ވިދާޅުވީ ކޮމިޓީއަށް ހާޒިރުކުރީ ޒާތީ ކަމެއްގައިކަމަށް- ނާޒިމް

ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވީ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް މިއަދު ހާޒިރު ކުރިކުރުމަކީ އެމްޑީޕީ އެޖެންޑާ19 ގެ ޒާތީ ޢަމަލެއްކަމުގައެވެ. މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މަޖިލީހުގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން އިމްތިޔާޒް ކޮމިޓީއަށް ހާޒިރު ކޮށް ސުވާލުކުރުމުގައި މަލީހުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ނާޒިމް އެކަނިކަމުގައި ފާހަގަކުރެވެއެވެ. އެގޮތުން ނާޒިމް ވަނީ މަލީޙު މަޖިލީހަށް […]

ދިވެހިންގެ ދިރިއުޅުމާއި ކަނޑުދަތުރު

ކަނޑު ދަތުރުކުރުމަކީ ދިވެހިންނަށް އަދި ކީއްކުރަން ހެއްޔެވެ ! ދުނިޔޭގެ އެއްވެސް ގައުމަކަށް އެއްވެސް މުޖުތަމާއަކަށް އެއާ ނުލައި ދިރިއުޅުން އާރާސްތު ނުކުރެނޭ ކަމެކެވެ. ކަނޑުގެ އައްސޭރިފަށުގައި ހިމެނޭ ގައުމުތަކެކޭ ކަނޑުގެ އައްސޭރިއަށް ވާސިލުވެވޭނެ އެއްވެސް މަގެއް ނެތް ގައުމެކޭ ތަފާތެއް ނެތެވެ. ކަނޑުދަތުރުކުރުމުގެ ބޭނުން ނުކޮށް ދިރިއުޅުން އާބާދު ނުކުރެވޭނެއެވެ. ދުނިޔޭގެ ބައެއް ގައުމުތަކަކީ ހަމައެކަނި ބިމުން އެކުލެވިފައިވާ ގައުމުތަކެވެ. އަދި ބައެއް ގައުމުތަކަކީ ކަނޑާއި ބިން އެކުލެވިފައިވާ ގައުމުތަކެވެ. ބައެއް ގައުމުތަކުގައި ކަނޑުގެ އައްސޭރިފަށް […]

ޕީޕީއެމް އޮފީސް ބަންދުކޮށް އިދިކޮޅު ލީޑަރުން ހައްޔަރުކޮށްގެން މައްސަލަތައް ޙައްލެއް ނުވާނެ: ރައީސް ވަޙީދު

އިދިކޮޅު ސިޔާސީ ޕާޓީގެ އޮފީސް އާއި އެލީޑަޝިޕް ބަންދު ކޮށްގެން މިސަރުކާރުތެރޭ ހުރި މައްސަލަތައް ޙައްލު ނުވާނެކަމަށް އިދިކޮޅު ކޯލިޝަންގެ މުސްތަޝާރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ވިދާޅުވެއްޖެ އެވެ. ރައީސް ވަޙީދު ކުރެއްވި ޓުވިޓްގައި ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ މުޒާހަރާގައި އެކޯލިޝަންގެ އިސް ލީޑަރުން ހައްޔަރު ކުރުމުންގެންދާ ގެންދިއުމާއި ގުޅިގެނެވެ. މުޒާހަރާ ނުފެށެނީސް އެސްއޯ ފުލުހުން ވަނީ ޕީޕީއެމް އޮފީސް ބަންދުކޮށް އޮފީސްކުރިމަތީ ފާރެއްހެން އެތުރި އެތަނުން އެއްވެސް މީހަކަށް ވަދެނިކުމެ ނޫޅެވޭގޮތަށް […]

