ފުނޑެމުންދާ އިގްތިސާދެއްގައި ނުފެންނަ އަތް!

Loading

Facebook
Twitter
WhatsApp
maldives news

ސްކޮޓިޝް އިކޮނޮމިސްޓްއެއް ކަމަށްވާ އެޑަމް ސްމިތް، އޭނާގެ ދަ ވެލްތް އޮފް ނޭޝަންސް (1776) މިފޮތުގައިބުނެފައިވާ ގޮތުން ގައުމެއްގައި ދިރިއުޅޭ އެކި މީހުންގެ ވިސްނުމަށް ފެންނަ ހުރިހާ ރަނގަޅު ގޮތްތަކެއް އެއްކޮށްލުމުން އެ ގައުމެއް ކާމިޔާބު ވެގެންދާނެއެވެ. އެއީ އެ ގައުމެއްގެ ކާމިޔާބަށް ގަސްތުކޮށްގެން އެދި ނޫޅޭ މީހުންގެ ވިސްނުން ނުހިމަނާއެވެ. އެޑަމް ސްމިތް ބުނާގޮތުން ނަމަ، އެއްޗަކަށް ޑިމާންޑް (ގަންނާނެ މީހުން) ހުރިނަމަ، ވިއްކާ މީހުން މާކެޓް ތެރެއަށް ވަންނާނެއެވެ. ފައިދާ ހޯދުމުގެ ގޮތުން އިންޑަސްޓްރީއަށް ފައިދާވާގޮތަށް، އެއްޗިހި އުފެއްދުން އިތުރުކޮށް ހަދާނެއެވެ.

 

މީގެ އިތުރުން ވާދަވެރިކަމެއް ހުރި މާކެޓެއްގައި، ވިއްކާ މީހާގެ އަމިއްލަ ބޭނުންތަކުގެ ސަބަބުން އަގު މާ ބޮޑުވުމާއި ގުޅިގެން ޑިމާންޑް ދަށްވެދާނެ ކަމުން އަގުތައް މަތި ކުރުމަށް ހުރަހެއް (ހައްދެއް) ވެއެވެ. އެހެން ނޫންނަމަ އެމީހުންގެ ތަކެތި ގަތުން ހުއްޓާލާފާނެއެވެ. ނުވަތަ ކުޑަ އަގެއްގައި ތަކެތި ވިއްކަން އެއްބަސްވާ ވާދަވެރިންނަށް ވިޔަފާރި ގެއްލިދާނެއެވެ. މީގެ ސަބަބުން އަގުތަކަށް ޑިސްއިންފްލޭޝަނަރީގެ އަސަރެއް ކޮށް އިކޮނޮމީގެ ބެލެންސް ހިފެހެއްޓުން ޔަގީންކޮށްދެއެވެ. މިކަހަލަ މާކެޓް މެކޭނިޒަމްއަކަށް، އެއީ އަމިއްލަ ބޭނުންތައް މުޅި އިކޮނޮމީގެ ބޭނުމަށް ބަދަލު ކޮށްލެވޭ ހާލަތަށް ސްމިތް ނަންދީފައިވަނީ އިކޮނޮމީ ގައިޑްކޮށްދޭން ހުންނަ ”އިންވިޒިބްލް ހޭންޑް“ (ނުފެންނަ އަތެއް) ގެ ގޮތުގައެވެ.

 

ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ހީނަރުކަން އައިސްފައިވާ މި ދަނޑިވަޅު ވަރަށް ފުންކޮށް ވިޔާފާރި އަލުން ކޮޅަށް ޖެހުމާއި މެދު ކޮންމެ ވިޔާފާރިވެރިއަކުވެސް ވިސްނަވާނެކަން ކަށަވަރެވެ. ގިނަވިޔާފާރިތައް މުޅިންހެން ހުއްޓާލަން ޖެހިފައިވީ ހިނދު އަލުން ވިޔާފާރި ފަށާނެ ގޮތަކާއި މެދު ގޮތްތަކެއް ވަނީ ރާވަންޖެހިފައެވެ. ދިމާވާ ރައްޓެހިން ހިއްސާކޮށްލާ ވާހަކަތަކުން ދޭހަވަނީ ތަންތަނުގެ ކުލި ބޮޑުތަނުން ކުޑަނުވެ އަލުން ފިހާރަ، ކެފޭ ހުޅުވާނެ ގޮތަކާއިމެދު ކަންބޮޑުވެފައިވާކަމެވެ. އަނެއްކޮޅުން ކާބޯތަކެތި އަގު މަޑުމަޑުން އުފުލެން ފަށާފައިވަނީ މާކެޓްގައި ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ކަމުގައި ޔަޤީނާގާތައް އެންމެނަށްވެސް އެނގެއެވެ.

މި ހުރިހާ ގޮންޖެހުން ތަކަކާއި އެކު ، އަލުން ބަލުން ފިހާރަ ހަދައިގެން ފަށާގަންނާނެ ގޮތެއް ފިކުރާ ނުވާ އެތައްބަޔަކާއި ދިމާވެއެވެ. ޔަޤީންކުރަންވީ ހަޤީޤަތަކީ ޤުދުރަތުގެ ނިޒާމް އެކަށައެޅިފައި އޮތްގޮތަށް، މާކެޓް އޭގެ ޒާތުގައި ހަމަޖެހިގެން އޭގެ ނާރެހުގައި ހިނގަމުންދާނީ ޙާލަތާއި ވަގުތަށް ހަމަ ހުރިހާ އެންމެނަށްވެސް ”ފަހި“ ކުރަމުން ދަތިކަމެއް އައްޔާއި، އެކަމެއްވެސް ޙައްލުވާނޭ ގޮތްތަކެއް ރޭވެމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް