ނ.މާފަރުގައި ހެދިފައިވާ ކޮވިޑްޓެސްޓް ލެބޯޓްރީ އާއި ބެހޭގޮތުން އެއީ ފޭކްނިއުސް- އޭޑީކޭ

ނ.މާފަރުގައި ގާއިމުކޮށްފައިވ ކޮވިޑް19 ލެބޯޓްރީގައި ހެދިފައިވާ ޓެސްޓްތަކާ ގުޅޭގޮތުން، މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ފޭކްނިއުސް ކަމުގައި އޭޑީކޭ އިން ބުނެފިއެވެ. އޭޑީކޭގެ ސީނިއަރ މެނޭޖްމަންޓުން ބުނީ އެވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. މާފަރުގައި ޕީސީއާރ ޓެސްޓް ލެބޯޓްރީއެއް ގާއިމުކޮށްފައިވަނީ ހިލްސައިޑު ވިލާ ޕލ އާއި އޭޑީކޭ ހޮސްޕިޓަލާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން 6 މަސް ދުވަހުގެ މުއްދަތަށް ލެބޯޓްރީ ހިންގުމުގައި އެހޮސްޕިޓަލުން އެނހީތެރިވެ ދިނުމަށް ކަމުގައެވެ. އެގޮތުގެ މަތީން 6 މަސްދުވަސް ހަމަވުމުން އޭޑީކޭ ހޮސްޕިޓަލުން […]

ވަން ޢަޒީޒާއަށް ބޮޑުވަޒީރު ކަން ދެއްވުމަކީ މެލޭޝިޔާގެ ރަސްގެފާނު ގެ ނިންމެވުމެއް.

މެލޭޝިޔާ ގެ ކުރީގެ އެޓާނީ ޖެނެރަލް ޓޭން ސްރީ ޓޮމީ ތޯމަސް ބުނެފައިވާ ގޮތުގައި، ވަން ޢަޒީޒާއަށް ބޮޑުވަޒީރު ކަން ޙަވާލު ކުރެއްވުމަކީ މެލޭޝިޔާގެ ރަސްގެފާނު ގެ ނިންމެވުމެކެވެ. ސިން ޗިއު ޑެއިލީ ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ބޮޑުވަޒީރު ކަމަށް، ޑރ. މަހާތީރު އޭނާގެ އަމިއްލަ ނަން ހުށަހަޅައިފައިވާ ކަމަށް ތޯމަސް ބުނެފައިވެއެވެ. ތޯމަސް ބުނެފައިވާ ގޮތުގައި ޑރ.މަަހާތީރު އެ ސަރުކާރުގެ އެންމެ އިސް މަޤާމެއްގައި ހުންނަވައި މިހާރު ވަކިވެފައިވާތީ، އެދާއިރާ އިން ދުރުވާން ޖެހޭކަމަށެވެ. […]

ސައުދީ އަރަބިއްޔާ އާއި އިޒްރޭލު ސުލްހަ ވުމަށް ސައުދީގެ ސްކޫލް ފޮތްތަކުގައިވާ މަޢުލޫމާތު ތައް އިޒްރޭލުގެ ވިސްނުމާ އެއްގޮތް ކުރަނީބާ؟

ސައުދީ އަރަބިއްޔާގެ ސްކޫލް ފޮތްތަކުގައިވާ މަޢުލޫމާތު ތައް އިޒްރޭލުގެ ވިސްނުމާ އެއްގޮތަށް ބަދަލުކުރުމަށް މަސައްކަތް ފެށުމަކީ ސައުދީ އަރަބިއްޔާ އާއި އިޒްރޭލު ސުލްހަ ވުމަށް އެޅޭ ފުރަތަމަ ފިޔަވަޅުބާ އެވެ؟ މިގޮތުން، ޔަހޫދީންނާ ދެކޮޅަށް ލިޔެވިފައިހުރި ލިޔުންތަކަށް ބަދަލު ގެނެސް ފައިވެއެވެ. މީގެއިތުރުން، އަންހެނުންގެ މައްޗަށް ހެދިފައިވާ ބައެއް ޤަވާއިދު ތައް އިސްލާހުކޮށް އެކަންތައްތަކަށް ވެސް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ގެ ދަރިކަލުން ވަނީ ބަދަލު ގެންނަވައިފައެވެ. ވަސާބީ ދަ ކެޓް ގެ ޓްވީޓެއްގައި ބުނެފައިވާ ގޮތުން، […]

ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހަކީ ”ޤައުމީ ޙިޖާބު ދުވަސް“ ކަމުގައި ފިލިޕީންސް ގެ ވެރިރަށް ކަމުގައިވާ މެނީލާ އިން ފާސްކޮށްފި.

މެނީލާ: ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހަކީ ”ޤައުމީ ޙިޖާބު ދުވަސް“ ކަމުގައި ކަނޑައަޅައި، ފިލިޕީންސް ގެ މަޖިލީހުން ބިލެއް ފާސްކޮށްފި އެވެ. ކޮންމެ އަހަރެއްގެ ފެބުރުއަރީ 1 ވަނަ ދުވަހަކީ ޤައުމީ ޙިޖާބު ދުވަސް ކަމަށް ނިންމެވި މަޤްޞަދަކީ މުސްލިމުންގެ އުޅުމަށް އިޙްތިރާމް ކޮށް، އެދީނަށް އުޅުމަށް ހުއްދަ ދިނުމުގެ ގޮތުންނެވެ. މިގޮތަށް ޤާނޫނު ފާސް ކޮށްފައި ވަނީ މި ޖަނަވަރީ މަހުގެ 26 ވީ އަންގާރަދުވަހު، ޖުމްލަ 203 ވޯޓާއެކު އެވެ. އަނަކް މިންޑަނާއޯ ޕާރޓީގެ […]

މިޔަންމާ އަށް އަސްކަރީ އިންގިލާބެއް އައުމުގެ ސަބަބުން އަންގ ސަން ސޫ ކްޔި އާއި އެ ޕާރޓީގެ މެމްބަރުން ހައްޔަރުކޮށްފި.

މިޔަންމާ ގެ ބާރުގަދަ އަސްކަރީ ލަޝްކަރު ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އަންގ ސަން ސޫ ކްޔި އާއި ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުން ހައްޔަރުކޮށްފައެވެ. މިޔަވެޑީ ޓީވީ އިން މިޔަންމާ ގެ އަސްކަރިއްޔާ އިން ވިދާޅުވާ ގޮތުގައި އެބޭފުޅުން ހައްޔަރުކޮށްފައި ވަނީ އިންތިޚާބުގަައި މަކަރު ހެދި ކަމަށް ތުހުމަތު ކުރެވި، ކުއްލި ހާލަތަކަށް ގެނެސްގެން ކަމަށެވެ. ނޯބެލް ލޯރިއެޓްގެ އިނާމު ޙާޞިލު ކޮށްފައިވާ ސޫ ކްޔި އަކީ މިޔަންމާ ގައި ޑިމޮކްރަސީ އަށް މަޝްހޫރު ބޭފުޅެކެވެ. […]

މުދާ އުފުލުމަށް ދަތިތަކެއް: 1600ޕައުންޑްގެ ކޮންޓެއިނާ އަކަށް 10,000ޕައުންޑް ދައްކަންޖެހޭ.

މިދިޔަ ނޮވެމްބަރު މަހުގައި، ކޮންމެ ކޮންޓެއިނާ އަކަށް 1600 ޕައުންޑް ދައްކަމުން ދަނިކޮށް، މިމަހުގައި 10 ހާސް ޕައުންޑް އަށް ޝިޕިންގ ގެ އަގު މަތިކޮށްފައިވާ ކަމަށް ހެލެން ވައިޓް ބުނެފިއެވެ. ޗައިނާ އިން ޔޫކޭ އަށްލައިޓް އެތެރެކުރާ ކުންފުންޏެއް ކަމަށްވާ، ހައުސްއޮފް.ކޮމް އުފެއްދި މީހާ، ހެލެން ވައިޓް ބުނެފައިވާ ގޮތުގައި މުދާ އުފުލާ އުޅަނދުފަހަރުން މިހާރު ނަގަމުންދާ އަގު މަތިކޮށްފައިވެއެވެ. މިހެން ދިމާވުމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ވަނީ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އޭޝިޔާ ސަރަޙައްދުގައި […]

ޑރ. ވަން ޢަޒީޒާ އަށް ބޮޑު ވަޒީރު ކަން ދޭން ރަސްގެފާނު ބޭނުންފުޅު ވި ނަމަވެސް، ޑރ.އެމް އަމިއްލަ އަށް މަޤާމަށް ކުރިމަތި ލެއްވި- ކުރީގެ އޭ.ޖީ

ޔޭންގް ޑީ ޕާރޓަން އެގޯންގް ، ޑރ. ވަން ޢަޒީޒާއަށް ބޮޑުވަޒީރު ކަން ދޭން ބޭނުންވީ ކަމަށް ޓޮމީ ތޯމަސް ބުނެފިއެވެ. ޑރ. ވަން ޢަޒީޒަށް އިންޓަރިމް ޕްރައިމް މިނިސްޓަރ ކަން ދިނުމަށް ހަމަޖެހުނީ އެމަޤާމުގައި ހުރި ޑރ. މަހާތީރު އަޙްމަދު އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމަޤާމުން ޑރ.މަހާތީރު އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ކުރީގެ އެޓާނީ ޖެނެރަލް މަހާތީރު ވަނީ އޭނާގެ އަމިއްލަ ނަން، އިންޓަރިމް ޕްރައިމް މިނިސްޓަރެއްގެ ގޮތުގައި […]

އިންޑިޔާގެ ކޮވިޑް 19 ވެކްސިން ޕްރޮގްރާމް ގޯހުން ގޯހަށް ގޮސް، މީހުން ބިރުވެރި ކަމެއްގެ ތެރެއަށް.

އިންޑިޔާގެ ކޮވިޑް 19 ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ނުގެންދެވި، މަޑުޖެހިއްޖެ އެވެ. މިގޮތުން، އިންޑިޔާގެ ވަޓްސްއަޕް ބޭނުން ކުރަމުންދާ މީހުން ބުނާ ގޮތުގައި، އެވެކްސިން ޖެހުމުން، ބަލިމީހުންނަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި މިވެކްސިން ޖެހި މީހުންތަކުގެ ތެރެއިން ތިން މީހުން ވަނީ މަރުވެފައެވެ. މިހެންވުމުން، އާންމުންަގެ ތެރެއިން މީހުން ވެކްސިން ޖެހުމަށް އިންކާރު ކުރަމުން އެބަގެންދެއެވެ. މިހާރު އިންޑިޔާގައި ބޭނުން ކުރަމުން ގެންދަނީ ދެވައްތަރެއްގެ ވެކްސިން އެކެވެ. ފުރަތަމަ ވައްތަރަކީ […]

ފެބުރުއަރީ މަހުގެ ފަހުން މެލޭޝިޔާ އަނެއްކާވެސް އިތުރު ލޮކްޑައުން އަކަށް.

ފެބުރުއަރީ މަހުގެ ފަހުން އަނެއްކާވެސް މެލޭޝިޔާ ލޮކްޑައުން ކުރުމަށް ވާހަކަތައް ދެކެވެމުން އެބަ ދެއެވެ. މެލޭޝިޔާ ގެ ނޫހެއް ކަމަށްވާ މެލޭ ލެއިލް ނޫހުގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މެލޭޝިޔާ ސަރުކާރުން ވަނީ އެޤައުމު އަލުން ލޮކްޑައުން ކުރުމަށް މަޝްވަރާ ކުރައްވާ، އެކަމަށް އެއްބަސްވެލައްވާފައެވެ.  މިގޮތުން، ކޮވިޑް 19 ގެ ކޭސްތައް އިތުރުވުން ކޮންޓްރޯލް ކުރުމަށް، ކުރިއަށް އޮތް ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާ އަށް ފަހު ޤައުމު ލޮކްޑައުން ކުރުމަށް ނިންމަވާފައިވެއެވެ.

އަދާލަތު ޕާޓީގެ އިންތިޚާބުން މޮޅުވީ އިމްރާން

ކުރިއަށް އޮތް 5 އަހަރަށް އަދާލަތު ޕާޓީގެ ރައީސްއެއް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ އެޕާޓީގެ މިހާރުގެވެސް ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚު އިމްރާން އަބްދުﷲ އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ރައީސްއަކާއި އެމަނިކުފާނުގެ ނައިބެއް ހޮވުމަށް އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބުގައި އަދާލަތު ޕާތީގެ ރައީސް ކަމަށް ވާދަކުރެއްވީ ޝެއިޚު އިމްރާން އާއި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. މި އިންތިޚާބުގައި […]