ހަސަދަ ބާލަންވެސް ހާމިދު ނުވާނެ ޕޮލިސް ބޯޑަށް ލާކަށް- ޝުއެއިބު

އެމްޑީޕީ އުފަންކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ފުރަހަނި ޝުއެއިބު ވިދާޅުވީ ހަސަދައެއް ބާލަންނަމަވެސް އޭނާގެ އަޚު ޙާމިދު ޢަބުދުލް ޣަފޫރު ޕޮލިހުންގެ ބޮޑަށް ލާން ހެޔޮނުވާނެކަމަށެވެ. އޭނާއަށްވުރެ މާ މޮޅަށް ކިޔަވައިގެންތިބި އަޚުލާގީ ފެންވަރާއި ޙިކުމަތްތެރީން ތިބިއިރު އަދި ޕާޓީލައިނުން ބެލިކަމުގައިވިޔަސް އެފަދަ ގާބިލު މީހުން އެމްޑީޕީގައި އެބަތިއްބެވިކަމަށެވެ. ޝުއެއިބު ވިދާޅުވީ ޕާޓީގެ ރައީސް ނަޝީދަށް ވަރަށް އިޚުލާސްތެރިކަމާއިއެކު، ހަސަދަ ބާލަންނަމަވެސް އެގޮތަށް ޕޮލިސްމުއައްސަސާއަށް ޙާމިދު ނުލެއްވުމަށެވެ. ސަބަބަކީ ޙާމިދުގެ މައްޗަސް ތުޙުމަތުކުރެވޭ ވަރަށްބޮޑު މައްސަލައެއް […]

އިތުރު 100،000 ޑޯޒުގެ ކޮވިޑް ވެކްސިން މި ހަފުތާގައި ލިބޭނެ: ޑރ. ޝާޙު

އިތުރު އޮކްސްފޯޑް އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން މިހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ޑރ. ޝާހު މާހިރު ސްޓޭޓް މިނިސްޓަރ ފޯރ ހެލްތް ވިދާޅުވީ މިހާރު ޖަހަމުން އަންނަ އޮކްސްފޯޑް އެސްޓްރާޒެނެކާ ކޮވިޑް ޝީލްޑް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒު މިމަހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. “ ލަފާކުރެވުނު މިންވަރަށް ވުރެ މާގިނައިން މިހާރު ކޮންމެ ދުވަހަކު ވެކްސިން ޖަހަމުން އެބަދޭ. އެވްރެޖްކޮށް މިހާރު ދުވާލަކު ފަސްހާހަށްވުރެ މީހުންނަށް ވެކްސިން ޖަހަމުން އެބަދޭ،“ […]

އިންތިޚާބުގެ ސަބަބުން ފަލަސްތީނަށް ބަދަލެއް …؟

ފަލަސްތީނުގެ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ހަމާސް އާއި ފަތަހުން ވަނީ އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ދެކޭގޮތުގައި އޮސްލޯ އެއްބަސްވުމާ ގުޅުވައިގެން ބާއްވާ އިންތިޚާބުގައި ބައިވެރިވިޔަސް އެދެވޭ ނަތީޖާއެއް ނުފެނި ހިނގައިދާނެއެވެ. ޕެލަސްޓީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ) ގެ އެންމެ އިސް ދެ ޕާޓީކަމަށްވާ، ހަމާސް އާއި ފަތަހުން ވަނީ އިންތިޚާބާ ގުޅޭ ސުލްހައިގެ އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކޮށްފައެވެ. އެއީ 15 އަހަރަށް ފަހު، އައު އިންތިޚާބެއް ބޭއްވުމަށް ދެ […]

ދެވަނަ ފަހަރަށް ޓްރަމްޕް، ރައީސް ކަމަށް ހޮވިވަޑައިގަތަސް ޓްވިޓާ ބޭނުންކުރެއްވުމުގެ ހުއްދައެއް ނުލިބޭނެ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް ރައީސް ކަމަށް ހޮވިވަޑައިގަތަސް، އަލުން ޓްވިޓަ ބޭނުން ކުރެއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި އަދި ޕަބްލިކް އޮފީސް ހިންގެވުމަށް ކަމުގައި ވިޔަސް ބޭނުން ނުކުރެއްވޭނެ ކަމަށް، ޓްވިޓާގެ ޗީފް ފައިނޭންސް އޮފިސަރ ބުނެފިއެވެ. އޭނާ މިގޮތަށް ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ގައެވެ. ސީ.އެން.ބީ.ސީ ނެޓްވޯކަށް ދިން ބަސްދީގަތުމެއްގައި ނެޑް ސެގަލް ބުނީ ޓްރަމްޕާމެދު ފިޔަވަޅު އެޅީ، ޓްރަމްޕަކީ ކިތަންމެ މަތީ މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅަކަށް […]

ކޮރޯނާ ވައިރަސް ފެތުރިފައި ވަނީ ޗައިނާގެ ލެބޯޓްރީ އަކުން ނޫން:ޑަބްލިޔޫއެޗްއޯ

ކޮރޯނާ ވައިރަސް ފެތުރިފައިވަނީ ޗައިނާގެ ލެބޯޓްރީ އަކުން ލީކް ވެގެނެއް ނޫން ކަމުގައި ޑަބްލިޔޫ.އެޗް.އޯ ގެ އެކްސްޕާޓެއް ބުނެފިއެވެ. މިގޮތުން، މިވައިރަސް މީހުންގެ ތެރެއަށް ފެތުރިގެން ދިޔައީ ކޮންމެވެސް އެހެން އެއްޗެއްގެ ޒަރީޢާއިން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. ޑަބްލިޔޫއެޗްއޯ ފުޑް ސޭފްޓީ އަދި އެނިމަލް ޑިޒީސް އެކްސްޕާޓް ޕީޓަރ ބެން އެމްބަރެކް ޗައިނާގައި ހެދި ދިރާސާގެ ޚުލާޞާ ރިޕޯޓް ގައިވާ ގޮތުން، ޑަބްލިޔޫއެޗްއޯ ގެ އިންވެސްޓިގޭޝަން ޓީމުން ވަނީ މިވައިރަސް ފެތުރުނު އަސްލު ހިސާބަކީ […]

އިރާން އާއި އެމެރިކާ ގެ ދެމެދުގައި ހިނގާފައިވާ ހަމަނުޖެހުމަށް ހައްލެއް ހޯދުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އަޑު އެހުމެއް ބާއްވައިފި.

ޔޫ.އެން ގެ އެންމެ އިސް ކޯޓުން، އިރާން އާއި އެމެރިކާ ގެ ދެމެދުގައި ހިނގާ ފައިވާ ހަމަނުޖެހުމަށް ހައްލެއް ހޯދުމަށް އަޑު އެހުމެއް ބާއްވަން ހަމަޖައްސައިފި އެވެ. 16 ފަނޑިޔާރުން ހިމެނޭ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މި އަޑު އެހުން ބާއްވައިފައި ވަނީ މި ބުދަ ދުވަހު ގައެވެ. މިގޮތުން މިމައްސަލައިގައި މިކޯޓަށް އެންމެ ފުރަތަަމަ ހުށަހަޅާފައި ވަނީ، 2018 ވަނަ އަހަރުގައި އިރާނުްގެ ވެރިރަށް ކަމުގައިވާ ޓެހްރަން އިން، އެމެރިކާ ގެ ވޮޝިންޓަން […]

ކެނެޑާ ސަރުކާރުން ’ޕްރައުޑް ބޯއީސް‘ ގެ ނަމުގައި ޓެރަރިސްޓް ޖަމާއަތެއް އުފައްދައިފި.

ކެނެޑާ ސަރުކާރުން ’ޕްރައުޑް ބޯއީސް’ގެ ނަމުގައި ޓެރަރިސްޓް ޖަމާއަތެއް އުފައްދައިފި އެވެ. މި ޖަމާޢަތް އުފައްދާފައިވަނީ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ގައި އެމެރިކާ ގައި ބަޔަކު ހިންގި ހަމަނުޖެހުންތަކަކަށް ފަހުގައެވެ. ’ޕްރައުޑް ބޯއީސް‘ އަކީ މިފަދަ 13 ޖަމާޢަތް ތަކުގެ ތެރެއިން ޕަބްލިކް ސޭފްޓީ މިނިސްޓަރު ބިލް ބްލެއާ އުފެއްދި އެއް ޖަމާޢަތެވެ. މި ޖަމާޢަތް އުފެއްދުމުގައި ގުޅުވައިފައިވަނީ އެކްސްޓްރިމިޒަމް އާ އެވެ. މި ޖަމާޢަތަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ބައެއް ކަމުގައި […]