް އެޚާއިނުންތައްވަނީ އިންޑިއާއާއި އެކު ނުރައްކާތެރި އެއްބަސްވުންތަކެއް ގާނޫނާވެސް ޚިލާފަށް އުފަށްދާފައެވެ. ދެރަކަމުގެ ކޮޅެއްވެސްނެތެވެ.

އިންޑިއާގެ ހަންފެތުރުމުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށްވެސް ދެއްކެންއޮތީ އިންޑިއާގެ ރުހުމާއެކުގައެވެ. އެމްޑީޕީ ރައީސް ނަޝީދުގެ ވަފާތެރި އޭޖެންޓް މެންބަރު ބޮންޑަ އިބްރާހީމް ރަޝީދު މީޑިއާގެ އެކިފޯރަމްތަކަށް އަރާ އިންޑިއާގެ މިލްޓަރީއާއެކު ދިވެހި ސަރުކާރުން ވެފައިވާ މިނިވަންކަން ވިއްކާލުމުގެ އެއްބަސްވުން ދިފާޢުކުރާއިރު ދިވެހިން ނިދިންހޭލާ ދިވެހި ޤައުމުގެ ދިފާޢުގައި ތެދުވެ އިންޑިއާގެ މިލްޓަރީން ދިވެހި ޤައުމުން ބޭލުމަށް ކުރެވެންއޮތް ކޮންމެ މަސައްކަތެއް ކުރުމަށް ގޮވާލަމެވެ.

ކޮންމެ ރައްޔިތަކީ ޣާޒީ ރަދުންނަކަށް، ދޮންބަންޑާރައަކަށް ވުމަށް މިއަދު ގައުމުއެދި ގޮަވަނީއެވެ. އެކަމަށް ރައްޔަތުން ޢަޡުމު ކަޑައަޅުއްވާ ޢަމަލީގޮތުން ބައިވެރިވުމަށް ގޮވާލަމެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނަނީ ކަމެއްވީމައެވެ. ގައުމަށް ގައްދާރުވެފައިވާ އެންމެން އަދާލަތުގެ ކުރިމައްޗަށް ގެނެވި ދިވެހި ދައުލަތް މިނިވަންކަމާއިއެކު އޮތުމަށްޓަކައެވެ. އެބޮޑު ދިދަ މިނިވަނަކަމާއިއެކު ވިހުރިލާ ވިހުރިލާ ހުރުމަށްޓަކައެވެ. ދިވެހި ދައުލަތް ވިއްކާލާތަން ބަލަން ތިބެގެންނުވާނެއެވެ.

 

 

Loading

7 Responses

  1. Moodeefenuneema amashakuvarehnuhure amshakuvareh kahtakumahehnuhure merikamahareeves moodee ashaa. Jmr.raaje vihkaalaafa dolarugadu averinnah nagahvegen koolisanah bayeh alaagotah

  2. Noosverinnakee haqeeqaiy rayyithunnah olhun filuvaadheyn jehey bayakah vaairu China ge dharaneege dhanthura ah gaumu mahaalaa dhaulaiy dhavaali meehunge vaahaka netheema kada

  3. Mihaaru sarukaarun evisnanee Afgan sarukaaru dhooko huriechakaa eku filan kama vara boda heevaan fattaifi mibai gandu filiyaka dheegen nuvaane emmen vegen hafahattafa court thakaa hamaya gendhan vaane

  4. ދިވެހިރާއްޖޭގެ މާޒީގެ ތާރީޚުން އެނގޭގޮތުގައި ދިވެހިތަޚުތުގައި އެއްވެސް މީހަކަށް ގަދަބާރުން އިނދެވިފަކާނެތެވެ. ތަޚްތުގައި އިންނަމީހާ ނުފައިބަން އަބަދުވެސް ގަދަހަދާކަން އެނގެއެވެ. އެކަމަކު ދިވެހިރައްޔިތުން ބޭނުންވުމުން ދިވެހިތަޚްތަކީ ދިވެހިންގެ މިލްކެއްކަން އޮތީ ދައްކާފައެވެ. ތަޚްތުގައި އިންނަނަބޭނުންވާމިހާގެ އެހާލަތު މިއަދުވެސް ބަދަލެއްނުވެއެވެ. ބަދަލުކުރަންވީ ދިވެހިރައްޔިތުންގެ ވިސްނުމެވެ. ގޭދޮށު ދޮންފުތަށް ކައުންސިލް މަޖިލީހުގެ ގޮނޑި ނީލަމަށް…..މިކަންތައް ރަނގަޅުމަގަށް އެޅުވުމަކީ ދިވެހިރައްޔިތުންގެ ކަމެކެވެ. ތަޚްތުގައި އިންނަމީހާ އެކަމެއް ނުކުރާނެއެވެ.

  5. ދެން އިތުރަކަށް ލިޔެލާނެ ވާހަކައެއް ނެތްތޯ
    ޗައިނާ މީހުންގެ އަތްދަށަށް ރާއްޖެ ނުދިޔައިމަތޯ ތިޔަ އުޅުއްވަނީ

  6. ހާދައޭ ދެރައީ. އަބަދުވެސް އެއްބަޔަކު ވައްކަން ކުރާތީ ވައްކަމެއް ނުކުރާނެ ސޯލިޙު މީހަކު ހޯދީމާ ތިބުނަނީ ދައުލަތް އިންޑިއާއަށް ދީފިއޭ. ދެން ކިހިނެއް ހަދާނީ. ހަމަ އެންމެންވެސް ރައްޔަތުންނަށް ދޮގުހަދާ ބޯކާލައިގެން ވެރިކަމަށް ބޫތުކައިގެން މިއަންނަނީ ޖީބަށް ލިބޭފައިދާތަކަކާއި ހެދި ދޯއެވެ؟
    ބޮންޑެ ކުލަބު ހައުސްގައި އެދެއްކިވާހަކަތައް މަވެސް އަޑު އަހާލީމެވެ. ހަމަ ސަހަރޯއޭ ހީވެއެވެ. މިވެރިން ޚަދިމުންގެ ގޮތުގައި ދައުލަތް ހިންގަދޭން ރައްޔަތުން ހޮވީމާ މިވެރިންނަށް ރައްޔަތުމީހާ އެއީ ގެރިއަކަށްވެ މިމީހުން ވެރިންނަށް ވަނީ ކިހިނަކުންތޯއެވެ. އާއެކެވެ. ދުނިޔެ ކާނީ މަކަރާ ޖަހައިގެނޭ އެބުނަނީ ހަމަ ތެދެކެވެ.

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް