ފުރަތަމަ ބަލާލުމުން ހީވަނީ އެއީ ސްޓޭޖެއް ފަޅުފިލުވަން ހަދާފައިވާ ޕްރޮޕެއްހެންނެވެ. ނޫނީ ބެޓްމެންގެ ކޮސްޓިއުމް ލައިގެން އޮތް މީހެންހެއްނެވެ. ނަމަވެސް ގާތުން ބަލާލުމުން އެއީ އިންސާނުންހާ ބޮޑު ވާލެއްކަން އެގެއެވެ.
މިއީ ފިލިޕިންސްގެ ގެއެއްގެ އަސްކަނީގައި އެކޮޅުކޮޅުން އެލިގެން އޮތް އިންސާނުންނާ އެއްވަރުގެ ބޮޑު ބިޔަ ވާލެކެވެ.
މި ބޮޑުވާލުގެ ފޮޓޯ ޓްވީޓް ކޮށްފައި ވަނީ އެލެކްސް ކިޔާ މީހަކެވެ.
“ އަނދާން އެބަހުރިތަ އިންސާނުންނާ އެއްވަރުގެ ބޮޑު ވާ ފިލިޕީންސްގައި އުޅޭ ކަމަށް އަހަރެން ތި އެންމެންކައިރީ ކުރިން ބުނިވާހަކަ؟ އާ މީ އަހަރެން މިދައްކާ ވާހަކައަކީ“ މި ފޮޓޯއާއެކު މެއި 24 ގައި އޭނާ ލިޔެފައިވެއެވެ.
އެއާ އެކު އިންޓަނެޓުގައި މިވާލުގެ ވާހަކަ ވައިގައި ހިފާ މިހާރު މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދައްކީ މިވާލުގެ ވާހަކައެވެ.
އެ ފޮޓޯއަށް ކޮމެންޓް ކުރި ގިނަ މީހުން ބުނެފައިވާގޮތުން އެވަރުގެ ބޮޑު މަންމަލިއެއް އުޅޭނެ ކަމެއް ވެސް އެމީހުންގެ ހިތަކަށް ނާރައެވެ. އަދި ކޮމެންޓްކުރާ ބައެއްމީނުން ދަނީ ހަގީގަތުގައި ވެސް އެއީ ވާލެއްތޯ ސުވާލު އުފައްދަމުންނެވެ.
އެލެކްސް ގެ މި ޕޯސްޓަށް މިހާރު ދެ ލައްކަ އާ ގާތްކުރާ ވަރަށް މީހުން ލައިކް ކޮށްފައިވާއިރު ދެ ލައްކަ އެއްހާ މީހުން ރިޓްވީޓްކޮށްފައި ވެއެވެ. އަދި ފޭސްބުކް ގައާއި އިންސްޓަރގްރާމް އަދި ސޯޝަލް މީޑީއާގެ އެހެން ޕްލެޓްފޯމް ތަކުގައި ވެސް އެތަށް ބަޔަކުދަނީ މި ފޮޓޯ ޝެއާކުރަމުންނެވެ.
ގިނަ މީހުން ބުނެފައިވާ ގޮތުން މިއީ ”ޖަޔަންޓް ގޯލްޑެން ކްރައުޑް ފްލައިންގް ފޮކްސ“ް ނަމަކަށް ކިޔާ ވާލެކެވެ. ނަމަވެސް އެއްވެސް މީހަކަށް ޔާގީންކަމާއެކު ބުނަންނޭގެއެވެ.
“ އަހަރެންމީ ފިލިޕީންސް ރައްޔިތެއް. އަހަރެން ބުނެފާނަން ތީ ކޯއްޗެއްކަން. އޭތީގައި ހުންނާނީ ވަރަށްބޮޑު ފިޔަގަޑެއް އެކަމަކު ހަށިގަނޑު އެހާ ބޮޑެއްނުވާނެ. މެދުވަރަށް ވުރެ ކުޑަ ކުއްތާގެ ހަށިގަނޑުވަރު އޭގެ ހަށިގަނޑު ވާނީ. އޭތީ ކައި އުޅޭނީ ހަމައެކަނި މޭވާ“ އެއަށް ކޮމެންޓްކުރި މީހަކު ބުނެފައިވެއެވެ.
“ އޭގެ ކުޑަ ވާތަށް ގަސްތަކުގައި އުޅޭނެ. ބައެއްފަހަރު ފަޅު ގެ ތަކުގެ ފުރާޅުދަށުގައވެސް ތިބޭ. ތީގެ ބޮޑު ވާތަށް އުޅެނީ ބޮޑެތި ގަސްތަކުގައި އެ އެއްޗެހި އަހަރެމެންނަށް ފެންނަނީ ވަރަށް މަދުން. އޭގެ އެއްޗެއް އެންމެ ފަހުން ފެނުނު ހަދާނެއްވަނީވެސް މީގެ ފަސް އަހަރުކުރިން“ އެމީހާ އިތުރަށް ލިޔެފައިވެއެވެ.
މި ވައްތަރުގެ ވާލަށް ”ގޯލްޑެން ކެޕްޑް ފުރުޓް ބެޓް“ ވެސް ކިޔައެވެ. މި ވާލުގެ މޫނު ހުންނާނީ ހިޔަޅެއްފަދައިންނެވެ. އޭގެ ފިޔަގަނޑުގެ ދިގުމިނުގައި ގާތްގަޑަކަށް ހަފޫޓް ހުންނަކަމަށް ވެއެވެ.
މިވާލަކީ ނުރައްކާތެރި ވާލަކަށް ނުވިނަމަވެސް މިވާލަކީވެސް އާންމުކޮށް އުޅޭ އެހެނިހެން ވާތައް ފަދައިން މި ގިނަ އަދަދެއްގެ ވައިރަސް އެއާ އެކުދިރިއުޅޭ ވާލެއްކަމަށްވެއެވެ.
ކޮވިޑް-19 ވައިރަސް އިންސާނުންނަށް ފެތުރިފައިވަނީ ވާލުން ކަމަށް ވުމާއެކު މިހާރަކަށް އައިސް ވާލުގެ ވާހައެއް އަޑު އިވުނަސް މީހުންތިބެނީ ބިރުގެންފައެވެ. އެހެންކަމުން މި ވާލުގެ ވާހަކަ އިވުމުންވެސް މިކަމާ ވިސްނާތީ ލޮލަށް ނިދިނާންނަކަމަށް ބުނެ ކޮމެޓްކުރާ މީހުންވެސް ވަކިމަދެއްނޫނެވެ.