ކޯވިޑް19: އިއްޔެ އިތުރު 21މީހަކު ފައްސިވެއްޖެ

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު121 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 25 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 32 ކޭސް ފެނިފައިވަނީ ރިސޯރޓް ތަކުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 75މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 46މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ. މިހާރު މި ބައްޔަށް ފައްސިވާ ދިވެހިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ9173 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1809އެކްޓިވް ކޭސް ހިމެނޭއިރު، 113ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި1087 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.

އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 25 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި32 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުން ވަނީ 48 މުވައްޒަފުންނާއި،21 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް