ސީމޭނުންގެ ދުވަހުގެ މަރުޙަބާ!

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 25 ވަނަދުވަހަކީ ބައިނަލް އަގްވާމީގޮތުން ފާހަގަކުރާ ސީމޭނުންގެ ދުވަހެވެ. މި ދުވަހުގެ ތަހްނިޔާ ދިވެހިރާއްޖޭގެ ހުރިހާ ސީމޭނުންނަށް ސަންދާނުގެ ނަމުގައި އަރިސްކުރަމެވެ. ސަންދާނުގެ ލިއުންތެރިންނަކީ އަބަދުވެސް ސީމޭނުންނާ ވަރަށް ގުޅުންބޮޑު ބައެކެވެ. ސަންދާނު އަހަންމައިދީ ނަޒާކީ ޒަކީ އަދި އަލީ އަޙްމަދު ފަދަ ސަންދާނުގެ ލިއުންތެރިން ހިމެނެނީ ދިވެހި ފަޚްރުވެރި ސީމޭނުންގެތެރޭގައެވެެ. އެބޭފުޅުންގެ ދިރިއުޅުން ފެއްޓެވީ ކަނޑުމަތީގައޭ ބުނުމަކީ ހަގީގަތެވެ. ރާއްޖޭގެ ބޯޓުފަހަރު ދުއްވުމާއި ސީމޭނުންގެ ވަޒީފާތަކުގެ ތަރި މެދު އުޑުގައި ފިޔަޖަހަމުން […]

އަލަށް އަޅާ ފްލެޓް ސަރަހައްދު ކަނޑައަޅަން ވާނީ ރައްޔިތުންގެ ޚިޔާލު ލިބިގެން – މޭޔަރ މުޢިއްޒު

ކުރީ ސަރުކާރުގެ ހައުސިން މިންސްޓަރު މިހާރު މާލޭ މޭޔަރުކަމަށް ހޮވިފައިވާ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވަނީ ސަރުކާރުން މާލޭގެ ދެ ސަރަހައްދެއްގައި އިމާރަތްކުރުމަށް ނިންމާފައިވާ 14 ބުރީގެ ފްލެޓް އަޅަން މިހާރު ކަނޑައަޅާފައިވާ ސަރަހައްދުތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދާފައި ނެތުމުން މާލޭގެ އިންތިޚާބީ މޭޔަރު، ގެ ޙައިސިއްޔަތުން ކަންބޮޑުވުންތަކެއް ހުރިކަމުގައެވެ. މިފަދަ ބޮޑެތި ނިންމުންތައް ނިންމަންޖެހޭނީ ރައްޔަތުންނާއި ގާތުން ޚިޔާލުބަދަލުކުރެވި ރައްޔަތުން އެދޭ އެންމެ ރަނގަޅުގޮތަކަށް ކަމަށެވެ. އަޅުގަނޑަށް ފެނިގެން ދިޔަ މިސަރުކާރު ފެށުނުއިރު […]

އިންޑިއާއިން ގެސްޓްހައުސް ތަކަށް އައުން މަނާކޮށްފި:

އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން، ނަމަވެސް ކަރަންޓީނު ވުމުގެ ގޮތުން ރާއްޖޭގެ ގެސްޓުހައުސް ތަކުގައި މަޑުކުރުން އަންނަ އިންޑިއާ ގެސްޓުން އައުން ހެލްތް އެޗް.ޕީ.އޭ އިން މިއަދު މަނާކޮށްފި އެވެ. އިންޑިއާގެ މިހާރުގެ ކޮވިޑް19 ގެ ޙާލަތަކީ ނިއުދިއްލީން ބުނާގޮތުގައި ހެލްތް ސުނާމީއެވެ. އިންޑިއާގައި ކޮވިޑް-19 ގެ ބަލި ކޮންޓްރޯލުން ނައްޓައި ހަލުވިކަމާއި އެކު ފެތުރެމުންދާއިރުވެސް އިންޑިއާއިން ޓޫރިސްޓުން ރާއްޖެ އައުން މަނާނުކުރާތީ ވަރަށްގިނަ އާންމުގެ ކޮންބޮނޑުވުން ފާޅުކުރަމުންދާތާ ހަފްތާއެއް ވެފައިވަނިކޮށް މިއެޅި ފިޔަަވަޅަކީ ކޮންމެހެން އެޅުން […]

ރާއްޖޭގެ ރަށްތަކުގައި ކޮވިޑްގެ ބަލީގެ މީހުން ގިނަވެ ބިރުވެރިކަމެއްގެ ތެރެއަށް!

އޭޕްރިލް 10ގައި ބޭއްވި ކައުންސިލް އިލެކްޝަން އަށް އެޗްޕީއޭގެ ހެލްތް އިމާރޖެންސީ ގަވައިދުތަކަށް ދޫދީ ކޮވިޑް ޖެހިފައިތިބި މީހުންނަށްވެސް ވޯޓްލެވޭނެ ގޮތް ހަދައިދީ އަދި އެއް ރަށުން އަނެއް ރަށަށްވެސް ކަރަންޓީނު ވުމެއްނެތި ދަތުރުކޮށް ވޯޓުލުމަށް ދެވޭގޮތް ހެދުމުން މިހާރު މިވަނީ ރާއްޖޭގެ ރަށްތަކުގައި ކޮވިޑްގެ ބަލީގެ މީހުން ގިނަވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ ރަށްތަކަށް ކޮވިޑްގެ ބަލި ވަރަށް ބޮޑަށް ފެތުރި އެތައް ސަތޭކަ މީހުނެއް އެރަށްރަށުގައި ގޭބަންދުވެ ކަރަންޓީނުވާންޖެހިފައެވެ. އަދި އޭގެ ތެރެއިން ގިނަރަށްރަށުގައި […]

ދިވެހި މަސްވެރި ދޯނިފަހަރުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަދިނުމަކީ ބޮޑު ގޯހެއް: އެމް.ޕީ. ސަޢުދު

ރާއްޖޭގެ މަސް ދޯނިފަހަރުގައި ބިދޭސީ މަސްވެރިންގެ ގޮތުގައި ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން ހުއްދަ ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ހުސައިން ވިދާޅުވެއްޖެއެވެ. އެސް.އެމް.އީގެ ވިޔަފާރީގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ޒުވާނުން މަސައްކަތެއް ނެތި މަގުމަތީގައި ތިބޭ ތިބުމަކީ މިވަގުތު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ޒުވާނުންގެ ބޭނުންކުރެވޭ ގޮތަށް ކަންކަން ބަދަލުކޮށްގެން ނަމަވެސް […]

އަނެއްކާވެސް ބޮޑު ޑުރަގް ބަސްޓެއް

މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ބުނީ ކޮރިއަރ ސާރވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ މި ބަސްޓްގެ އަގު 4.7 މިލިއަން އަށް އަރާނެކަމުގައެވެ. މި ތަކެތި އަތުލައިގެންފައިވަނީ އޭޕްރިލް 17 ވަނަ ދުވަހު ކޮރިއަރ ސަރވިސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މި ބަސްޓް ގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ނައިޖީރިއާއިން އެތެރެކޮށްފައިވާ 1032 ގްރާމުގެ ކޮކެއިން އަދި ޖަމައިކާއިން އެތެރެކޮށްފައިވާ 547 ގްރާމުގެ ކޮކެއިން ކަމަށެވެ. އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ […]

ސަލްމާން ބޮޑު މިސްކިތް ނުހުޅުވެ ލަސްވަނީ ސައުދީ ވަފުދަށް ނާދެވިގެން.

މާލޭގައި ބިނާކޮށް ނިމިފައިވާ ސަޢޫދީ ރަސްގެފާނުގެ ނަންފުޅުގައި އަޅައިދެއްވި ސަލްމާން މިސްކިތް ނުހުޅުވި ލަސްވަނީ ސަޢޫދީން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދަށް ރާއްޖެ ނާދެވި ލަސްވާތީ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކކު ވިދާޅުވެއްޖެއެވެ. ސަލްމާން މިސްކިތް މިއަހަރުގެ ރޯދަ މަހަށް ނުހުޅެވޭތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުންނާއި ގިނަބައެއް އަންނަނީ ކުރަމުންނެވެ. އެ މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތަކަށް ވާއިރު މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވަނީ ސަޢުދީގެ ވަފުދެއް ބައިވެރިވާ ރަސްމިއްޔާތުގައި ކަމުގައިވަނީ އެއްބަސްވެވިފައެވެ. […]

ކައުންސިލް އިލެކްޝަން ވޯޓުލުން ކުރިއަށް.

ޯކަލް ކައުންސިލް އިންތިޚާބަކީ މި ކޮވިޑް-19 ހެލްތް އިމާރޖެންސީގެ ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި ބާއްވާ އިންތިޚާބެކެވެ. މާލެއިން އެ ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ދެމަސްދުވަހުގައި ދަށަށް ގޮސްފައެއްނެތެވެ. މާލޭ އޭރިއާގައި 39 މީހުން ޕޮޒިޓިވް ވަމުން އައިއިރުވެސް އިމާރޖެންސީގެ ޙާލަތު ވަނީ ދޫކޮށްނުލާ ރައްޔަތުންގެ ރައްކާތެރިކަމަށްޓަކައި ދަމަހަށްޓާފައެވެ. ނަމަވެސް ކައުންސިލް އިލެކްޝަންގެ އަޑުގަދަވެ ވޯޓުލާދުވަސް ކައިރިވަމުން އަންނަން ފެށުމުން ކުއްލި ކުއްލިއަށް އެޗްޕީއޭ ގެ ކޮވިޑް19 އަށް ގެންގުޅުއްވާ ޔާޑް ސިޓިކް މިންގަނަޑަށް […]

މުއިއްޒު އަކީ މާލޭ ރައްޔިތުންނަށް ޗޮއިސެއް ނޫން: އީވާ

ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒު އަކީ މާލޭ ރައްޔިތުންނަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޗޮއިސެއް ނޫން ކަމަށް އެމްޑީޕީ ރައީސް ނަޝީދުގެ ދެބެއިންދެދަރި ކޮށްކޯފުޅު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ”ރަށްވެހިފަތިސް“ ކެމްޕެއިންގެ ތެރެއިން މިއަދު ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޑރ. މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ. އީވާ ވިދާޅުވީ އެކަމަނާގެ އެމްޑީޕީގައި ޝަކުވާތައް އަބަދުވެސް ހުންނާނެ ކަމަށާއި އެގޮތުން އެޕާޓީ އަކީ އެކަކު އަނެކަކަށް ޝަކުވާކޮށްގެން އަދި ފިސާރި […]

ދިވެހި ރަށްވެހިކަން ދޫކޮށްލުން: ގެއްލޭނީ ހަމައެކަނި ދީނެއްނޫން! މިނިވަންކަންވެސް ގެއްލިގެންދާނެ!

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުން ހަދައި އާއްމު ކުރި ގަވާއިދަކީ ވަރަށް ބޮޑު ކަމެއްގެ ފެށުން ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރުތަކުން ޚަބަރު ލިބިއްޖެއެވެ. މިކަމަކީ ގިނަ ރައްޔިތުން މާ ބޮޑު ޚަބަރެއް ކަމުގައި ނުދެކުނަސް، ރާއްޖޭގެ ތާރީޚުގައި ވެސް ފާޅު ކަން ބޮޑު ގޮތަކަށް ހެދުނު، ދިވެހި ގައުމިއްޔަތާއި އިސްލާމް ދީނަށް ގޮންޖަހާލެވޭނެ ގަވާއިދެކެވެ. އަދި މިކަމަކީ އެއްވެސް ވަރަކަށް ރައްޔިތުންގެ ފަރާތުން މިފަދަ ގަވާއިދުތައް ހެދުމުގެ އެދުމެއްގެ ޝުޢޫރު ފާޅު […]