ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ އިން ހަދިޔާކުރި ފެރީ ސަރުކާރާ ހަވާލުކޮށްފި

ބ. ފެހެންދޫގެ ދަރިވަރުންނަށް އިންޑިއާގެ ސަރުކާރުން ހަދިޔާކުރި ފެރީ ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. މިއަދު ހަވީރު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލޯންޗް ހަދިޔާކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ. އެ ލޯންޗް ޑިޒައިންކޮށް އުފައްދާފައިވަނީ އިންޑިއާއިން ރާއްޖެއަށް ދިން 2.5 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން، އެގައުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ލޯންޗްގައި 30 ދަރިވަރުންގެ ޖާގަ އޮންނަ ކަަމަށެވެެ. ފެހެންދޫއަކީ ވަަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ […]
ކޮވިޑް-19ގެ ސަބަބުން އެމެރިކާ އިން އިތުރު 993 މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިއްޔެ އިތުރު 993 މީހަކު މަރުވެއްޖެއެވެ. އިއްޔެ އަކީ ފާއިތުވި 27 ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް ގިނަވަމުންދިޔަ ނަމަވެސް، މަރުވާ މީހުންގެ އަދަދު އޮތީ ވަރަށް ބޮޑަށް މަދުވެފައެވެ. ހޯމަ ދުވަހު ވެސް އެމެރިކާ އިން މަރުވީ 378 މީހުންނެވެ. އާދީއްތަ ދުވަހު މަރުވީ 262 މީހުންނެވެ. […]
މިނިވަންދުވަހުގެ ހަފްލާތަށް މިއަހަރު ނުބާއްވަން ނިންމައިފި

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ކޮންމެ އަހަރަކު ވެސް ސަރުކާރުން ބާއްވަމުން އަންނަ ހަފްލާތަށް ކޮވިޑް -19ގެ ބަލިމަޑުކާމާއި ގުޅިގެން މިއަހަރު ނުބާއްވަން ސަރުކާރުން ނިންމައިިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުމާއި މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައްވެސް މި އަހަރުގައި ނުބާއްވާނެ ކަމަށެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މިނިވަންދުވަހުގެ ހަފްލާތައް މިއަހަރު ނުބާއްވަން ނިންމީ ކޮވިޑް -19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިލާންޖެހުނު […]
ބްރެޒިލްގެ ރައީސް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ބޮލްސޮނާރޯ ކޮރޯނާވައިރަހަށް އިއްޔެ ހަތަރުވަނަ ފަހަރު ޓެސްޓު ކުރެއްވީ ހުން އައިސް، ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެންނެވެ. ބޮލްސޮނާރޯ ވައިރަހަށް ޕޮޒިޓިވްވިކަން މިއަދު އިއުލާން ކުރެއްވީ ރައީސްގެ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. އަދި ބޮލްސޮނާރޯ ވަނީ ބަލި ޖެހުނު ނަމަވެސް، ބިރު ގަންނަން ޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން ބޮލްސޮނާރޯ ވަނީ ކޮވިޑް-19 އަކީ ”އާދައިގެ ރޯނގާ“އެއްގެ […]
ޖެފެރީ އެޕްސްޓެއިންގެ ސިއްރުވެރިޔާގެ ގޮތުގައި ގިނަދުވަހު މަސައްކަތްކުރި، ގިސްލެއިން މެކްސްވެލް ޖިންސީގޯނާގެ ތަހުގީގަކާއި ގުޅިގެން ހައްޔަރުކޮށްފި

ޗާޕްކުރުމުގެ ދާއިރާއިން މަޝްހޫރުކަން ލިބިފައިވާ، މިހާރު ނިޔާވެފައިވާ މަހުޖަނު ރޮބަރޓް މެކްސްވެލްގެ އަންހެން ދަރިކަނބަލުންނަށްވަނީ ހަށިވިއްކުމުގެ ވަގުފާރީގެ އޮޕަރޭޝަނެއް ހިންގުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވިފައެވެ. ސީނިއަރ ލޯ އެންފޯސްމަންޓް އޮފިސަރުން ވިދާޅުވެފައިވާ ގޮތުގައި، ހަށިވިއްކުމުގެ ވިޔަފާރިއާއި ގުޅުންހުރި ކަމެއްގައި، ޖެފެރީ އެޕްސްޓެއިންގެ ސިއްރުވެރިޔެއްގެ ގޮތުގައި ވަރަށްގިނަ ދުވަހު ހުންނެވި، ގިސްލެއިން މެކްސްވެލް ވަނީ ކަމާއިބެހޭ ފަރާތުން ބުރާސްފަތިދުވަހު ހެމްޝަޔަރއިން ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހެނދުނު 8.30ގައި ބެޑްފޯޑް އިންނެވެ. އެޕްސްޓެއިންއާ […]
ބޯޑަރު ހުޅުވާލާ ދުވަހު އެންމެ ފުރަތަމަ އަންނާނީ ގަތަރު އެއާވޭސްގެ ފްލައިޓެއް

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ. އެމްއޭސީއެލް އިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާގޮތުން މިހާތަނަށް 12 އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރު ފަށަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ ދުވަހު ރާއްޖެ އަންނަން މިހާތަނަށް ޝެޑިއުލްކޮށްފައިވަނީ ގަތަރު އެއާވޭސް އެކަންޏެވެ. އެމިރޭޓްސް އިން ދަތުރުތައް ފަށަން ތާވަލުކޮށްފައިވަނީ ޖުލައި 16 އިން ފެށިގެންނެވެ. އަދި […]
އީ.ޔޫ ކޮރޯނާ ވައިރަސް ސޭފް ލިސްޓު: ޔޫ.އެސް މިލިސްޓަށް އަރަން އަދި ގާތްވެސް ނުވޭ

އަލްޖީރިއާ، ރުވާންޑާ، އުރުގުއޭ، ޗައިނާ، ކެނެޑާ މިގައުމުތަކުގެ މީހުންނަށް މިހާރު ޗުއްޓީ ހޭދަކުރުމަށް ޔޫރަޕަށް ދިއުމުގެ ހުރަހެއް ނެތެވެ. އެކަމަކު ޔޫ.އެސް ފަތުރުވެރިންނަށް އެފުރުސަތެއް ނެތެވެ. ތަފާތު 15 ގައުމެއްގެ ރައްޔިތުން ވަކި ބޭނުމެއްނެތިވެސް ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރުމަށް ޔޫރަޕުންވަނީ ހުއްދަ ދީފައެވެ. މިގޮތުން ހުއްދަ ދިން ގައުމުތަކަކީ ޔޫރަޕިއަން ޔޫނިއަންއިން ވަކި ގޮތަކަށް ހޮވާފައިވާ ގައުމުތަކެއް ކަމަށް ކުރިން ބެލެވުނެވެ. މާޗްމަހުން ފެށިގެން ޔޫރަޕަށް ދަތުރު ކުރުން މަނާކޮށްފައި އޮތުން މިހާރުވަނީ ބަދަލުކޮށްފައެވެ. ޔޫރަޕުން ބުނާގޮތުގައި، […]
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ. އެ އިސްލާހަކީ ކާރިސާގެ ހާލަތުގައި ނުވަތަ ގައުމުގައި ކުއްލި ނުރައްކަލެއް އިއުލާނުކޮށްފައިވާ ހާލަތުގައި ޝަރުއީ ދާއިރާއިން އަމަލުކުރާނެ ގޮތް އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެގޮތުން އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރެވޭނެ ގޮތްތަކާއި އަދި އޯޑިއޯ ވީޑިއޯކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ ހާލަތްތައް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. މިދިޔަ ޖޫން މަހުގެ 29 ވީ […]
ހިޔާ މަޝްރޫއުގެ ދަށުން ދިރިއުޅުމުގެ ހާލަތުދެނެގަތުމަށް ނުގުޅުނު ފަރާތްތަކުގެ ނަންތައް އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ފުލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މިހާތަނަށް ނުގުޅުނު ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން އާންމުކޮށްފި އެވެ. ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނާގޮތުން މިއަދު އާންމު ކުރި ނަންތަކަކީ ހިޔާ މަޝްރޫއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުރުހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަަށަވަރު ކުރުމުގެ މަސައްކަތުގެ […]
ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ: ސައިންސުވެރިން

އާ ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ފެތުރޭ ކަމުގެ ހެކި އެބަހުރި ކަމަށާއި ވައިރަސް ފެތުރުން ހުއްޓުވުމާ ބެހޭ ގޮތުން ދޭ އިރުޝާދުތައް ބަދަލު ކުރަން ޖެހޭ ކަމަށް 239 ސައިންސުވެރިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ފޮނުވި ސިޓީއެއްގައި ބުނެފި އެވެ. ޑަބްލިޔުއެޗްއޯގެ ގައިޑްލައިންސްގައިވާ ގޮތުން ކޮރޯނާވައިރަސް ވައިގެ ޒަރިއްޔާއިން ކޮންމެވެސް ވަރަކަށް ފެތުރުނު ނަމަވެސް ވައިރަސް މައިގަނޑު ގޮތެއްގައި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ނުކުންނަ ދަވަ އެހެން މީހަކަށް ވާސިލު […]