އިހަވަންދޫން 6 ބިދޭސީއަކާއި ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

45

ހއ.. އިހަވަންދޫން 6 ބިދޭސީއަކާއި ދިވެއްސަކު ކޯވިޑް 19 ޕޮޒިޓިވް ވެއްޖެއެވެ

އެމީހުން ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީން 14 ދުވަސް ހަމަކޮށް ނެގި ސާމްޕަލުން ކަމަށް އިހަވަންދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސް، މުހައްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް ކޭސްއަކީ ހައި ރިސްކް ކޭސްއަކަށް ނުވާއިރު އެ ހުރިހާ އެންމެނަކީ އެސިމްޕްޓޮމެޓިކް ކޭސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހުން މާލެއިން އިހަވަންދޫއަށް ގެންގޮސްފައިވަނީ އެރަށު ސްކޫލުގައި ކުރިއަށްދާ އިމާރާތެއްގެ މަސައްކަތް ކުރުމަށް ކަމަށާއި އެމީހުން ހޯމް ކަރަންޓީނު ގައި ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.އަދި އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެއްވެސް މީހެއް އިތުރު މީހަކާ ކޮންޓެކްޓެއް ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ ކުރިން އިހަވަންދޫ އިން ވަނީ 3 މީހަކު ޕޮޒިޓިވް ވެފައެވެ. ނަމަވެސް މިހާރުއެ އެންމެންވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 28 ރަށަކާއި 25 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 13 ޓޫރިސްޓަކާއި 42 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ކެލާ، ށ. އަތޮޅުން މިލަންދޫ ފީވަށް، ނ. އަތޮޅުން މަނަދޫއާއި މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރާއި އިނގުރައިދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ހިންމަފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަމެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