”ފެއިލް ވެއްޖެ“ ނަމުގައި އިދިކޮޅު ޖަލްސާއެއް ބާއްވަން ނިންމައިފި

”ފެއިލް ވެއްޖެ“ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މިއަދު އެ ކޯލިޝަންގެ އޮފީސް ހ. ހުރަފައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މި ސަރުކާރު ހުރިހާ ކަމަކުންވެސް ފެއިލްވެފައިވާ ކަމަށެވެ. ޖަލްސާގެ ބޭއްވުމުގެ ބޭނުމަކީ ސަރުކާރު ހަމަމަގަށް އަޅުވައި، ސަރުކާރު ޒިންމާދާ ކުރުވުންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަގުމައްޗަށް […]
ގުޅީފަޅުން ހައުސިންްޔުނިޓް ގަތްފަރާތްތަކަށް ގެއްލުމުގެ ބަދަލު ދޭން ސަރުކާރުންނިންމައިފި

ގުޅީފަޅުން ހައުސިން ޔުނިޓުގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މިހާތަނަށް ހައުސިން ޔުނިޓް ލިބިފައި ނުވާތީ، އެފަރާތްތަކަށް ބަދަލުދޭން ސަރުކާރުންނިންމައިފައިވާކަމަށް ހައުސިންމިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 140 ފަރާތަކުން ގުޅީފަޅުގައި ދިރިއުޅުމަށް ގެދޮރުގަތުމަށް އެކިމަރުހަލާތަކުގައި މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން ބައެއްފަރާތްތަކުން ޑައުންޕޭމަންޓްދައްކާ އަދި ބައެއް ފަރާތްތަކުން އެއަށްވުރެ ގިނައިން ފައިސާ ދައްކާފައިވާ ކަމަށާ އެހެންކަމުން އެފަރާތްތަކަށް […]
ތާރީޚުން ފިލާވަޅެއް: ފަނޑިޔާރު ރާމާމަކުނުގެ އިންސާފަށް ބިރުވެތިވުން – 3

ނޫންނަމަ، ކޯޅި، އަރާރުންވެ އުޅުނު ދެބުޅަލުގެ ބޯކިބާ މަކުނު ފަނޑިޔާރު، ކައި ދިރުވާލި ފަދައިން، އިންޑިޔާގެ އަނގަޔަށް ރާއްޖެލައި ’ދިރުވާނުލައި‘ އޮވެފާނެ ބާވައޭ ވެސް ހިތަށް އަރައެވެ. ސިއްކިމް ވެސް އިންޑިޔާގެ އަނގަޔަށް ލައި ދިރުވާލައި އިންޑިޔާގެ ބަޔަކަށް ހަދާލި ފަދައިންނެވެ. މިވާހަކަތައް ދެއްކުމުން، ބައެއް މީހުން ބުނާ ވާހަކައެއް އޮވެއެވެ. ’އިންޑިޔާ ބޭނުމިއްޔާ ރާއްޖެ ހިފާފާނެއެވެ‘. މިއީ ޚުދު، ’އަޅުގަނޑުމެންގެ ގާބިލު ދުރު ފެންނަ‘ ދިފާއީ ވަޒީރުގެ ވެސް ހިކުމަތުން ފުރިގެންވީ ބަސްފުޅެވެ. މިމަގާމުގައި ފާހަގަކޮށްލަން […]
މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ޕީޕީއެމް، ޕީއެންސީން ނިންމައިފިއެވެ. އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރު ކުރިއަށް ގެންދިޔަ ޖަލްސާގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ފަހުގަ އެވެ. ޕީޕީއެމް، ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ޕާޓީން ބައިވެރިވާނެ ކަމަށެވެ. އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން ހުއްޓާލާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު […]
ހިޔާ ފްލެޓްތައް ނިންމަން އަދި އަށް މަސް ނަގާނެ: އަސްލަމް

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 6،720 ފްލެޓަށް މީހުން ވަދެވޭވަރަށް ނިންމަން އަދި އިތުރު އަށް މަސް ނަގާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ދެން ކުރިއަށް އޮތީ ފްލެޓްތަކުގައި ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ލުމުގެ މަސައްކަތްކަމަށާއި އެކަންތައް ނިންމަން އަށް މަސް ނަގާނެ ކަމަށެވެ. […]
ބޭނުމީ ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ ބަޔަކަށް ހެދުން: ރައީސް

ބޭނުންފުޅުވަނީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ނަޒާހަތްތެރި، ޕްރޮފެޝަނަލް މުއައްސަސާއަކަށް ހައްދަވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިއަދު ވަނީ ދިވެހި ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފުލުހުން މިހާތަނަށް ކޮށްފައިިވާ މަސައްކަތާއި މިހާރުވެސް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ހުރިހާ ދިވެހި ރައްޔިތުންގެ ނަމުގައި ހުރިހާ ފުލުހުންނަށް ޝުކުރުއަދާކުރައްވައިފައެވެ. ރައީސް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް، އާއިލާތަކާ […]
ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަނީ

ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރާނެކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ޓްރަމްޕްގެ ސަރުކާރުން ކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެއެވެ. އެމެރިކާގެ މަޝްހޫރު މަޖައްލާ އެއްކަމަށްވާ ”ފޮރިން ޕޮލިސީ“ ބުނާގޮތުން އެމެރިކާގެ ދިފާއީ ވުޒާރާގެ ސިޔާސީ މުވައްޒަފުންނަށްވަނީ އިންތިޚާބުގައި ޓްރަމްޕަށް ވޯޓުލާނެކަމަށް ނުބެލެވޭ މުވައްޒަފުން ވަކިކުރާނެކަމުގެ ނުސީދާ އިންޒާރެއް ލިބިފައެވެ. ދާދިފަހުން ވައިޓް ހައުސްގެ ބައެއް މަސްއޫލުވެރިން ޕެންޓަގަންގެ ސިޔާސީ މުވައްޒަފުންނާ ކުރި އިންޓަވިއުތަކަށްފަހު އެފަދަ ނުސީދާ އިންޒާރުތައް […]
އުންމީދުގެ ގުލްޒާރު

މިއީ 2008 ގައި ސަންދާނުގައި ޝާއިއުކުރެވިފައިވާ ހަނދާނީ ލިޔުމެކެވެ. ހަމަ ހަނދާން އާކޮށްލުމަށް ރިޕީޓް ކޮށްލަމެވެ. އުންމީދުތަކުގެ ފޮލާތައް އަޅުގަޑުމެންގެ ހިތުގައި ކެކެމުން ދަނީއެވެ. އައު ދުވަހެއް ދުށުމުގެ ހުވަފެންތައް ދެކެވެމުން ދަނީއެވެ. ބިރުވެރި ކަމާއި ހާސްކަމުގެ ކަޅު އަދިރި ތާރީޚަށް އަލްވަދާޢު ކިޔުމުގެ ރޫހު އާލާވަމުން ދަނީއެވެ. ދުވަސްވީ މީހުންނާއި ގައުމުގެ ޒުވާނުން އަތުގުޅާލާފައި ތިބީ އަޅުވެތި ކަމުން މިންޖުވުމުގެ މަގުސަދު ހާސިލް ކުރުމަށެެވެ. އަމިއްލަ ވަތަނުގެ މުއްސަދި ކަމާއި ތަނަވަސް ކަމުގެ ރަހަ އެވެރިންގެ […]
ރޭޕްކުރުރި ކަމުގެ ތުޙުމަތުކޮށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

ޝަރުއީ އުސޫލްތަކާއި ޚިލާފަށް ކޯޓުން ބޭރުން ކައިވެނިކޮށްފައިވާ މީހަކަށް ރޭޕްކުރި ކަމުގެ ތުހުމަތުކޮށް ޝަރީއަތުން ގޮތެއްނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ. ރޭޕްގެ ތުހުމަތުގައި ކޯޓް އަމުރު އައިސްފައިވަނީ ހއ. ފިއްލަދޫ، ޝޭޑޯޒް އަހުމަދު އައްތަފް 23 އެވެ. ފުލުުހުން ހާމަކުރި ގޮތުގައި ޝަރުއީ އުސޫލުތަކާ ޚިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ އަންހެންކުއްޖަކާ ކައިވެނިކޮށް އެކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން، ކުއްޖާއާ މެދު ޖިންސީގޯނާކޮށް ކުއްޖާ ރޭޕް ކޮށްފައިވާކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު […]
މާދަމާ އިން ފެށިގެން ނުގަވާއިދުން ޕާކް ކުރާ އުޅަނދުތަކަށް ފިޔަވަޅު އަޅަނީ

މާދަމާ އިން ފެށިގެން މާލޭ ސިޓީގައި ގަވައިދާ ހިލާފަށް ޕާކް ކުރާނަމަ، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މިަމަހުގެ އެކަކުން ފެށިގެން ނިއުނޯމަލް އަށް ބަދަލުވެފައިވާތީވެ، ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކާ މެދު ގަވާއިދާ އެއްގޮތަށް މާދަމާ އިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އަޅާނެ ވަކި ފިޔަވަޅެއް ފުލުހުން ހާމަ އެއް ނުކުރެެއެވެ. ފުލުހުން ވަނީ ފިޔަވަޅު އަޅާނެ ތަންތަންވެސް ފާހަގަކޮށްފައެވެ. މިސްކިތްތައް ކައިރި، ކަފި ހުރަސް، އަރިމަތީ […]