މެލޭޝިޔާ: ކޮވިޑް ގެ އިތުރު 5728 ކޭސް ރެކޯޑް ކުރެވި، މަރުވި މީހުންގެ އަދަދު 13 އަށް.

މެލޭޝިޔާގައި ކޮވިޑް19 ގެ އިތުރު 5728 ކޭސް ރެކޯޑް ކުރެވި، ޖުމްލަ ޢަދަދު 209،661 އަށް އަރައިފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި، މެލޭޝިޔާގެ ސްޓޭޓެއް ކަމުގައިވާ ސެލަންގޯ އިން، 3285 އައު ކޭސް ރެކޯޑް ކުރެވިފައިވެއެވެ. ޖަނަވަރީ މަހުގެ 30 ވީ ހޮނިހިރު ދުވަހުގައި، މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިބަލީގެ ސަބަބުން އިތުރު 13 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 746 އަށް ގިނަވެފައިވާ ކަމަށެވެ. މެލޭޝިޔާ ސަރުކާރުން މިހާރު މަޝްވަރާ […]

ފިކުރު ދެގޮތްވި ނަމަވެސް މި ތިބީ ލޯބީގެ ގޮތުން ގުޅިފައި، އަންނަމަހު ކައިވެނިކުރާނަން: ޒިޔާ

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންގެ ހެޑް އަދި ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ދިވެހި ފިލްމީތަރި އަޙްމަދު ޒިޔާއާއި ކައިވެނި ކުރެއްވުމަށް ލޯބީގެ ގޮތުން ގުޅިފައިވާކަން މީޑިއާއަށް ހާމަކުރެއްވީ މިދިޔަ ހަފްތާގައި ބޭއްވެވި އެންގޭޖްމަންޓް ޙަފުލާގައެވެ. މިއަދު ޒިޔާ ބުނިގޮތުގައި އެ ދެލޯބިވެރިންގެ ކައިވެނި އަންނަ މަހުގައި ކުރާގޮތަށް މިވަނީ ހަމަޖެހިނިމިފައެވެ. މިއީ އިންތިޒާރުގައި ހުރުން ދެން ނިމި ވަރަށް އުފާވެރި ދުވަހެކެވެ. ޒިޔާ ބުންޏެވެ. ޒިޔާއާއި އާއި ކައިވެނިކުރަން ޝިދާތާ ރަންކިޔާފައިވަނީ ބުރާސްފަތި ދުވަހުގެރޭގައެވެ. […]

ހައިކޯޓުން ރައީސް ޔާމިނުގެ ޙުކުމް ދަމަހަށްޓައިފި

މިއަދު ހައިކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލުގެ ޙުކުމް ދަމަހަށްޓަން ޙުކުމް ކޮށްފިއެވެ. ރައީސް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދިޔައީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. އެ މައްސަލާގައި ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒްގެ ރައުޔު އެއްގޮތްވިއިރު، ފަނޑިޔާރު ޝަހީދުގެ ރައުޔު ވަރަށް […]

ކައުންސިލް އިންތިޚާބު ވެފައި މިވަނީ ބޮޑު ޖޯކަކަށް – މެމްބަރު އާމިރު

ދައުރުގެ ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މަޖިލިސް މެމްބަރު އާމިރު ވިދާޅުވީ ކައްނުސިލް އިންތިޚާބު ވެފައި މިވަނީ ބޮޑު ޖޯކަކަށް ކަމަށެވެ. އާމިރު ވިދާޅުވީ މިގާނޫނަށް ކިތަންމެވަރަކަށްވެސް އިސްލާޙު ގެނެވިދާނޭކަމަށާއި އެހެންނަމަވެސް މިއީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކޮންމެހެން ކުރަންޖެހޭކަމެއްކަން ނުވަތަ ނޫންކަން ރައްޔަތުންނަށް ވަރަށް ރީތިކޮށް އެނގޭކަމަށެވެ. އާމިރު ވިދާޅުވީ މިހާރު ކައުންސިލް ހިންގާގޮތަށް ކައުންސިލް ބާރުވެރިކުރުވާށޭ ކިޔާފައި އެތަށްބައިވަރު މެމްބަރުންތަކެއް ލައިގެން މިކަން ކުރަން އުޅޭ އުސޫލަކުން މިކަންނުކުރެވޭނެކަން […]

ރާއްޖޭގެ އިގްތިސާދު އިތުރު ބާރުމިނެއްގައި ކުރިއަށްގެންދިއުމަށް ޗައިނާއިން އެހީވާނެ.

ރާއްޖޭގެ އިގްތިސާދު އިތުރު ބާރުމިނުގައި ކުރިއެރުވުމަށް ޗައިނާގެ ކުންފުނިތަކުން އަލުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަށް ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު، ޒަންގް ލީޒޯންގް ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިއްޔެ ކުރެއްވި ޒިޔާރަތުގައި ސަފީރު ޒީލޯންގް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސަފީރު މިއަދު ވިދާޅުވީ، އުނދަގޫ ވަގުތުގައިވެސް އެ ގައުމަށް ނިސްބަތްވާ ކުންފުނިތަކުންވެސް ރާއްޖޭގައި މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތްތައް ފެށުނީ ރާއްޖޭގެ ވެސް […]

ނެއްލައިދޫ ބަނދަރު މަޝްރޫޢު މަސައްކަތް ނިމުމަކާއި ކައިރިވެއްޖެ

އެމްޓީސީސީ އިން ހިންގަމުން ގެންދާ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %42 ނިންމާލެވިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. 47 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ހިންގިފައިވާ މިންވަރު ހާމަކުރަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން (އެމްޓީސީސީ) އިން ބުނީ ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %42 ނިމާލެވިފައިވާކަމުގައެވެ. ”މި މަޝްރޫޢުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ %5 ވަނީ ނިމިފައި“ 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވާ […]

ރާއްޖެއިން ގަތަރާއި އެކު އަލުން ގުޅުން ގާއިމް ކުރަނީ

މީގެ 3 އަހަރު ކުރިން ރާއްޖެއިން ވަނީގަތަރާއި އީރާނާއިއެކު ކުއްލިގޮތަކަށް ގުޅުން ކަނޑާލާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެއީ ސައޫދީގެ ފިއްތުންތަކާއިހެދި ޔާމީނުގެ ސަރުކާރުން ނިންމެވި ނިންމުމެކެވެ. އިއްޔެ އޮތް އަރަބި ސަމިޓްގައި ގަތަރާއިއެކު ގުޅުން ބަދަހިކޮށް ޑިޕޮލޮމެޓިކު ގުޅުން އަލުން އިއާދަކުރުމަށް ސައުދީން ނިންމުމާއި ގުޅިގެން ގަތަރާއި އެކު ދިވެހި ރާއްޖެއިން ކަނޑާލި ޑިޕްލޮމެޓިކް ގުޅުން އަލުން ބަދަހި ކުރުމަށް މިއަދު ނިންމައިފިއެވެ. މިކަން އެގޮތަށް ނިންމަވައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، […]

އަދާލަތު ޕާޓީގެ މަޝްވަރާމަޖިލީހުން ދުސްތޫރަށް ގެނައި ބަދަލުތައް ކޯޓަށް!

އަދާލަތު ޕާޓީގެ ދުސްތޫރަށް މިދިޔަ ހަފުތާގައި ގެނެވުނު ބަދަލުތަކާބެހޭގޮތުން އެޕާޓީގެ ގިނަ މެމްބަރުންގެ ކަންބޮޑުވުންތަކެއް އިލެކްޝަން ކަމީޝަނާރއަށް ލިބި ބަލަމުންދާކަމަށް އިލެކްޝަނުން ބުނެފިއެވެ. އީސީގެ ކަމިޝަނަރު ޝަރީފު ވިދާޅުވި ގޮތުގައި އެމެންބަރުންގެ ހިތްހަމަނުޖެހޭ މައިގަނޑު ޝަކުވާއަކީ ވަކި މީހަކަށް ބާރުތައް ލިބޭ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތް ޕާޓީގެ ތެރޭގައި ކުރިޔަށް ދިއުމެވެ. ޕާޓީގެ ކޮންގްރެސް މިއަންނަ ފެބްރުއަރީގައި ބާއްވާނެކަމަށް ނިންމާފައި ކުއްލިގޮތަކަށް ކޮންގްރެސްގެ ކުރިން ޕާޓީގެ ލީޑަރޝިޕްގެ ބާރު އޮތް މަޝްވަރާމަޖިލީހަކުން […]

އާފިޔާ 20 އަހަރަށް ޖަލަށް

އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް ވ. ރަކީދޫ، މަރާލުމުގެ ކުށް ސާބިތުވެ އެ ކުއްޖާގެ މަންމަ އާފިޔާ މުޙައްމަދު މަނިކު ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ. ޙުކުމަކީ 20 އަހަރުދުވަހުގެ ޖަލުޙުކުމެކެވެ. އިބްތިހާލް މަރާލާފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅު ނޭވާ ހާސްކޮށްލައިގެންނެވެ. ތަކުރާރުކޮށް އިބްތިހާލަށް އަނިޔާ ކޮށްފައިވާނެ ކަމަށްވެސް އާފިޔާވަނީ ތަޙުގީގުތަކުގައި އެއްބަސްވެފައެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ގަސްތުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާއިރު، […]

އެޗްޕީއޭގެ އެންގުމާ ޚިލާފުވާނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރާނެ

ހެލްތް ޕޮރޮޓެކްޝަން އެޖެންސީ ގެ ކޮވިޑް19 ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގެވުންތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު މިއަދު ޢާންމުކޮށްފިއެވެ. އެޗްޕީއޭ އިން އިން ބުނީ، މި އުސޫލަށް ކިޔާނީ ”އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު“ ކަމަށެވެ. މި އުސޫލުގެ މަޤްސަދަކީ އާންމު […]