މަޑަވެލީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp
news

ގދ. މަޑަވެލީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭ މީހަކު ފުުލުހުން ހަައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ މަޑަވެލީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތިީގެ ވިޔަފާރި ކުރާކަމަށް ފުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ކޯޓް އަމުރެއްގެ ދަށުން އެމީހާ ދިރިއުޅެމުންދާ ގެ ބަލައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 150 ޕެކެޓް ފެނިގެން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މިދުވަސްކޮޅު ފުލުހުން އަންނަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.

އެގޮތުން މީގެ ދެ ދުވަހެއް ކުރިން ގދ. ތިނަދޫން އައްޑޫސިޓީ އަށް އެތެރެކުރަން އުޅުނު ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް