އެވަޓަން އިން ޕްރިމިއާ ލީގުގެ ފެށުން ރަނގަޅުކޮށްފި!

Loading

Facebook
Twitter
WhatsApp

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭކުޅެވުނު މެޗްގައި، 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް އެވަޓަން އިން ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައިޖެހި ހަމަ އެކެނި ގޯލް، ދެވަނަ ހާފުގެ 55 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ކަލްވިޓްލުވިންއެވެ. މިގޯލް ކާމިޔާބު ކޮށްފައިވަނީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ނެގި ހުރަަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިމެޗުގައި ޓޮޓެންހަމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ސަޕޯޓަރުން އުއްމީދު ކުރި ވަރަށް ވުރެން އާދައިގެ ކުޅުމެއްކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް އެވަޓަންއިން ވަނީ ރީތި ކުޅުމެއް ދައްކައި، މެޗްގެ ކުރީ ކޮޅުގައި ވެސް ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ.

މެޗް ނިންމުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓޮޓެންހަމްގެ ކޯޗް މޮރީނިއޯ ބުނެފައިވަނީ ހިތްހަމަ ޖެހޭވަރުގެ ކުޅުމެއް ޓީމުގެ ފަރާތުން ނުފެންނަ ކަމަށެެވެ. އަދި އޭނާވަނީ މެޗްގެ އޮފިޝަލުންނާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެެވެ. މިއާއި ޚިލާފަށް އެވަޓަންގެ މެނޭޖަރ އަންޗެލޯޓީ ހުރީ އެޓީމުގެ ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހިފައެވެ.

ޓޮޓެންހަމްއިން ވަނީ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށްޓަކާ މުހިންމު ކުޅުންތެރިންތަކެއް ގެނެސްފައެވެ. މިގޮޓުން އެޓީމުގެ މެދުތެރެއިން އާ ތިން ކުޅުންތެރިން ކަމުގައިވާ، އެލެން، ޑޮކޫރޭ އަދި ހަމޭސް ރޮޑްރިގޭޒް ރޭ ވަނީ ފެނިގެން ގޮއްސައެވެ.

މިމެޗް ގިނަބަޔަކު ސިފަކޮށްފައިވަނީ ދެކޯޗުންގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް