ތުރުކީއާއި ތުރުކީގެ ބައިވެރިންނާއި ދެކޮަޅަށް މަސައްކަތްކުރުމަށް ގްރީކުން ޢަރަބި ބައެއް އަރަބި ގައުމުތަކުގެ އެހީހޯދައިފި

Loading

Facebook
Twitter
WhatsApp

ޔޫ އޭ އީ، މިސުރު، ސައޫދީ އަރަބިއްޔާ އަދި ބަހުރައިނުން ގްރީކަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ. މިއީ ތުރުކީއާއި ދެކޮޅަށް ތިބި ދަހިވެތި ގައުމުތަކެކެވެ.

ތުރުކީގެ ކަނޑުގެ ސަރަހައްދުން ވަރަށްބޮޑު ގުދުރަތީ ގޭސްވަޅެއް ތުރުކީންވަނީ ވަރަށްފަހުން ހޯދާފައެވެ. މި ހޯދުމުގެ ސަބަބުން ތުރުކީގެ އިގުތިސާދު ވަރުގަދަވެ، އެގައުމާއި އެހެން ގައުމުތަކުގައި ހާލުގައި ޖެހިފައިތިބި މުސްލިމުން ރައްކާތެރިކޮށްދެވޭނެފަދަ ބާރުގަދަ ގައުމަށް ތުރުކީ ވުމަށް މިކަމުން މަގުފަހިވެއެވެ.

އެހެންނަމަވެސް، މިކަމަކީ ޔޫރަޕާއި، އުސްމާނީ ޚިލާފަތު އަނބުރާ ގެންނަން ތުރުކީން ކުރާ މަސައްކަތަަށް ނަފްރަތުކުރާ ޢަރަބި ގައުމުތަކުން ވަރަށް ކަންބޮޑުވާ ކަމެކެވެ. ތުރުކީގެ މި މަގުސަދު ހާސިލު ވިޔަނުދިނުމަށް، ގުރީކުން ކުއްލިއަކަށް ނުކުމެ، އެ ކަނަޑަކީ ތުރުކީގެ ތަނެއް ނޫންކަމަށް ބުނެ، އެއީ ގުރީކުގެ ތަނެއްކަމަށް ބުނަން ފެށިއެވެ.

މިދިޔަ ހަފްތާގައި ތުރުކީއާއި ދެކޮޅަށް ގުރީކަށް ތާއީދު ކުރުމުގެ ގޮތުން، ޔޫ އޭ އީން ގުރީކަށް ހަނގުރާމަމަތީ ބަތިންދާބޯޓުތަކެއް ފޮނުވިއެވެ. މި ހަފްތާގައި މިސްުރުން ގްރީކާއެކު މިލިޓަރީ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މިއީ ތުރުކީއާއި ދެކޮޅުކަން ދެއްކުމުގެ ގޮތުން ކުރި ކަމެކެވެ.

ތުރުކީން ވަނީ އެގައުމުގެ ގާނޫނީ ހައްގަކާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަރާތްތައް ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ. މީގެ އިތުރުން ތުރުކީންވަނީ ޔޫ އޭ އީ ގެ ހަނގުރާމަމަތީ ބަތިންދާބޯޓުތަކަށް ހަމަލާދޭނެ ކަމަށާއި، ތުރުކީގެ މަގުސަދު ހާސިލުކުރުމަށް ހުރަސް އަޅާ ކޮންމެ ބަޔަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް