އިންޑިއާ ކަނޑުގައި އުފެދިފައިވާ ބޮޑު ބާނިތަކުގެ ސަބަބުން ރާޅުއަރާނެ، ސަމާލުވޭ :މެޓް

ދެކުނު އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ފޯރާނެކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރެއަށް ރާޅު އެރުމުގެ ފުރުސަތުބޮޑުވުމުން މިކަމަށް ސަމާލު ވުމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮޖިކަލް ސަރވިސް ( މެޓް) އަންގައިފިއެވެ. މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރަށުތެރެއަށް ރާޅުއެރުމުގެ އަަސަރު ކުރާލެއް ބޮޑުވާނެ ކަމަށާއި މިކަމަށް އެންމެހާ ފަރާތްތަކުން ސަމާލުވާން […]
ކެމެރާ ބްރޭޑްގެ ދަރިންނާއެކު ކެމެރާގެ ތެރޭ ދިރިއުޅޭ ފޮޓޯގްރާފަރު

ކޮންމެ ކުއްޖަކީ ވެސް ކުޑައިރު އެކިކަހަލަ ކަންކަމަށް ޝައުގުވެރިވާ ކުދިންނެވެ. ކުއްޖާ ބޮޑުވާ ވަރަކަށް ކުއްޖާގެ ވިސްނުމާއި ހުނަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުއްޖާ ޝައުގުވެރިވާ ކަންކަމާއި ގަޔާވާ ކަންކަމަށް ވެސް ބަދަލުތަކެއް އާދެއެވެ. ބޮޑުވެގެން ވާން ބޭނުންވަނީ އެވެނި މިވެނި ދާއިރާއެއްގެ މިވެނި މީހަކަށޭ ބުނުމަކީ ކުޑަކުދިންގެ އާދައެކެވެ. މި ދަންނަވާ ޝައުގު ވެރިކަމަކީ ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް ބަދަލުވާ ކަންކަމެވެ. ބޮޑުވެގެން ވާންބޭނުންވަނީ ޕައިލެޓަކަށޭ ބުނެފަ ދުވަސް ކޮޅެއްފަހުން ތިމަންނަ ބޭނުންވަނީ ޑޮކްޓަރަކަށް ވާށޭ […]
ގާޒީ ބާރީ މާލީ ބަޔާނަށް މަކަރުހެދި ކަމުގެ ތުހުމަތުކޮށްފި

ޖުވެނައިލް ކޯޓުގެ ގާޒީ، އަބްދުލް ބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެދި މައްސަލައެއް ބަލަން ނިންމައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ބާރީ، ވިޔަފާރި ކުރުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެ ވިޔަފާރިން މަންފާލިބި، އެކަން މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމުގެ މައްސަލަ އެއް ތަހުގީގު ކުރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތުވާ […]
ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު ޒިންޒީ އަވަހާރަވެއްޖެ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު، ޒިންޒީ މަންޑޭލާ 59 އަހަރުގައި އަވަހާރަ ވެއްޖެއެވެ. ސައުތު އެފްރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެސްއޭބީސީ) އިން ހާމަ ކޮށްފައިވާ ގޮތުގައި ދެކުނު އެފްރިކާއިން ޑެމްނާކަށް ކަނޑައަޅާފައިވާ ސަފީރު، ޒިންޒީ އަވަހާރަވެފައިވަނީ ޖޮހަންސްބާގްގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޒިންޒީގެ އަވަހާރަވުމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ މީޑިއާ އިން އަދި ނެލްސަން މަންޑޭލާގެ ފައުންޑޭޝަނުންވެސް ވަކި އެއްޗެކޭ ހާމަ […]
އަރަބިންނަށް ރާއްޖެ އިޝްތިހާރު ކުރުމަށް ޑރ. ޝަހީމް މަސައްކަތް ފައްޓަވަނީ

އަރަބި ގައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ފުރަތަމަ ފަހަރަށް އަރަބި ވެބްސައިޓެއް ތައާރަފުކޮށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. ރާއްޖޭގެ ފުރަތަމަ އަރަބި ވެބްސައިޓުގެ ގޮތުގައި މާލްދީފް.ކޮމް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގައެވެ. ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާގެ ހުރިހާ ވަސީލަތްތަކެއްގައިވެސް އެ އަރަބި ޕްލެޓްފޯމް އިފްތިތާހުކުރުމަށް ވަނީ ނިންމާފައެވެ. ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އަރަބި ބަހުން ޚާއްސަ ސޯޝަލް […]
ފުނޑެމުންދާ އިގްތިސާދެއްގައި ނުފެންނަ އަތް!

ސްކޮޓިޝް އިކޮނޮމިސްޓްއެއް ކަމަށްވާ އެޑަމް ސްމިތް، އޭނާގެ ދަ ވެލްތް އޮފް ނޭޝަންސް (1776) މިފޮތުގައިބުނެފައިވާ ގޮތުން ގައުމެއްގައި ދިރިއުޅޭ އެކި މީހުންގެ ވިސްނުމަށް ފެންނަ ހުރިހާ ރަނގަޅު ގޮތްތަކެއް އެއްކޮށްލުމުން އެ ގައުމެއް ކާމިޔާބު ވެގެންދާނެއެވެ. އެއީ އެ ގައުމެއްގެ ކާމިޔާބަށް ގަސްތުކޮށްގެން އެދި ނޫޅޭ މީހުންގެ ވިސްނުން ނުހިމަނާއެވެ. އެޑަމް ސްމިތް ބުނާގޮތުން ނަމަ، އެއްޗަކަށް ޑިމާންޑް (ގަންނާނެ މީހުން) ހުރިނަމަ، ވިއްކާ މީހުން މާކެޓް ތެރެއަށް ވަންނާނެއެވެ. ފައިދާ ހޯދުމުގެ ގޮތުން އިންޑަސްޓްރީއަށް […]
މެލޭޝިއާ އިން ދުނިޔޭގެ ހަރުފަތްތައް ގިރާ ކުރުމަށް ބޭނުންވާ ހުނަރުތައް ގެއްލެނީ

ކުރިއެރުންތައް މެދުކެނޑުމާއި، ފާޅުގައި ހިންގަމުންދާ ކޮރަޕްޝަން ތަކާއި ތަފާތުކުރުން ތަކުގެ ސަބަބުން މެލޭޝިއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ބްރެއިން ޑްރެއިން (ހުނަރުވެރި، އަދި މަތީ ފެންވަރަށް ކިޔަވައިގެން ތިބި މީހުން ގައުމު ދޫކޮށް ދިއުން) ގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު، އެސަރަހައްދުގެ ވާދަވެރި ގައުމުތަކުން އެގައުމާ އެއްފެންވަރަށް، ނުވަތަ އެއަށް ވުރެ ބޮޑަށް ކުރިއަރަމުންދާ ކަމަށް، ފިޗް ސޮލިއުޝަންސް ކަންޓްރީ ރިސްކް އެންޑް އިންޑަސްޓްރީ ރިސާޗް އިން ވިދާޅުވެއްޖެއެވެ. ފިޗް ސޮލިއުޝަންސް ޔުނިޓުން މިއަދު ނެރެފައިވާ ރިސަރޗް […]
ޔަމަންގެ ރަށެއް ކަމަށްވާ ސޮކޯޓްރާ އަށް ޔޫއޭއީގެ ހަނގުރާމަވެރި ޖަމާޢަތް ތަކަކުން އިންގިލާބެއް ގެނެސްފި

މިދިޔަ ހޮނިހިރު ދުވަހު ޔަމަންގެ ސަރުކާރުން ބުނެފައިވާ ގޮތުން ސަދަން ޓްރާންސިޝަން ކައުންސިލުގެ ހަނގުރާމަވެރި ޖަމާޢަތަކުން “ އެގައުމުގެ ގަވަނަރޭޓެއް ކަމަށްވާ ސޮކޮޓްރާ އަށް ފުރިހަމަ އިންގިލާބެއް ގެނެސްފިއެވެ.“ އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ. ޔަމަންގެ ރަސްމީ ޚަބަރު ފަތުރާ އިދާރާއިން ރިޕޯރޓު ކޮށްފައިވާ ގޮތުން: ”ސޮކޮޓްރާގައި ޓްރާންސިޝަނަލް ކައުންސިލުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ގެނެސްފައިވާ އިންގިލާބުގެ ސަބަބުން އެޕްރޮވިންސުގެ ސްޓޭޓް އިންސްޓިޓިއުޝަން ތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.“ ”ތަފާތު ނުރައްކާތެރި ހަތިޔާރު ތަކާއެކެ ދިން މި […]
ތުޅާދޫ ޓްރޮފީ ވަރަށް ވެސް ފުރިހަމަ

ބ އަތޮޅު ތުޅާދޫ އަކީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ލާމަސީލު ބައެއް ދިރިއުޅެމުންދާ ހިތްގައިމު ކުޑަ ރަށެކެވެ. ރާއްޖޭގައި ފަންނުވެރިކަމުގެ ހުނަރު ދައްކުވައިދޭ ކޮންމެ ހަފްލާއެއްގައި ތުޅާދޫ މީހުންގެ ހުނަރު ދައްކުވައިދެނީ ވަރަށްވެސް ޒީނަތްތެރިކޮށެެވެ. އެ ހަފްލާތަކަށް އެ ރަށުމީހުން ޖަރީކޮށްފައި ހުންނަ ލިޔެލާޖެހި ތަކެތީގެ ސަބަބުން އެތަށް ބައެއްގެ ލޯ އެއަށް ހުއްޓުވައިލައެވެ. މި ފަންނު ވެރިކަމުގެ ސަބަބުން ތުޅާދޫ މީހުންނަށް ވަނީ އެތަށް އެވޯޑެއް ވެސް ލިބިފައެވެ. މިފަހަރުވެސް އެންމެންގެ ލޯތަށް ތުޅާދޫ އަށް ހުއްޓިއްޖެއެވެ. […]
ޖިންސީ ގޯނާ އާއި ދެކޮޅަށް ”ޖާގައެއްނެތް“ ނަމުގައި މުޒާހަރާކޮށްފި

ޖިންސީގޯނާ އާއި ދެކޮޅަށް އަޑު އުފުލައި “ ޖާގައެއްނެތް“ ނަމުގައި މިއަދު ހޮޓެލް ޖެން ކުރިމަތީ މުޒާހަރާ ކޮށްފި އެވެ. މިއަދުގެ މުޒާހަރާގައި ބައިވެރިން ގޮވަމުން ދިޔައީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި މީހުންގެ މައްސަަލަތައް ބަލައިދިނުމަށާއި އެފަދަ ފަރާތްތައް މަގާމުން ވަކިކޮށް ދިނުމަށެވެ. ގާނޫނީ ބައެއް ވަކީލުން ވެސް ބައިވެރިވި މި މުޒާހަރާގައި ވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކެޓަރީ ހަސަން އިސްމާއީލް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭިއރު އޭނާ […]