މައްކާގައި ކީ ޚުތުބާއެއްގައި ސައޫދީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރުމާއި ބެހޭގޮތުން ސުވާލުތަކެއް އުފައްދައިފި

Loading

Facebook
Twitter
WhatsApp

މައްކާގެ އެންމެ މުގައްދަސް މިސްކިތުގެ އިމާމް ޝެއިޚު ޢަބްދުއްރަޙްމާން ސުދައިސް ދެއްވި ޚުތުބާއެއްގެ ސަބަބުން މީސް މީޑިއާގައި ތަފާތު ވާހަކަ ދެކެވެން ފަށައިފިއެވެ. މިގޮތަށް ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި މިއީ ސައޫދީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ.

މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ ސުދައިސް ހުކުރު ނަމާދުގައި ދެއްވި ޚުތުބާގައި ވިދާލުވެދެއްވީ މުސްލިމުން ނޫން މީހުންނަށް ހެޔޮކޮށް ހިތައި ވާހަކަ ދައްކަންޖެހޭ ކަމަށެވެ. މިގޮތަށް ދެއްކެވި ވާހަކައިގައި ޔަހޫދީންގެ ވާހަކަ ފާހަގަކުރެއްވިއެވެ.

މިގޮތަށް މީހުން ވާހަކަ ދައްކަން ފެށީ ޔޫއޭ އީން އިޒުރޭލާއި ސިޔާސީ ގުޅުން ގާއިމުކުރިތާ ހަތަރު ހަފްތާ ނުވަނީހެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޔޫ އޭ އީން ޢަމަލުކުރިގޮތަށް، ސައޫދީންވެސް އިޒުރޭލާއި ގުޅުން ގާއިމުކުރާނެއެވެ.

ހުކުރު ނަމާދުގއި ބައިވެރިވި މީހުންގެ ކިބައިން އިމާމް އެދިވަޑައިގަތީ ”ހިތުގައިވާ އަގީދާއާއި، ރަނގަޅުގޮތުގައި އެކަކު އަނެކަކާއި މުއާމަލާމާތު ކުރާއިރުގައްޔާއި ބައިނަލް އަގުވާމީ ގުޅުންތަކުގައި އޮޅުންއަރާ ކަންކަމުން ދުރުހެލިވާން ޖެހޭނެ“ ކަމަށެވެ.

ރަސޫލު ސައްލަﷲ ޢަލައި ވަސައްލަމުގެ ހަޔާތްޕުޅުން މިސާލު ދައްކަވައި އިމާމު ވިދާޅުވީ، ކީރިތި ރަސޫލާ މުސްލިމު ނޫން މީހުންނާއި ގާތްގުޅުން ބޭއްވި ކަމަށެވެ.

މިވާހަކައިގެ ތެރޭގައި ކާފަރު އަންހެނެއްގެ ފެންފުޅިއަކުން ކީރިތި ރަސޫލާ ވުޟޫ ކުރެއްވި ކަމަށާއި، ޚައިބަރުގައި ތިބި ޔަހޫދީންނާއެކު އަމާންކަމުގެ އެއްބަސްވުމެއް އެކުލަވާލެއްވި އިރު ކީރިތި ރަސޫލާ އެމީހުންނާއިމެދު ޢަމަލުކުރެއްވި ރަނގަޅުކަމުން ޔަހޫދީންގެ އަވައްޓެރިއެއް އިސްލާމްވި ވާހަކަ ވިދާޅުވެ ދެއްވިއެވެ.

“ އިންސާނުން ރަނޣަޅު ގޮތުގައި އެކަކު އަނެކްކާ މުޢާމަލާތު ނުކުރާނަމަ، އިންސާނީ ހަޟާރަތު ހަލާކުވެ، ދެކެވޭ މައިގަނޑު ވާހަކައަކަށް ވެގެންދާނީ އަނިޔާވެރިކަމާއި، ބާކީ ކުރުމާއި، ނަފްރަތު“ ކަމަށް ޝެއިޚު ސުދައިސް ވިދާޅުވިއެވެ.

ވެރިންނަށާއި އަމުރުކުރަންތިބޭ ފަރާތްތަކަށް ކިޔަމަންގަތުންމަތީ ދެމި ތިބުމަށާއި، ”މަގުފުރެދިފައިވާ ޖަމާޢަތްތަކާއި ގްރޫޕްތަކުގެ ޢަމަލުތަކަށް“ ހޭލާ ތިބެންޖެހޭކަމަށް އެޚުތުބާގައި ޝޭޚު ވިދާުވިއެވެ.

ޝޭޚުގެ މިވާހަކަތަކަށް މީސް މީޑިއާގައި ފާޑުކީ ފަރާތްތަކުން ބުނެފައިވަނީ މުސްލިމުންގެ އެންމެ މާތް މިސްކިތް ނަހަމަގޮތުގައި ޝޭޚު މިވަނީ ބޭނުންކޮށްފައި ކަމަށެވެ.

https://twitter.com/d_iplo/status/1301928122602971137?s=19

މީހުން ޚުތުބާގެ ތަރުޖަމާކޮށްފައިވާ ގޮތް : ޝެއިޚު ޢަބްދުއްރަޙްމާން ސުދައިސް މާތްވެގެންވާ ޙަރަމުގައި ދިން ހުކުރު ޚުތުބާއަކީ ސައޫދީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރި ކަމެކެވެ. އަލް ސައުދު އަބަދުވެސް ވިދާޅުވެއެވެ. ހައްޖާއި ހުރުމަތްތެރިވެގެންވާ ދެޙަރަމް ސިޔާސީ ކަންކަމުން ދުރުކޮށްފައި ބާއްވާށެވެ. އެހެންނަމަވެސް އެމީހުން ބޭނުން ވެއްޖެނަމަ މާތްވެގެންވާ ދެހަރަމްވެސް ސިޔާސީ ޕޯޑިއަމްއަކަށް ހަދައެވެ.

މީހުން ޚުތުބާގެ ތަރުޖަމާކޮށްފައިވާ ގޮތް: އަލް ސުދައިސް މާތްވެގެންވާ ހަރަމްފުޅު ބޭނުންކުރެއްވީ އިޒުރޭލާ ސިޔާސީ ގުޅުން ގާއިމުކުރުން ޕްރޮމޯޓުކޮށް، ގާތިލުންގެ ލަގަބު ލިބިފައިވާ ވެރިންނަށް ކިޔަމަންގަތުމަށް ގޮވާލުމަށެވެ. މީގެ މާނައަކީ މާތްވެގެންވާ ދެ ހަރަމް، ހެވާއި ނުބައި ވަކިނުވާ ޝެއިޚުންނާއި ދީނާއި ދުރު ވެރިންގެ އަތްދަށުގައި ހުންނަ ނަމަ، އިސްލާމްދީނުގެ ކުރިމަގަށް ނުރައްކާ އޮތް މިންވަރެވެ.

ޝެއިޚު ސުދައިސް ދެއްވި ޚުތުބާގައި ގުދުސްގައި ހުންނަ އަލް އަގްޞާ މިސްކިތުގެ ހާލަތަށްވެސް އަލި އަޅުވާލެއްވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެތަންވަނީ ”ގައިދު“ ކޮށްފައެވެ.

“ މިއީ މުސްލިމުން އެންމެ އިސްކަމެއް ދޭންޖެހޭ މައްސަލަ. ފެންމަތިވާ އެއްވެސް ކަމަކާހެދި މި މައްސަލައިގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ“ އޭނާ ނަމާދަށް ދިޔަ މީހުންނަށް ދެންނެވިއެވެ. ”އެކަން އަބަދުވެސް ހަނދާނުގަ ބަހައްޓަންވާނެ، އެކަމަކު މީޑިއާގައި ވާހަކަ ބޮޑުކޮށްގެން ދައްކާ ގޮތަކަށެއްނޫން. އަދި އިންޓަނެޓުގައި ހިންގާ ހަނގުރާމައެއްގެ ގޮތަކަށްވެސް ނޫން“

ޔޫ އޭ އީ އާއި އިޒުރޭލު ސިޔާސީ ގުޅުން ގާއިމުކުރިއިރު ޔޫ އޭއީން ކަންބޮޑުވުން ފާޅުކުރި ކަމަށް ދެއްކި އެއްކަމަކީ މުސްލިމުންގެ އެންމެ މާތް ތިންވަނަ ޙަރަމް ކަމުގައިވާ އަގުޞާ މިސްކިތުގެ ނާޒުކު ހާލަތެވެ. މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓެއްގައި ވާގޮތުން، އެމެރިކާއާއި ޔޫ އޭ އީ އާއި އިޒުރޭލު ގުޅިގެން ނެރުނު ބަޔާނެއްގައި އޮޅުންއަރާފަދަ ބަސްތަކުން ލިޔެފައިވަނީ ހަމަ ގަސްދުގައި އަގުސާ މިސްކިތުގެ ސަރަހައްދު ޔަހޫދީން އަޅުކަންކުރުމަށް ހުޅުވާލައި، މިހާރު އޮތްގޮތް ބަދަލު ކުރުމަށެވެ.

މިހާރު ޔަހޫދީންނަށް އެތަނަށް ދިއުމުގެ ހުއްދަ އޮތަސް އެތާގައި އަޅުކަންކުރުމުގެ ހުއްދައެއް ނޯވެއެވެ. އެއީ އިޒުރޭލާއި ޖޯޑަންއިން ހެދި އެއްބަސްވުމުގައި އޮންނަ ގޮތެވެ. ގުދުސްގައިވާ މުގައްދަސް ތަންތަނުގެ ރަސްމީ ބެލެނިވެރިންނަކީ މުސްލިމުންނާއި ނަސާރާއިންނެވެ.

ޝޭޚު ސުދައިސްގެ ޚުތުބާ ނިންމާލަމުން އޭނާ ﷲ އަށް ދުޢާ ދެންނެވިއެވެ. އަނިޔާވެރިންގެ ވަކިތަކުން އަލް އަގުޞާ މިސްކިތް ސަލާމަތް ކުރެއްވުމަށެވެ. އަދި ގިޔާމަތާއި ޖެހެންދެން އެތަނަކީ މީހުންގެ ހިތްތަކުގައި ޚާއްސަ ގަދަރެއް ދެވިފައިވާ ތަނެއްގެ ގޮތުގައި ލެއްވުމަށް ދުޢާކުރެއްވިއެވެ.

އޭނާގެ މި ވާހަކަފުޅާއި ކުރިން ދެއްކެވި ވާހަކަތަކާއި ފުށޫ އަރާކަމަށް މީސްމީޑިއާގައިދަނީ ވާހަކަ ދައްކަމުންނެވެ. ޚިޔާލު ފާޅުކުރާ ގިނަ މީހުން ގަބޫލު ކުރާގޮތުގައި އޭނާ އެވަނީ ފަލަސްތީނަށް ޚިޔާނާތްތެރިވެފައެވެ.

https://twitter.com/be4after/status/1302223008199774209?s=19

މީހުން ޚުތުބާގެ ތަރުޖަމާކޮށްފައިވާ ގޮތް: އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ވާހަކައަށް އަލި އެޅުއްވިއިރު، އަލް ސުދައިސްގެ ވާހަކައިގައި ފުށުއެރުންތަކެއް ހުއްޓެވެ.

– އޭނާގެ ވާހަކައިގައި، އަނިޔާވެރިންގެ އަތްދަށުން އަލްއަގުޞާ މިސްކިތް ސަލާމަތްކުރެއްވުންއެދި ﷲއަށް ދެްންނެވިއެވެ. އަދި ގާޒާގެ މީހުންނަށް ތާއީދުކޮށް، އެމީހުންނަށް ބާރުދެއްވާތޯ ދުޢާ ކުރައްވާ، ޝަހީދުކޮށްފައިވާ އަހުމަދު ޔާސީންއަށްޓަކައި ހިތާމަކުރައްވާ، ހެޔޮދުޢާކުރެއްވިއެވެ.

މިހާރުގެ ހަގީގަތްތަކާއި އެކަށީގެންނުވާ ކީރިތި ރަސޫލާގެ ހަޔާތްޕުޅާއި ގުޅޭ ތާރީޚީ ހާދިސާތައް ވިދާޅުވެ، އިޒުރޭލާއި ސިޔާސީ ގުޅުން ގާއިމުކުރަން ކުރާ މަސައްކަތް ދިފާޢުކުރެއްވިއެވެ.

https://twitter.com/kuwait_rd/status/1302160593961574405?s=19

މީހުން ޚުތުބާގެ ތަރުޖަމާކޮށްފައިވާ ގޮތް: ޚުތުބާގައި އިޒުރޭލާއި ސިޔާސީ ގުޅުން ގާއިމުކުރުމުގެ މުހިއްމުކަން އަލް ސުދައިސް ދެއްކެވުމުން، އެކަމުން ހެކިދެނީ ބޮޑެތި ބައެއް ތުނބުޅިތަކަށްވުރެ ފަލަސްތީނުގެ ކުދިންގެ ބޫޓުތައްވެސް މާ ތާހިރުކަމެވެ. 

މިއީ ޝޭއިޚު ސުދައިސް ޚިޔާލު ތަފާތުކުރުވާ މިފަދަ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. 

2017 ވަނަ އަހަރު ޓީވީ އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅުެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އާއި  ސައޫދީ އަރަބިއްޔާއިން މަސައްކަތްކުރަނީ ”ދުނިޔޭގެ ހަމަޖެހުން ގާއިމުކުރުމަށް“ ކަމަށް ވިދާޅުވުމުން އެކަމަށް ފާޑުކިޔުން އަމާޒުވިއެވެ. 

2018 ވަނައަހަރު ޖެނީވާގެ މިސްކިތެއްގައި ގިނަ ބަޔަކާއި މުޚާތަބްކޮށް ވާހަކަދައްކަވަން ހުންނަވަނިކޮށް މީހަކުވަނީ އޭނާއާއި ވަރުގަދަ ސުވާލެއް އަމާޒުކޮށްފައެވެ. ”ޔަމަނާއި ގަތަރު އެކަހެރިކޮށް ޔަމަނުގައި ތިބި އަހަރެމެންގެ އަޚުން ބަނޑަށް ޖައްސަމުން ތިބޭފުޅުން ދާއިރު، އަމާންކަން ގާއިމު ކުރުމާއިބެހޭގތުން އަހަރެމްނެނަށް ދަރުސް ތިދެނީ ކީއްވެ؟“ 

މިއިން ދައްކައިދެނީ އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ އެންމެ އިލްމަށްމޮޅު އިލްމުވެރިންނަކީވެސް އެބޭފުޅުން އެވިދާޅުވާފަދަ ފުރިހަމަ ބައެއްނޫން ކަމެވެ. އެމީހުންނަކީވެސް އެހެން އިންސާނުންފަދަ ބައެއްކަމެވެ. އެމީހުންނަށް ލިބިފައިހުރި ދީނުގެ ޢިލްމާއިއެކުވެސް، ސިޔާސީ މީހުންފަދަ ކޮރަޕްޓު ބަޔަކަށް އެމީހުންވެސް ވެދެއެވެ. 

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް