ފެނަކަ އިން ވެސް ޖޫން މަހުގެ ބިލުން 40 އިންސައްތަ ޑިސްކައުންޓް ދެނީ

ފޮޓޯ: ރާއްޖެ އެމްވީ

ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުންވެސް ނިންމައިފިއެވެ. ފެނަކަ އިން ބުނީ، އެ ކުންފުނިން ޖޫން މަހުގެ ރީޑިން ނަގާފައިވާނީ ގޭގެއަށް ގޮސްގެން ކަމަށެވެ. އަދި ބިލު ބޮޑުވެގެން ލިބުނީ އެންމެ ޝަކުވާއެއް ކަމަށާއި، އެކަމާ ގުޅިގެން ބެލި ބެލުމުން ފާއިތުވި ތިން މަހުގެ ތެރެއިން އެންމެ ކަރަންޓު ޔޫސޭޖު ކުޑައީ ޖޫން މަހު ނަމަވެސް، ސަބްސިޑީ ނުހިމަނާ ފޮނުވާފައިވާ ބިލަކަށްވާތީ، ބިލުގެ އެމައުންޓު ބޮޑު ކަމަށް ދައްކާ ކަމަށެވެ. […]

އިމާރާތް ކުރުމުގެ ދާއިރާ އަށް ލޯނު ދޫކުރި މިންވަރު 4 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ އަށް ލޯނު ދޫކުރި މިންވަރު 4 އިންސައްތަ އިތުރުވިކަމަށް އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފިއެވެ. އެމްއެމްއޭ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިމާރަތްކުރުމުގެ ދާއިރާއަށް ކޮމާޝަލް ބޭންކުތަކުން ލޯނު ދޫކުރި މިންވަރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ 4 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭ ހިމެނެނީ ގެދޮރު އިމާރާތްކުރުމަށާއި ރިސޯޓު ޑިވެލޮޕްމެންޓަށ ދޫކުރި ލޯނެވެ. ނަމަވެސް ރިއަލް އެސްޓޭޓު ވިޔަފާރީގެ އެހެން ކަންތަކަށް ދޫކުރި ލޯނާއި ރިސޯޓު މަރާމާތަށް […]

ސެލްފް އައިސޮލޭޓުވާން ނުޖެހޭ ލިސްޓު ތައްޔާރުކުރީ އަމަލުކުރާ އުސޫލުތަކަށް ބެލުމަށް ފަހު: އިނގިރޭސި ވިލާތް

އިނގިރޭސިވިލާތަށް އެތެރެވާ މީހުންގެ ތެރެއިން ސެލްފް އައިސޮލޭޓުވާން ނުޖެހޭ ލިސްޓުގައި ރާއްޖެ ހިމެނިފައި ނުވާތީ ފާޑުކިޔަމުންދަނިކޮށް، އެކަމަށް އިނގިރޭސި ސަރުކާރުން ޖަވާބު ދީފިއެވެ. އިނގިރޭސި ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެގައުމުން ދަތުރުފަތުރުކުރާ މީހުންނަށް ލުއި ދޭން ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ގައުމުގައި ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައިވާ މިންވަރާއި، އެގައުމަށް އެތެރެވުމާ މީހުންނާމެދު އަމަލުކުރާ ގޮތްތަކާއި ގައުމުގެ އެެތެރޭގެ ހިފެހެއްޓުންތަކާއި އެ ގައުމެއްގައި ދަތުރުތައް ކުރުމަށް ހުރި އޮޕްޝަންސް އަދި […]

ތާރީޚުން ފިލާވަޅެއް: ފަނޑިޔާރު ރާމާމަކުނުގެ އިންސާފަށް ބިރުވެތިވުން -2

maldives news

މިފަދަ އަނެއް މިސާލަކީ އިރާގެވެ. 2003ގައި އިރާގުގެ ބައެއް ސިޔާސީ ’ބުޅާތައް’، ރައީސް ސައްދާމު ހުސައިން ވެރިކަމުން ދުރުކުރުމަށްޓަކައި، އެމެރިކާއަށް ދައުވަތުދީ، އެކަމުގެ ސަބަބުން، އިރާގަށް އަރައިގަނެ، އިރާގު ބައިބައިކޮށް ހަލާކުކޮށްލުމުގެ ފުރުސަތު އެމެރިކާއަށް ލިބުނެވެ. މިކަމުގެ ނަތީޖާ، މިއަދު، ފެންނަން އެ އޮތީއެވެ. މުއްސަނދި ގައުމެއްގެ މުއްސަނދިކަން ގެއްލި، ބައިބައިވެ، ތަން އެއޮތީ ފުނޑުފުނޑުވެ، ހަލާކުވެފައެވެ. ސިޔާސީ ކޯޅުންތަކާއި ދާޚިލާ މައްސަލަތަކުގެ ތެރެއަށް ’މަކުނު ފަނޑިޔާރު މަނިކުފާނުން‘ ވެއްދުމުގެ ނަތީޖާއެވެ. ދެން އިތުރު މިސާލެއްގެ ގޮތުގައި […]

އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީ ކަނޑުގެ ސިފައިންގެ ބާރު އިތުރަށް ގަދަވެ، ބާރުވެރިކަމުގެ ހަމަހަމަކަން ގެއްލިއްޖެ

އަންކާރާއިން އެކުލަވާލާފައިވާ، އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީ ކަނޑުގެ ސިފައިންގެ ބާރުގަދަކުރުމުގެ ދުރު މުސްތަގުބަލުގެ ޕްލޭން ކާމިޔާބު ވެއްޖެއެވެ.    ހަ ދަހަރަށްވުރެ (ޑިކޭޑް) ގިނަދުވަހު ތުރުކީ ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި އޮތްއިރު، ރައީސް ރަޖަބް ޠައްޔިބު އުރުދުގާން ގެ ލީޑަރޝިޕްގެ ދަށުން، އަންކަރާއިންވަނީ  އެ ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ބޮޑަށް، ތުރުކީގެ މިލިޓަރީ ގާބިލުކަން އިތުރުކޮށްފައެވެ.  އިރުމަތީ މެޑިޓެރޭނިއަންގައި ފަހުގެ ތާރީޚުގައި ހިނގި ކަންކަމަށްބަލާއިރު ފެނިގެންދަނީ، ތުރުކީގެ ކަނޑުގެ ސިފައިންގެ ފައުޖުތަކުގެ ގާބިލްކަން އިތުރުކޮށް، ސަރަހައްދުގެ ބާރުގަދަ ގައުމުތައް […]

މަޑަވެލީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

news

ގދ. މަޑަވެލީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭ މީހަކު ފުުލުހުން ހަައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ މަޑަވެލީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތިީގެ ވިޔަފާރި ކުރާކަމަށް ފުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ކޯޓް އަމުރެއްގެ ދަށުން އެމީހާ ދިރިއުޅެމުންދާ ގެ ބަލައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 150 ޕެކެޓް ފެނިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި […]

ހަ ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ހުޅުމާލެއިން ހައްޔަރުކުރި މީހުންގެ މައުލޫމާތު އާންމު ކޮށްފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރެވި މިދިޔަ މަހު 14 ގައި ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު މިއަދު ފުލުހުން އާންމުކޮށްފިއެވެ.   ފުލުހުން ހިންގި ޚާއްސަ އޮފަރޭޝަން އެއްގައި 6.8 ކިލޯގެ ކެނަބިސްއާއެކު ހައްޔަރުކޮށްފައިވަނީ ގއ.ކޮލަމާފުށީ ކަރަންކާ ވިލާ، އަފްޒަލް ރަޝީދު 33 އާއި ގދ. ވާދޫ އަޝްރަފީގެ، މުހައްމަދު ޝަރީފު 43 އެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ […]

އދ ގެ އޮފިޝަލަކު ޔަމަނުގެ ހާލަތު ސިފަކުރީ ”މިއީ އަޅުގަނޑުގެ ހަޔާތުގައި ދުށް އެންމެ އަނދިރި ވަގުތުކޮޅު“ ގެގޮތުގައި

yemen news

އދ ގެ އަންޑަރ ސެކެއްޓަރީ ޖެނެރަލް ފޯ ހިއުމެނިޓޭރިއަން އެފެއާޒް ސަރ މާކް ލޯކޮކް ވިދާޅުވި ގޮތުގައި، ހަނގުރާމައާއި ސައޫދީން އިސްވެއޮވެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަސަބަބުން, ޔަމަނުގައި ވަމުންދާގޮތްތަކަށް ދުނިޔެއިން ސަމާލުކަން ނުދީފިނަމަ އެތައް މިލިޔަން ކުދިން މަރުވެގެންދާނެއެވެ.  ބޮޑު ކާރިސާއަކުން ރައްކާތެރިވުމަށް، ޔަމަނަށް އެހީވުމަށް މުއްސަދި ގިނަ ގައުމުތަކުން ވެފައިވާ ވައުދާއި އެއްގޮތަށް ޚައިރާތު ކުރަން ކަނޑައެޅި ފައިސާ ޔަމަނާއި ހަވާލު ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މި ހުރިހާ ވާހަކައެއް ސަލްވާގެ ތަސްވީރުތަކުން (މާކު […]

އިންސާނުންނާ އެއްވަރުގެ ވާލެއްގެ ފޮޓޯފެނި ގިނަ ބަޔަކު ބިރުގަނެއްޖެ

ފުރަތަމަ ބަލާލުމުން ހީވަނީ އެއީ ސްޓޭޖެއް ފަޅުފިލުވަން ހަދާފައިވާ ޕްރޮޕެއްހެންނެވެ. ނޫނީ ބެޓްމެންގެ ކޮސްޓިއުމް ލައިގެން އޮތް މީހެންހެއްނެވެ. ނަމަވެސް ގާތުން ބަލާލުމުން އެއީ އިންސާނުންހާ ބޮޑު ވާލެއްކަން އެގެއެވެ. މިއީ ފިލިޕިންސްގެ ގެއެއްގެ އަސްކަނީގައި އެކޮޅުކޮޅުން އެލިގެން އޮތް އިންސާނުންނާ އެއްވަރުގެ ބޮޑު ބިޔަ ވާލެކެވެ. މި ބޮޑުވާލުގެ ފޮޓޯ ޓްވީޓް ކޮށްފައި ވަނީ އެލެކްސް ކިޔާ މީހަކެވެ. “ އަނދާން އެބަހުރިތަ އިންސާނުންނާ އެއްވަރުގެ ބޮޑު ވާ ފިލިޕީންސްގައި އުޅޭ ކަމަށް އަހަރެން ތި […]

ތާރީޚުން ފިލާވަޅެއް: ފަނޑިޔާރު ރާމާމަކުނުގެ އިންސާފަށް ބިރުވެތިވުން

maldives news

ރާމާމަކުނުގެ އިންސާފުގެ ވާހަކައަކީ އަޅުގަނޑުމެން މަޖީދިއްޔާ އިސްކޫލުގެ ދަށުކިލާސްތަކުގައި ކިޔަވަން އުޅުނު އިރު، ދިވެހި ކިޔަވަން ބޭނުންކުރި ’ކިޔުމުގެ ފޮތެއް’ކަމުގައިވާ ކުޑަކުދިންގެ ބަގީޗާގައި އޮންނަ ވާހަކައެކެވެ. މިވާހަކައަށް ދެވިފައި އޮތް ނަމަކީ ’ދެ ބުޅަލުގެ އަރާރުން‘ މިއެވެ. މިފަހަރުގެ ތާރީޚީ ފިލާވަޅު ގުޅެނީ މިވާހަކައާއެވެ. އެންމެ ފުރަތަމަ ވާހަކައިގެ ޚުލާސާއެއް ލިޔެލާނަމަވެ. އެއްދުވަހަކު ދެ ބުޅާވެގެން، ކޮންމެވެސް ތަނަކުން، ބޯކިބަލެއް ނެގިއެވެ. ދެން، ދެބުޅަލުގެ މެދުގައި ބޯކިބާ ބެހުމުގެ މައްސަލަ ޖެހިއްޖެއެވެ. އެއް ބުޅާ، ބޯކިބާ ފަޅާލައި […]