އެމްޑީޕީ ޕްރައިމަރީގައި އިބޫ އަންނި ބަލިކޮށްފި 

Loading

Facebook
Twitter
WhatsApp

އެމްޑީޕީ 2023 ގެ ޕްރައިމަރީގައި އިބޫ 7654 ވޯޓުން އަންނި ބަލިކޮށްފިއެވެ. ޕާޓިގެ ޗެއަރަމަން ޕްރައިމަރީގައި އިބު ސަޕޯޓް ކުރައްވާ ފައްޔާޒު މޮޅުވެ އަންނި ސަޕޯޓް ކުރެއްވި އިންތި ބޮޑުތަނުން ބަލިވުމުންނެވެ. ޒަމާންތަކެއްވަންދެން ރައީސް ނަޝީދު ޑިމޮކްރަސީގެ ނަމުގައި ޚުދުމުޚުތާރު އުޞޫލުން ހިންގަމުން ގެންދެވި އެމްޑީޕީ މިއަދުމިވަނީ މިނިވަންވެ ފުރިހަމަ ޑިމޮކްރަސީގެ އުޞޫލުން ހިންގުމަށްއިބްރާހީމް މުޙައްމަދު ޞޯލިޙު ފުރުސަތު ހޯއްދަވައިދެއްވާފައެވެ. މިއަދަކީ ޑިމޮކްރަސީއަށް ލޯބިކުރާ އެންމެހާ ރައްޔިތުންގެ ހިތުގެ އުފާވެރިކަން ފާޅުކުރާނެ ދުވަހެކެވެ. 

​ޑިމޮކްރަސީގެ ނަމުގައި ނުކުންނެވި އަންނި އަބަދުވެސް ވިދާޅުވަނީ އެމަނިކުފާނާއި ރާއްޖޭގެ ވެރިކަން ޙަވާލުކުރުމަށެވެ.އެހެން އެއްވެސް ކަމެއް ބޭނުންފުޅެއް ނުވާކަމަށެވެ. ދައުރުގެ މެދުތެރޭންވެސް ރައްޔިތުންގެ ރުހުމެއްނެތި ބަރުލަމާނީގެ ގެނެސް ޤާނޫނުއަސާސީގެ ބާރުކަޑުވާލައިގެން ނަމަވެސްމެއެވެ. ނަމަވެސް (އަންނި) ރައީސް ނަޞީދުގެ އެބަސްތަކަށް (އިބޫ) ރައީސް ޞޯލިޙު ޖަވާބުދެއްވީ ކެތްތެރިކަމާއި ޙިކުމުތާވިސްނުންފުޅުން ޕާޓީގެ ޢިއްޒަތްތެރި މެންބަރުންގެ ވޯޓުންނެވެ. އެހެންކަމުން މިއަދު ފެނިގެންއެދިޔައީ ރައީސް އިބޫގެ އޯގާތެރިކަމާއި މަޑުމައިތިރި ކަމާއެކު ދިވެހި ޤައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި މަސައްކަތާއި ތިލަފަތުގެ ރަމުޒެވެ.

ދިވެހި ޤައުމުގެ އަޑުން ގޮވަމުން އެގެންދާ ނުރައްކާތެރި ”އިންޑިއާ އައުޓު“ ގެ އަޑަކީ ރައީސް ނަޝީދާއި ރައީސް މައުމޫނުގެ ނުފޫޒުން އިންޑިއާގެ މިލްޓަރީ ރާއްޖެއަށް ގެނަސް އެބައިމީހުންގެ ބާރު ދިވެހި ޤައުމުގައި ހިންގުމަށް ކުރެވުނު ނުރައްކާތެރި އެއްބަސްވުމުގެ އަޑެވެ. މިފަދަ ނުރައްކާތެރި ކަންކަން އަބަދުވެސް މިހިނގަނީ ސިޔާސީ ވެރިންގެ މަންފާއާއި ސަލާމަތަށްޓަކައެވެ. މީގެކުރިން ދިވެހިން އަޅުވެތިކަމަށްބޮޑުހުޅުގެ ބާނީގެ ސަލާމަތަށް 1887 ގައި އިނގިރޭސީންނަށް މިނިވަންކަން ޤުރުބާން ކުރުމުން ރައީސް އިބްރާހީމް ނާޞިރު ދިވެހިންނަށް މިނިވަކަން ހޯއްދަވާދެއްވި ފަހުން ދިވެހިންގެ މިނިވަންކަމުގައި ރެދުލީ ފުރަތަމަ ފުރަމަފަހަރެވެ. އިންޑިއާ މިލިޓަރީ ރާއްޖޭގައި ފައިހަރުކޮށްގެން ތިބެވޭގޮތަށް ހެދި ހެދުމެވެ.

މީގެކުރިންވެސް ސިޔާސީ އެކިވެރިން އެމީހެއްގެ ނުލަފާކަންދެއްކި ކިތަންމެފަހަރެއް ދިވެހިންވަނީ ދެކިފައެވެ. އެގޮތުން އަންނިވެސް އަބަދުވެސް ވިދާޅުވަމުންދަނީ އޭނާގެ ނުލަފާކަން ދައްކާލާނެ ވާހަކައެވެ, އަދި ކުރާނެ ނުކުރާނެކަމެއް އެހެންމީހުން ވިސްލަންވެސް ނޭނގޭނެ ކަމަށެވެ. އެހެންކަމުން މިހާބޮޑުތަނުން އަންނިގެ ފެކްޝަން މި ޕްރައިމަރީގައި ބަލިވެ ވަޑައިގަތުމުން ދެން ކަންތައް ކުރައްވާނެ ގޮތަކީ ކޮބާ ކަމާމެދު ސިޔާސީ ބޭފުޅުންނާއި ޤައުމަށް ވަފާތެރިން ދަނީ ނުތަނަވަސްކަމާއި އެކު ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ފެންނަނީ އަންނި އަރިހުތިބޭ  މަދުމީސްކޮޅަކާއި އެކު މަގުތަކުމަތީ ސަރުކާރާއި ދެކޮޅަށް މުޒާހަރާވެސް ކޮށްފާނެ މަންޒަރެވެ. އަންނިއަކީ އަންނިގެ ވެރިކަމެއް ނޫން ކޮންމެވެރިކަމަކާ ދެކޮޅަށް ގަދައަޑުން އަޑުއުފުލާ ހުރިހާ ހަމަތަކަކާއި އުސޫލުތަކެއްގެ  ބޭރުން ކޮންމެކަމެއްވެސް ކޮށްފާނެ ޢިއްޒަތްތެރި ބޭފުޅެކެވެ. މިއަދު އެމްޑީޕީގެ ސަރުކާރުގެ މޫނުމަތި ހަލާކުކޮށް ރެދުލައްވާލީ ޚުދު އެމަނިކުފާނެވެ. އޭގެދަށުން އެމަނިކުފާނުގެ ޢާއިލީ ކަމަނާއާއި އެކުވެރި ޢާނިޔާއެވެ. 

އެމްޑީޕީގެ ރައީސް ކަމަށް ނުވަތަ އެމްޑީޕީ ހިންގުމުގެ ދާއިރާއަށް ނުކުމެއްޖެ ޢިލްމީ ކޮންމެ ބޭފުޅަކާމެދު ނުރުހި އެބޭފުޅަކަށް އެކިއެކި އުދަގޫތައް ކުރަމުން ޕާޓީތެރޭގެ ”ޕާޓޭންލައްވާ“ ނުރުހޭކޮންްމެ މީހަކު ޕާޓީން ބޭރުކަރަމުންދިޔަ ދިޔުން މިނިމުނީކަމަށް އުއްމީދު ކުރެވެއެވެ. އަބަދުވެސް ވިދާޅުވަމުން އަންނަނީ ތިމަންނަ ވެރިކަމެއް ބޭނުމެއްނޫނޭ އެހެނަސް ވެރިކަމުގެ ފޮނި މީރުކަން ކުޑަދުވަސްކޮޅަކަށް އެނގިވަޑައިގަތުމުން މިހާރު އެންމެފަހުން ވެރިކަން ނޫން އެހެން އެއްވެސް ކަމެއް ބޭނުމެއް ނުވިއެވެ. ވެރިކަމުގެބާރާދިމާލަށް މިސްރާބު ޖަހަމުންދިޔައިރު އައްޑޫގެ ޖަލްސާއެއްގައި ވިދާޅުވެފާވަނީ މިޑުޓާމް އެލެކްސަނެއް ބާއްވާނެކަމުގައެވެ. ނަމަވެސް މިދެންނެވި އިލެކުސަން ބޭއްވުމަށްސަމާލުކަމެއް ނުދެއްވުމުން ”ބަޣާވާތްކޮށް“ މިޑުޓާމު އެލެކުސަނެއްވެސް ބާއްވަން މަޖުބޫރުވެގެން ދިއައެވެ.

ކޯލީޝަން އެކުލަވާލަނީ ޤާނޫނު އަސާސީއަށާއި ޖިނާޢީ ޢިޖްރާތުގެ ޤާނޫނަށް އެކާވީސް ދުވަހުގެތެރޭގައި ބަދަލުގެންނަވާނެކަމުގެ އެއްބަސްވުން ކޯލީޝަނުގެ ތެރޭގައި އެއްބަސްވެވިގެނެވެ. ނަމަވެސް ޢަމަލުން ދެއްކެވީ އެކާވީސްދުވަހުގެ ތެރޭގައި އެކުގައި ވެރިކަމަށްއައި އެންމެންނާ ޖެހިގަނެ އޭގެ ބައެއްބޭފުޅުންގެ ގޮޑިކޮޅު އޮފީސްތެރެއިން ގެއްލި ރައީސް އޮފީސްތެރޭގައި ހުތުރުބަސްތައް ރައްދުކޮށް އަނެއްބޭފުޅުން ވެރިކަމުގެ ދާއިރާއިން އަމިއްލަފުޅަށް ވަކިވާނެފަދަ އެކި އުދަގުލާއި ދުއްތުރާތަށްކޮށް މުޅި ސަރުކާރުގެ އެތެރެެ ގަޑުބަޑު ކުރެއްވުމެވެ.

ނައިބުރައީސް އަކީ ކެބިނެޓްގެ މެންބަރެއް ނޫންކަންވެސް ޚުދު ރައީސް ނަޝީދުގެ ވިސްނުންފުޅުގައި ނެތި ނައިބްރައީސް ވަކިކުރުމުގެ ބޭނުމުގައި މުޅި ކެބިނެޓް އިސްތިޢުފާ ދިނުމަށް އަންގަވާ އެވަރުންވެސް ޑރ. ވަޙީދު އިސްތިޢުފާ ނުދެއްވާ އެވިދާޅުވާ ”ބަޣާވާތައް“ މަގުފަހިކުރުވިއެވެ.

މިއަދު މުޅިދުނިޔެއިންވެސް ފެންނަމުން މިދަނީ ފިލްމުކުޅޭ އެކްޓަރުންނާއި ކޮމެޑިއަނުންނާއި މަގުމަތީ އުޅޭ ”ބަސްްނާހާ“ ކުދިން ވެރިކަމަށް އާދެވޭނޭ މަގުފަހިވެ ގައުމުތައް ފަސާދަ ވަމުންދާތަނެވެ. ޑިމޮކްރެސީގެ ނަމުގައެވެ. އެގޮތުން ދިވެހިރާއްޖެވެސް މިވަނީ އެފަދަ ތަޖްރިބާތައް ކޮށްފައެވެ.

ރައްޔިތުން ދެކޭގޮތުގައި މިފަދަ އުސޫލެއް ގޮތެއް ފޮތެއްނެތް ފަރާތައްވެސް ވެރިކަމަށް އާދެވުމުން އެފަރާތަކަކީ ޢިއްޒަަތްތެރި ބޭފުޅުންނަށްވެ ރައްޔިތުން ބޭނުންކުރަންޖެހޭ ބަހުރުވަވެސް ތަފާތުކުރަން ޖެހެއެވެ. ވެރިކަންދެނީ ރައްޔިތުން އެކަމަކު ރައްޔިތުމީހާ އެފަދަ ވެރީންނަށްވެސް މުޚާތަބުކުރަން މިޖެހެނީ މަހެއްގެ ހަތަރުބައިކުޅަ އެއްބަޔަށް ކުޑަވެ މަސްގަޑެއްފަދައިން އަޅު ގަނޑަކަށް ވެގެންނެވެ. މިއީ އަދި މިކަން އޮވެގެންވާނެ ގޮތެއް ނޫންކަމުގައި ދެކެމެވެ.

ވޯޓްގެ ނަތީޖާއިން އެނގިގެން މިދިއައީ  ދެން އަންނި ޖެހޭނީ އިބޫކައިރީ އާދޭސްކޮށްގެން ކޮންމެވެސް ޑީލްއެއް ހެދޭތޯބެލުމެވެ. ނަމަވެސް ވެރިކަމަކީ އެމިއްލަ ދަރިޔަށްވެސް ދޫކޮށްލެވޭވަރުގެ އެއްޗެއްނޫންކަން އެނދިމަރިޔަބުވެސް ވަަނީ ދައްކުވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް