ދައުރުގެ ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން މަޖިލިސް މެމްބަރު އާމިރު ވިދާޅުވީ ކައްނުސިލް އިންތިޚާބު ވެފައި މިވަނީ ބޮޑު ޖޯކަކަށް ކަމަށެވެ. އާމިރު ވިދާޅުވީ މިގާނޫނަށް ކިތަންމެވަރަކަށްވެސް އިސްލާޙު ގެނެވިދާނޭކަމަށާއި އެހެންނަމަވެސް މިއީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކޮންމެހެން ކުރަންޖެހޭކަމެއްކަން ނުވަތަ ނޫންކަން ރައްޔަތުންނަށް ވަރަށް ރީތިކޮށް އެނގޭކަމަށެވެ.
އާމިރު ވިދާޅުވީ މިހާރު ކައުންސިލް ހިންގާގޮތަށް ކައުންސިލް ބާރުވެރިކުރުވާށޭ ކިޔާފައި އެތަށްބައިވަރު މެމްބަރުންތަކެއް ލައިގެން މިކަން ކުރަން އުޅޭ އުސޫލަކުން މިކަންނުކުރެވޭނެކަން މާދަމާ އިނގިގެން ދާނެކަމަށެވެ. މި މަޖިލީހުގައި އަޅުގަނޑު ނުހުރެދާނެ އަޅުގަނޑަށް 100% ޔަގީންކަމާއި އެކު މިހެން ދަންނަވަންކެރޭ“ އާމިރު ވިދާޅުވިއެވެ.
ރަށުގެ މުޅި ރައްޔިތުން އެކައުންސިލްގައި އުޅޭގޮތަށް އެކައުންސިލްގެ މަސައްކަތްތަކެއް ބިނާކުރެނެވި ގޮތަކަށް ކުރެވޭނެގޮތެއް އެއީ ލާހިކު ކުޅާދާނަގޮތެއް ނޫނެވެ. އަދިވެސް އަޅުގަނޑު ދަންނަވާނީ އިޚުލާސްތެރި ނިޔަތެއް ސަރުކާރާއި މަޖިލިސްގެ މެޖޯރިޓީގައި އޮތްނަމަ ކައުންސިލްގެ ޢަދަދު މަދުކޮށްފައި ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އަކީ ފުލްޓައިމް މަސައްކަތްކުރާ ވެރީންގެ ގޮތުގައި ތިބެފަ ދެންތިބޭ މެމްބަރުންނަކީ ސިޓިންގްއަކަށް ޕޭކުރާގޮތަށް މިނިޒާމް ބަށްޓަންކޮށްގެން ނޫނީ ބިނާކުރެނިވި ގޮތަކަށް މީގެ ނަތީޖާ ނެރޭކަށް ލާހިކު ކުޅަދާނައެއް ނޫންކަމަށެވެ. އެކަމަކު އެވިސްނުމެއް ނެތްކަމަށެވެ.
އަޅުގަނޑުމެން ސިޔާސީ ގޮތުން ބަޔަކަށް ވަޒީފާތަކެއްދޭންޖެހޭ. އެހެޔޮ ބަޖެޓަށް ކިތަންމެ ބާރުބޮޑުވިޔަސް. މިކަހަލަ ވާހަކަ ދައްކަންވެސް މިތިބަ ގިނަ ސިޔާސީ މީހުން ތަންކޮޅެއް ބިރުގަންނަކަމުގައި އާމިރު ވިދާޅުވެ ކައުންސިލް އިންތިޚާބޭ ކިޔައިގެން ޖައްސައިގެން އުޅޭ ޑުރާމާއަށް ވަރަށް ފާޑުވިދާޅުވިއެވެ.
އެހެންކަމުން މިހާރު ފެންނަމުންދާ ކަންކަމަށް ބަލާއިރު ދައުލަތެއްގެ ގޮތުގައި ރައްޔަތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ނުކުރާކަން ހުރިހާ ރައްޔިތުންނަށްވެސް ވަރަށްސާފުކޮށް އެނގޭކަމަށް އޭނާވިދާޅުވިއެވެ. ރައްޔިތުންގެ މެދުގައި ޢަދުލް އިންސާފު ގައިމުކުރެވިފައިވަނީ ކިހާމިންވަރަށްކަން ބެލެންޖެހޭކަން ފާހަގަކުރައްވައި އާމިރު އިތުރަށް މަޖިލިސްގެ ތަޅުމުގައި ވިދާޅުވީ ތިން ދައުރު މަޖިލީހުގައި މަސައްކަތްކުރަން ލިބުނުއިރު ލާމަރުކަޒީ ގާނޫނަށް އެކަންތަށް ދުވަހަކުވެސް އައިސްފާ ނުވާކަމަށެވެ.