ކައުންސިލް އިލެކްޝަން ވޯޓުލުން ކުރިއަށް.

Loading

Facebook
Twitter
WhatsApp

ޯކަލް ކައުންސިލް އިންތިޚާބަކީ މި ކޮވިޑް-19 ހެލްތް އިމާރޖެންސީގެ ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި ބާއްވާ އިންތިޚާބެކެވެ. މާލެއިން އެ ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ދެމަސްދުވަހުގައި ދަށަށް ގޮސްފައެއްނެތެވެ. މާލޭ އޭރިއާގައި 39 މީހުން ޕޮޒިޓިވް ވަމުން އައިއިރުވެސް އިމާރޖެންސީގެ ޙާލަތު ވަނީ ދޫކޮށްނުލާ ރައްޔަތުންގެ ރައްކާތެރިކަމަށްޓަކައި ދަމަހަށްޓާފައެވެ.

ނަމަވެސް ކައުންސިލް އިލެކްޝަންގެ އަޑުގަދަވެ ވޯޓުލާދުވަސް ކައިރިވަމުން އަންނަން ފެށުމުން ކުއްލި ކުއްލިއަށް އެޗްޕީއޭ ގެ ކޮވިޑް19 އަށް ގެންގުޅުއްވާ ޔާޑް ސިޓިކް މިންގަނަޑަށް އައީ ބަދަލު ގެންނަމުންނެވެ. ގަބޫލުކުރެވޭގޮތުގައި ސިޔާސީ ބޮޑުންގެ ޕްރެޝަރަށްކަމުގައި ގިނަބަޔަކުދެކެއެވެ. އެގޮތުން ކުއްލި ޙައިރާންކަމެއް ލިބުނީ 300 އަށްވުގެ މަތިން ކޮވިޑް19 ޖެހުނުކަމަށް ޢިއުލާނުކުރި ދުވަހު ކުއްލިއަކަށް ހެލްތް އިމާރޖެންސީ ދޫދެއްވިތަނެވެ. ގިނަބަޔަކަށް ލިބުނީ ކުއްލި ޙައިރާންކަމެކެވެ. ނަމަވެސް ވޯޓުން ކާމިޔާބުހޯދަން ކޮވިޑް19 ގެ އިމާޖެންސީ ޙާލަތު ގޮވަމުން އައި، މީހުން ހިނގާބިނގާ އުޅުމުގެ ގަވާއިދަށް  ބަދަލުގެންނަން ބޭނުންވި ސިޔާސީ ބޮޑުންގެ ރުހުން އެޗްޕީއޭ އަށް އޮހެންފެށިތަން ފެނުނެވެ.

އަދި ހަމަ މިއަދު މިވަނީ ކޯވިޑް ބަލީގެ ނުރައްކާތެރިކަމުން އެ ބަލީގެ ވައްތަރުން އެކަހަށި ކުރެވިފައވާ މީހުންނަށްވެސް ވޯޓު ލުމަށް އެފޮށިތަކަށް ދެވޭގޮތް ހަދާފައެވެ. ހަމަ އެހެންމެ މިވީ އެއް އަހަރެއްހާދުވަހު ރަށުބަންދުގައި ކެރެންޓީނުވެގެން ނޫނީ އެއްރަށުން އަނެއް ރަށް ނުދެވޭ އަމުރުވެސް އުވާލާފައެވެ. އެއްބަޔަކަށް ވަރަށް މަރުޙަބާއެވެ. އަނެއްބަޔަކު މިބޮޑުވަބާ ބަލި އެއީ އެވަރުން މީހުން އެކަހަށިކޮށްގެންގެން ގެއްގުޅޭވަރުގެ ބައްޔެއްތޯ ސުވާލުކުރަން ފަށައިފައެވެ. އެހެނީ ބަޔަކު ކަމެއް ކުރަންބޭނުންވީމާ އެކަމަށް މަގުފަހިކޮށް ދިނުމަށް އެފަދަ ކުއްލި ކުއްލިއަށް ރައްޔަތުންގެ ދިހުރުމާއި މަރުވުމުގެ ބޮޑު ވަބާއެއްކަމަށް ދެކެމުންއައި ކަމަކާއިމެދު، ހެދިފައިވާ ވަރުގަދަ އަމުރުތަކަށް ގެނެވެމުން ދާތަން ފެންނާތީއެވެ.

އިއްޔެވެސް އެ އަދަދު އޮތީ މުޅި ރާއްޖެއިން 132 މަތީގަ އެވެ. އެހެންވެ، ކޮންމެފަހަރަކު  މީހުން ތޮއްޖެހި ބާރު ބޮޑުވާ މިހަކަލަ އެއްވުންތަކުގައި ކޮވިޑް ކޭސްތައް އާދަޔާ ޚިލާފަށް އިތުރުވާކަމުގެ ބިރު މި އިންތިޚާބާ އެކު ވެސް ޔަގީނުންވެސް އެބައޮތެވެ.

އެހެނަސް ހެނދުނު ހަތެއް ޖެހުމާއެކު ވޯޓުލުން ހުޅުވާލުމުން މާލޭގައި ކިޔޫތަކަށް އަރަން ފެށިއިރު ވޯޓު ލާ ސަރަޙައްދުތަކުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. މާލޭގައި ކޮވިޑްގެ ބަލިމަޑުކަމެއް އޮތް ކަމެއް ގިނަމީހުން ހަނދާނެއްނެތްކަހަލައެވެ. އަދި އެ ކިއޫތަށް ތަރުތީބުކޮށް އެކަން އެޗްޕީއޭގެ ގައިޑްލައިން އެއް އޮތްކަން ހަނދާކޮށްލަދޭނެ އޮފިޝަލެއް ޕޮލިހެއްވެސް ފެންނާކަށް ނެތެވެ.

ގިނަ ބަަޔަކަށް މިއަދަކީ މާލޭގައި ދިރިއުޅޭ ރަށުގެ އެންމެން  ގިނަދުވަސްތަކަކަށް ފަހު އެކަކު އަނެކަކާއި ބައްދަލުކޮށްލާ  ދުވަހެއްކަހަލައޭ މަންޒަރު ދެކެލާފަ ފެންނަ މަންޒަރުން، ބުނުން ދޮގަކަށް ނުވާނެއެވެ. މިއީ އެއް ދާއިރާއަކަށް ވޯޓު ލާ ރައްޓެހިންނާ ދިމާވެލާ ދުވަހެވެ. މާ ބޮޑު ހާސްކަމެއް، އެޗްޕީއޭގެ ގައިޑްލައިންތަކަށް ފަރުވާލެއް ނެތެވެ. ވޯޓު ލާން ގޮސް ގައިދުރުކަން ނުބަހައްޓައި މާސްކުވެސް ނާޅާ ގިނަބަޔަކު ތިބީ ވާހަކަ މަޖަލުގައެވެ.

ވޯޓު މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތިބީ ކޮވިޑަށް ފުރިހަމައަށް  ތައްޔާރުވެންކަމަށް ފެނެއެވެ. މާސްކާއި ފޭސް ޝިލްޑު އަދި އަންގި ލައްވާ ވަރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބަރާބަރަށް ޢަމަލު ކުރެއެވެ. ވޯޓު ލާން މަރުކަޒަށް ވަންނަ ކޮންމެ މީހެއްގެ ހުން ބަލައި، ސެނެޓައިޒްވެސް ކުރުވައެވެ.

ވޯޓުލުމުގެ ކުރިން ތަރުތީބުކޮށްލަން ޖައްސާލާ ގޮނޑިތައް އަތުރާފައި ވަނީ ތިން ފޫޓު ދުރުގައެއްވެސް ނޫނެވެ. އަދި ވޯޓު ލާނީ އެންމެން ބޭނުން ކުރާ ގަލަމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުގައި އަމިއްލަ އަށް ގަލަން ގެންދާ މީހުން ވަރަށް ނެތެވެ. ވަކިގަލަމަކުން ފާހަގަ ޖެހުމުން ޖެހިފާހަގެ ގެއްލިދާނޭ ބިރެއްވެސް ނެތެވެ.

މިކައުންސިލް އިލެކްޝަން މާލޭގެ ވޯޓުފޮށިތައްކައިރި ބަލާލާއިރު ކުރީ އިންތިޚާބާއި އަޅާބަލާއިރު މާކަ ފޯރިއެއް ފެންނާކަށް ނެތެވެ. ވޯޓްލާން ނިމުކުމެތިބި މީހުންގެ ޢަދަދުވެސް ވަރަށް މަދެވެ.

އެހެންވެ މަގުގެ އަރިމަތިން ދިމާވި އެކުވެރިއެއްކައިރީ ވޯޓުލާން ނުދަންތޯ އަހާލީމެވެ. ”އެއީ ކީކުރަން ލާވޯޓެއްތޯ ސުވާލުއުފެއްދިއެވެ. އެހެނީ ވޯޓް ދިނުމަށްފަހު ތިހޮވޭ މީހަކު ކަމެއްކޮށްނުދެވޭތާ ގުޅޭނީއަކީވެސް ނޫނޭ“ އެނާބުނެ ފުރަގަސްދީ ހިނގައިގަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް