ވިދާޅުވީ ކޮމިޓީއަށް ހާޒިރުކުރީ ޒާތީ ކަމެއްގައިކަމަށް- ނާޒިމް

Loading

Facebook
Twitter
WhatsApp

ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވީ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް މިއަދު ހާޒިރު ކުރިކުރުމަކީ އެމްޑީޕީ އެޖެންޑާ19 ގެ ޒާތީ ޢަމަލެއްކަމުގައެވެ.

މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މަޖިލީހުގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން އިމްތިޔާޒް ކޮމިޓީއަށް ހާޒިރު ކޮށް ސުވާލުކުރުމުގައި މަލީހުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ނާޒިމް އެކަނިކަމުގައި ފާހަގަކުރެވެއެވެ.

އެގޮތުން ނާޒިމް ވަނީ މަލީޙު މަޖިލީހަށް ޖަވާބުދާރީވުމުގެ ގޮތުން ދެއްކެވި ވާހަކަތަކަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނޭ ކަމާއި އެޢަމަލަކީ ޒާތީކަމެއްކަމަށެވެ.

”ޚާއްސަކޮށް މިކަން ކުރެއްވުުމުގައި މަޖިލިސް ރައީސް އިސްނަންގަވައިގެން ވަކިބޭފުޅަކަށް އަމާޒުކޮށްގެން މިކަން ކުރައްވާކަން ފާހަގަކުރަން.“

ނާޒިމް ވިދާޅުވީ މިނިސްޓަރުން ދައްކާ ވާހަކައަށް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާނަމަ މިނިސްޓަރުން ބޭނުންވާ ވާހަކައެއް މަޖިލީހަށް ހާޒިރުވެ ނުދެއްކޭނެކަމަށެވެ. އަދި އެކަމަކީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގައި ގަބޫލުކުރެވޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މަލީޙު އިމްތިޔާޒް ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާދިނީ މަޖިލީހުން ބިރުދައްކައިގެން ކަމަށް ބުނެފައިވާތީއެވެ. މަލީޙުގެ އެ ވާހަކަފުޅުތައް ބެލުމަށް އިމްތިޔާޒް ކޮމިޓީއަށް އެންގެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަޝިދަކީ ވަރަށް ޒާތީކޮށް މަލީޙު އަށް މަޖިލީސްއަށް ޖަވާބުދާރީވެ ވަޑައިގެންދުވަހުވެސް ބަހުގެ ޙަމަލާދެއްވައިފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާއަކީ އެމްޑީޕީގެ ރައިސްވެސް މެއެވެ.

ރައީސް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރެއްގެ އިތުބާރުނެތްކަމުގައިވާނަމަ ފުރަތަމަ އެމަނިކުފާނަށް ހުށަހެޅުމަށެވެ. ނަމަވެސް މަޖިލީހަށްގެންގޮސް މިނިސްޓަރުން ގްރިލްކޮށްލާއިރު އަދި މަޖިލީހުގައި ވަމުންދާގޮތް ދުވަހުންދުވަހަށް ރައިސް ސޯލިޙްއަށް އެނގިވަޑައި ނުގަންނަވާނެކަމަށް ގަބޫލުކުރާމީހަކާ ދިމައެއްނުވޭމެއެވެ.

 

Loading

2 Responses

  1. އަސްލު ވަރަސް ދެރަވަރު. މަ ހީކުރީ ސިދާތާ ވަކިވީމާ ކުޑަކުދިނަށް ފުރަށްސާރަކުރުން ނިމުމަކަށް އަންނާނޭ ކަމަށެވެ. ބަލަ ދި އެޖެންޑާ19 އިން ނުނިދިގެން ސިދާތާ ގޭދޮށަށްގޮސް މުޒާހަރާ ޖައްސާ ސީދާ ސިދާތާއަށް ދިރިއުޅުމަށްވެސް ދަތިކުރި. އަދި އޭގެ އިތުރުން މެމްބަރުންގެ ފޮށުންތަކުގެ ރެކޯޑިންވެސް އެހޫރީނޫންތޯ؟ ރައީސް ނަޝިދަށް ކަމަކު ނުދާނެ ކޮންމެވެސް ގަޑުބަޑެއްގެ ތެރޭގައި ހޫނުގަނޑެއް ކުރިއޭޓުކޮށްގެން ތެޅި ނުފޮޅެވެންޏަކާ. އެއީ އާނާ!

  2. އެގަންޖާ 19 ރަށްވެހި ނަޖިސް ބައިގަނޑު މެޖޯރެޓީ އޮތީމާ ރަށްޔިތު މީހާއަށް ބިރުދެއްކުމާއި ޒާތީގޮގުން ޖަށްސާލުމަކީ ލާދީނީ އެމްޑިޕީ ބައިގަނޑުގެ ފަލްސަފާއެއް ވަރަށްސާފް އިނގޭތޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް