މާލޭ ސަރަހައްދުގައި ކޮވިޑް 19 ފެތުރުން އިތުރުވަމުން ދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ރެއެއްގެ 10 އަކުން ފަތިހު 5 އަކަށް ބޭރަށް ނިކުމެ އުޅުން ސަރުކާރުން މަނާކޮށްފިއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ކުރިއަށް ގެންދިޔަ ކުރިއަށް ގެންދިޔަ މީޑިޔާ ބްރީފިންގައި އިއުލާން ކުރި ގޮތުގައި ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އަށް ކާފިއު ހިންގާއިރު، ރޭގަނޑު 9 ގަޑި ބައިން ފެށިގެން ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ފިހާރަތައް ބަންދުވާނެއެވެ.

މީގެ އިތުރުން އޮފީސްތަކުގައި މަސައްކަތް ކުރުމަށްޓަކާއި ނެރެވޭނީ 50 ޕަސެންޓައްވުރެ މަދު މުއައްޒަފުން ކަމަށާއި މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ ކޮންމެހެން ދާންޖެހޭ ޙާލަތެއްގައި އެކަނި ކަމަށެވެ. މިބަދަލާއެކު ކުރިން ދިން ލުއިތަކުގެ ތެރޭގައި ހިމެނޭ، ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކަށް ރަށްރަށަށް ދެވޭގޮތަށް އޮންނަ 5 ދުވަހުގެ މުއްދަތު ދެން ނޯންނާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.