މެލޭޝިޔާގެ ފުލުހުން އަލް-ޖަޒީރާގެ އޮފީސް ރޭޑް ކޮށްފި

މެލޭޝިޔާގެ ފުލުހުން އަލްޖަޒީރާގެ ކުއަލަ ލަމްޕުރް އޮފީހަށް ވަދެ އެތަނުގެ ބައެއް ވަސީލަތްތައް ގަދަކަމުން އަތުލައި ގެއްލުންތަކެއް ދީފިއެވެ. މިކަން އަލްޖަޒީރާއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަންގާރަ ދުވަހު މެލޭޝިޔާގެ ފުލުހުން ހިންގި މިއޮޕަރޭޝަން ހިންގައިފައިވަނީ، އެޤައުމުގެ މުއާސަލާތާއި އަދި މަލްޓިމީޑިޔާ ޓެކްނޮލޮޖީއާއި ބެހޭ ޤާނޫނާއި ޚިލާފުވީ ކަމަށް ބުނެ އަލްޖަޒީރާގެ މައްޗައް ތަހުގީގެއް ހިންގާކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ވަނިކޮށެވެ. މިތަހުގީގު ގުޅުފައިވަނީ ޖުލައި 3 ވަނަ ދުވަހު އަލްޖަޒީރާއިން ދެއްކި، ”101 […]
ސިންގާގެ ދަތްތައް ދައްކާލުން

އަރަބި އަދަބިއްޔާތުގެ ޝޭކްސްޕިޔަރު ކަމުގައި ބެލެވޭ ޢަރަބި ޅެންވެރިޔާ މުތަނައްބީގެ (915-965 މ.) ޅެމެއްގެ ބައިތެއްގައި އޮވެއެވެ. إذا رأيت نيوب الليث بارزة * فلا تظنن أن الليث يبتسم މާނައަކީ، ސިންގާގެ ދަތްތައް ފާޅުކޮށް ކަލެއަށް ފެނުމުން، ފަހަރެއްގައި ވެސް ސިންގާ ހެނީ ކަމުގައި ކަލޭ ހީކޮށްގެން ނުވާނެއެވެ! މިއަދުގެ ވާހަކަކޮޅު ގުޅެނީ މި ބައިތުގައި އެކުލެވޭ ޙިކުމަތާއެވެ. މިބައިތުގައި އެކުލެވޭ ޙިކުމަތަކީ ކޮބާ ހެއްޔެވެ؟ މީހަކު، ބޮޑަށް ހީލައިފި ނަމަ، […]
ބެއިރުޓް ލެބަނަން ޕޯޓުގައި ބޮޑެތި ގޮވުންތަކެއް ހިނގައިފި

ބެއިރުޓް ޕޯޓުގައި ގޮވުމެއް ގޮވައި، މުޅި ސަރަހައްދަށް ލޮނުންތަކެއް އައިއްސިއެވެ. މިލޮނުމުގައި އެސަހަރުގެ ރައްޔިތުންނަށް ވަނީ އަސަރު ކޮށްފައިވެއެވެ. މިކަން ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
އައިސޮލޭޝަންނަށް ނުގެންދެވި 200 ފަރާތެއް ގޭގޭގައި

އައިސޮލޭޝަންނަށް ނުގެންދެވި ގޭގޭގައި ކޮވިޑަށް ޕޮސިޓިވް ވެފައިވާ 200 ފަރާތެއް އެބަތިބި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ. ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވަނީ ނޫސްވެރީންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖެއިން ޕޮސިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިއަދު 153 އިއްޔެ 129 މީހަކު އެބައްޔަށް ވަނީ ޕޮސިޓިވް ވެފައެެވެ. ރާއްޖެއިން އެބައްޔަށް ޕޮސިޓިވް މީހުންގެ އަދަދު ވަނީ 4446 އަށް […]
މާފަރުން ބިދޭސީން ބާލަން އެދި ހޯމްމިނިސްޓަރަށް ސިޓީއެއް ފޮނުވައިފި

ނ. މާފަރުގައި ގަވާއިދާ ޚިލާފަށް އުޅެމުންނާ ބިދޭސިން އެރަށުން ބޭރުކޮށް ދިނުމަށް އެދި އެރަށު ކައުންސިލުން ހޯމް މިނިސްޓަރ އިމްރާން އަބްﷲ އަށާއި އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީ ފޮނުވައިފި އެވެ. މާފަރު ކައުންސިލުން އިން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ރަށުގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ 21 ބިދޭސީއަކު އުޅޭކަމަށާއި، އެމީހުންގެ ސަބަބުން ރަށަށް އެކި ގޮތްގޮތުން ގެއްލުން ލިބެމުންދާތީ ބިދޭސިންގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އެ މީހުންނާމެދު ފިޔަވަޅު އަޅައި […]
ކޮވިޑު-19 ގެ ކޭސްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ފިޔަވަޅުތައް ހަރުކަށިކޮށްފި!

ކޮވިޑު 19 ރާއްޖެގައި ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ. މިބަދަލުތައް އިއުލާން ކޮށްފައިވަނީ މިއަދު ހަވީރު ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރިޔަށް ގެންދިޔަ ޕްރެސް ކޮންފަރަންސްގައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްބަދަލަކީ ރޭގަނޑު 10 އަކުން ފަތިހު 5އަކަށް ބޭރަށް ނިކުތުން މަނާކުރުމެވެ. އަދި 9:30ގައި ހުރިހާ ވިޔަފާރިތައް ބަންދުކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި ރޭގަނޑު 10ގެ ފަހުން ޑެލިވެރީ ނުވަތަ ޓޭކްއަވޭ ޚިދުމަތްތައް […]
އެކުވެރިންނޭ! ދުންފަތުގެ ވަބާގައި ޖާނާ މާލު އަންދަމުން ދިޔުން ހުއްޓާލަން ނުވޭތޯ؟

ދުންފަތާއި ސިނގިރޭޓުގެ ބާވަތްތަކުގެ އަގު އެކިފަހަރުގެ މަތިން އުފުލެމުން އައިސް މިހާރު 100 ރުފިޔާއިން މައްޗަށް ސިނގިރޭޓު ފޮށްޓެއްގެ އަގު އުފުލިފައިވާ އިރު، މިކަމާއި މެދު އަޅުގަނޑުގެ އެކުވެރި އެންމެހާ ދިވެހި ލޮބުވެތި ޒުވާނުން ވިސްނާލަން ނުވޭތޯއެވެ. ވިސްނާލާށެވެ! މިދައްކަނީ މަހެއްގެ މައްޗައް 3000 އާއި 4000 އާއި ދެމެދުގެ ރުފިޔާ އަތުން އަންދާ އަޅިއަށް ހަދާ ވާހަކައެވެ. ލިބޭނެ ހަމަ އެއްވެސް ފައިދާއެއްނެތެވެ. ހުރިހާ ކޮޅަކުންވެސް ފެންނަން އޮތީ ގެއްލުމާއި ހަލާކެވެ. އަމިއްލަ އަތުން […]
މާލެ ސަރަހައްދުގެ ސުކޫލުތައް އަނެއްކާވެސް ބަންދުކޮށްފި

ކޮވިޑްގެ ނުރައްކާ ބޮޑުވެ، މި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މާލޭ ސަރަހައްދުގެ ސުކޫލްތަކުގެ ކިޔެވުން އަނެއްކާ ވެސް ބަންދުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ކޮވިޑް-19ގެ ހާލަތަށް ރިޔާއަތްކޮށް ހެލްތު ޕޮރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާގައި މާލެ ސިޓީގެ ސުކޫލުތަކުގެ ދަރިވަރުން ސުކޫލަށް ހާޒިރުވާން ނުޖެހޭގޮތަށް އެމިނިސްޓްރީން ހަމަޖައްސާފައިވާކަމަށެވެ. އެ މިނިސްޓްރީން ބުނީ ސުކޫލތްތަކަށް ކިޔަވަން ދަރިވަރުން ހާޒިރު ނުވިނަމަވެސް އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށް […]
ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސްތަކުގެ ބިމުގެ ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ކުޑަކޮށްފި

ޓޫރިސްޓް ރިސޯޓާއި، ހޮޓާ އަދި ގެސްޓްހައުސްތަކުން ބިމުގެ ކުލި ނުދައްކައިފިނަމަ އަރާ ޖޫރިމަނާ ކުޑަކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްތް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގައިވާގޮތުން ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސްތަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދައްކައިފިަނަމަ، ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް […]
މާލޭ ސަރަހައްދުގެ ކާފިއު: ރޭގަނޑު 10 އިން ފަތިހު 5 އަށް

މާލޭ ސަރަހައްދުގައި ކޮވިޑް 19 ފެތުރުން އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ރެއެއްގެ 10 އަކުން ފަތިހު 5 އަކަށް ބޭރަށް ނިކުމެ އުޅުން ސަރުކާރުން މަނާކޮށްފިއެވެ. ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ކުރިއަށް ގެންދިޔަ ކުރިއަށް ގެންދިޔަ މީޑިޔާ ބްރީފިންގައި އިއުލާން ކުރި ގޮތުގައި ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އަށް ކާފިއު ހިންގާއިރު، ރޭގަނޑު 9 ގަޑި ބައިން ފެށިގެން ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ފިހާރަތައް ބަންދުވާނެއެވެ. […]