ތުރުކީއާއި ތުރުކީގެ ބައިވެރިންނާއި ދެކޮަޅަށް މަސައްކަތްކުރުމަށް ގްރީކުން ޢަރަބި ބައެއް އަރަބި ގައުމުތަކުގެ އެހީހޯދައިފި

ޔޫ އޭ އީ، މިސުރު، ސައޫދީ އަރަބިއްޔާ އަދި ބަހުރައިނުން ގްރީކަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. މިއީ ތުރުކީއާއި ދެކޮޅަށް ތިބި ދަހިވެތި ގައުމުތަކެކެވެ. ތުރުކީގެ ކަނޑުގެ ސަރަހައްދުން ވަރަށްބޮޑު ގުދުރަތީ ގޭސްވަޅެއް ތުރުކީންވަނީ ވަރަށްފަހުން ހޯދާފައެވެ. މި ހޯދުމުގެ ސަބަބުން ތުރުކީގެ އިގުތިސާދު ވަރުގަދަވެ، އެގައުމާއި އެހެން ގައުމުތަކުގައި ހާލުގައި ޖެހިފައިތިބި މުސްލިމުން ރައްކާތެރިކޮށްދެވޭނެފަދަ ބާރުގަދަ ގައުމަށް ތުރުކީ ވުމަށް މިކަމުން މަގުފަހިވެއެވެ. އެހެންނަމަވެސް، މިކަމަކީ ޔޫރަޕާއި، އުސްމާނީ ޚިލާފަތު އަނބުރާ ގެންނަން ތުރުކީން ކުރާ މަސައްކަތަަށް […]

ބޮޑު ދެގެރި ތަޅަންޏާއި ކައްގަލަށް ބާރުކުރާނޭ!

އެމްޑީޕީގެ ބޮޑުން ވެރިކަމާހެދި ކޯޅުން – ބޮޑުދެގެރި ތަޅަންޏާއި ކައްގަލަށް ބާރުކުރާނޭ މިއީ ފެނިފައިވާ ޙަގީގަތެކެވެ. ނިމިދިޔަ ޔާމީނުގެ ސަރުކާރު ނިމިދިޔައީވެސް މައުމޫނާއި ކޮއްކޯފުޅު ޔާމީނުގެ ތެޅުމާއި ކޯޅުމާއި ހެދިއެވެ. ދާދި ފަހަކަށް އައިސް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދަނީ ރައީސް ސޯލިޙުގެ އެންމެ ބާރުގަދަ އިކޮނޮމިކް މިނިސްޓަރ ފައްޔާޒާއި ދޭތެރޭ ފާޅުގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި ފައްޔާޒްއަކީ މިސަރުކާރުގެ “ ބުރޯ “ ކަމަށްވެސް ހިފެހެއްޓުމެއްނެތި ގޮވަމުންނެވެ. ބެސްޓު […]

އެވަޓަން އިން ޕްރިމިއާ ލީގުގެ ފެށުން ރަނގަޅުކޮށްފި!

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭކުޅެވުނު މެޗްގައި، 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް އެވަޓަން އިން ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައިޖެހި ހަމަ އެކެނި ގޯލް، ދެވަނަ ހާފުގެ 55 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކަލްވިޓްލުވިންއެވެ. މިގޯލް ކާމިޔާބު ކޮށްފައިވަނީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ނެގި ހުރަަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިމެޗުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ސަޕޯޓަރުން އުއްމީދު ކުރި ވަރަށް ވުރެން […]

ކޯވިޑް19: އިއްޔެ އިތުރު 21މީހަކު ފައްސިވެއްޖެ

ރާއްޖެއިން ކޯވިޑް19 އަށް އިތުރު121 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 25 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 32 ކޭސް ފެނިފައިވަނީ ރިސޯރޓް ތަކުންނެވެ. އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 75މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 46މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. މިހާރު މި ބައްޔަށް ފައްސިވާ ދިވެހިންގެ އަދަދު […]

ޕާކިސްތާން ނަމޫނާއަކަށް ދުނިޔޭގެ އެހެން ޤައުމުތަށް ބަލަންޖެހޭ: ޑަބްލިއުއެޗްއޯގެ ޗީފް

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޕާކިސްތާން ކާމިޔާބުހޯދި ގޮތް ނަމޫނާއެއްގެ ގޮތުގައި އެހެން ޤައުމުތަކުން ބަލައި ގަންނަން ޖެހޭ ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރަސް އަދަނޮމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ޕާކިސްތާނުން ކޮވިޑް-19 ކޮންޓްރޯލު ކުރިކުރުމުގެ ވާހަކަ ގިނަބަޔަކު ދައްކަމުންދާ ދަނޑިވަޅެއްގައި، ޑަބްލިއުއެޗްއޯއިން ބޭއްވި ނިއުސްބްރީފިންއެއްގައި އެކަމަށް ތަޢުރީފުކޮށް ވާހަކަދައްކަވަމުންނެވެ. އަދޮނަމްގެ ވާހަކަފުޅުގައި ޕާކިސްތާނުން ކޮވިޑް-19 އާއި ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅުތަކަށް ވަނީ ތަޢުރީފް ކުރަށްވާފައެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް […]

ޓުއަރިޒަމް ސިނާއަތުގެ ގެ މުވައްޒަފުން ޝަކުވާ ފޮނުވަން ހާއްސަ އީމެއިލް އެއް

ޓުއަރުޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް  ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ހާއްސަ އީމެއިލް އެޑްރެސްއެއް ހަމަޖައްސައިފި އެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ، ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މިނިސްޓްރީއާ ބައްދަލުކޮށް ވަނީ މުވައްޒަފުންނަށް ހިޔާލު ފާޅުކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ. ޓީމް އާ ބައްދަލުކޮށް މިނިސްޓްރީއިން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހިޔާލު ފާޅުކުރުމަށް މެއިލްއެއް ހެދުމަށެވެ. އެގޮތުން މިހާރު ވާނީ އެކަމަށް ހާއްސަ މެއިލްއެއް ހަމަޖައްސާފަ […]

މައްކާގައި ކީ ޚުތުބާއެއްގައި ސައޫދީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރުމާއި ބެހޭގޮތުން ސުވާލުތަކެއް އުފައްދައިފި

މައްކާގެ އެންމެ މުގައްދަސް މިސްކިތުގެ އިމާމް ޝެއިޚު ޢަބްދުއްރަޙްމާން ސުދައިސް ދެއްވި ޚުތުބާއެއްގެ ސަބަބުން މީސް މީޑިއާގައި ތަފާތު ވާހަކަ ދެކެވެން ފަށައިފިއެވެ. މިގޮތަށް ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި މިއީ ސައޫދީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ. މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ ސުދައިސް ހުކުރު ނަމާދުގައި ދެއްވި ޚުތުބާގައި ވިދާލުވެދެއްވީ މުސްލިމުން ނޫން މީހުންނަށް ހެޔޮކޮށް ހިތައި ވާހަކަ ދައްކަންޖެހޭ ކަމަށެވެ. މިގޮތަށް ދެއްކެވި ވާހަކައިގައި ޔަހޫދީންގެ ވާހަކަ […]

ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފި

މާލެއިން ބިޔަރު ދަޅުތަކަކާއެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލައި ފާސްކުރި އިރު އެގެއިން 240 ބިޔަރު ދަޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ބިޑި ފެނިފައި ވެއެވެ. ފުލުހުން ވިދާޅުވީ ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގަނެ، މި ތަކެއްޗާއި ގުޅުން ހުރިކަމުގެ ތުހުމަދުގައި މީހުން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހަތް […]

އެމްޕީއެލް އިން ނަގާ ސާރޗާރޖު ތިރީސް ޕަސަންޓް ކަނޑާލައިފި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ( އެމްޕީއެލް) އިން ނަގަމުންގެންދާ ބައެއް ފީތަކަށް ގެނައި ބަދަލަށް އަމަލުކުރުން އެކުންފުނިން ފަސްކޮށްފި އެވެ.   އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެކުންފުނިން ރޭގަނޑު 11 އިން ހެނދުނު 7:30 އާ ދެމެދު ދެވޭ ޚިދުމަތުގެ ގޮތުގައި ނަގަމުން އަންނަ 30 ޕަސެންޓް ޗާޖާއި ހޭންޑްލިންގ އެންޑް ފޯވެޖް ޗާޖަށް ބަދަލުގެނެސްް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އިއުލާން ކުރި ކުރުމަށް މިހާރު ވަނީ ބަދަލުގެނެސްފައެވެ.   […]

އިހަވަންދޫން 6 ބިދޭސީއަކާއި ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

ހއ.. އިހަވަންދޫން 6 ބިދޭސީއަކާއި ދިވެއްސަކު ކޯވިޑް 19 ޕޮޒިޓިވް ވެއްޖެއެވެ އެމީހުން ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީން 14 ދުވަސް ހަމަކޮށް ނެގި ސާމްޕަލުން ކަމަށް އިހަވަންދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، މުހައްމަދު އަކްރަމް ވިދާޅުވެއްޖެއެވެ. އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް ކޭސްއަކީ ހައި ރިސްކް ކޭސްއަކަށް ނުވާއިރު އެ ހުރިހާ އެންމެނަކީ އެސިމްޕްޓޮމެޓިކް ކޭސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން މާލެއިން އިހަވަންދޫއަށް ގެންގޮސްފައިވަނީ […]