ދިވެހި މަސްވެރި ދޯނިފަހަރުގައި ބިދޭސީން ގެންގުޅުމުގެ ހުއްދަދިނުމަކީ ބޮޑު ގޯހެއް: އެމް.ޕީ. ސަޢުދު

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މަސް ދޯނިފަހަރުގައި ބިދޭސީ މަސްވެރިންގެ ގޮތުގައި ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން ހުއްދަ ދިނުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ހުސައިން ވިދާޅުވެއްޖެއެވެ.

އެސް.އެމް.އީގެ ވިޔަފާރީގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ޒުވާނުން މަސައްކަތެއް ނެތި މަގުމަތީގައި ތިބޭ ތިބުމަކީ މިވަގުތު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި ޒުވާނުންގެ ބޭނުންކުރެވޭ ގޮތަށް ކަންކަން ބަދަލުކޮށްގެން ނަމަވެސް ޒުވާނުން މަސައްކަތުގެ ދާއިރާއަށް ނެރެންޖެހޭ ކަމަށެވެ. އެހެނީ ކޮންމެ ކަމަކަށް ކޮންމެ ވިޔާރިއަކަށް ބިދޭސީއަކު ހޯދުމުން ދެން ގައުމުގައި ދިވެހީންނަށް ވަޒީފާގެ ފުރުސަތު ހޯދޭނެގޮތެއް ނޭގޭކަމަށެވެ.

މަސްވެރިކަމާއި ބެހޭ މިނިސްޓްރީން، މަސްދޯނި ފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން ހުއްދަ ދިނުމަކީ ގައުމަށް ދެވޭ ބޮޑު ގެއްލުމެއްކަން ފާހަގަކޮށް ސައުދު ވިދާޅުވީ، ބިދޭސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކޮންޓްރޯލް މިހާރުވެސް ނަގަމުން އަންނަކަމަށެވެ.

”މާރުކޭޓް އާއި ލޯކަލް މާރުކޭޓަށް ބެލިޔަސް، ކަންމަތީ ފިހާރައަށް ބަލާލިނަމަވެސް، އަދި ކުދިކުދި ވިޔަފާރިތަކުގެ ކައުންޓަރަށް ބެލިޔަސް، މަސްދޯންޏަށް ބެލިޔަސް، ލޯންޗް ޑްރައިވަރެއް ފަޅުވެރިއަކަށްވިޔަސް، ކޮންތަނެއްގަ ތޯ [ބިދޭސީން] ނެތީ އިއްޒަތްތެރި ރައީސް.“ ސައުދު ވިދާޅުވިއެވެ.

މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒުން ހުއްދަ ދީފައިވަނީ އިއްޔައެވެ. މިފަދަ މުހިންމު ސިދާ ރައްޔަތުމީހާއާއި ގުޅިފައިވާ ކަމެއްގައި ރައްޔަތުންގެ ޚިޔާލެއް ހޯއްދަވާފައެއެވެސް ނެތްކަން ފާހަގަ ކޮށްލަންޖެހެއެވެ.

ފިޝަރީޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިކަން ކުރުމުގައި ގަވައިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އޮޑިވެރިން އަދި އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ފަހު، ދޯނި ފަހަރުގައި ކުރާ ބައެއް މަސައްކަތްތަކަށް ދިވެހިން ނުލިބުމުގެ ދަތިކަން އޮތްކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ދޮށީގެ އަދި ބޮޑުކަންނެލީގެ މަސްވެރިކަމުގައި މިހާރު ވެސް ބިދޭސީން ގައިވައިދާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔުމުގެ ސަބަބުން ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ގާނޫނާއި ގަވައިދާއި ޚިލާފު މަސްވެރިކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ބޮޑެތި ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށް ޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަން ކުރުމުގައި ބައިވެރިވުން ނުހިމެނޭ ގޮތަށް ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. ސުވާލަކީ އެމް.ޕީ. ސަޢޫދުވެސް ކަންބޮޑުވުން ފާޅުކުރެއްވިހެން އެފަދަ ހުއްދައެއް ދިނުމަށްފަހު އެކަން ތަންފީޒް ކުރާނީ ކިހިނެއްކަމެވެ. މިހާރުވެސް ރާއްޖޭގައި ވިސާނެތި ވަގަށް އުލެމުންދާ މަސައްކަތު މީހުންގިނަވެ ދިވެހީންނަށް މަސްކަތުގެ ފުރުސަތު ގެއްލެފައިވާކަމީ ޙަގީގަތެކެވެ.

Loading

3 Responses

  1. ސަޢުދު އަކީ އަބަދުވެސް ހެޔޮ ވިސްނޭ ދިވެހިންނަށް ރަނގަޅުގޮތް އެދޭ މެމްބަރެކެވެ. މަޖިލީހުގައި އެހެން މެމްބަރުނަށް ފުރައްސާރަކޮށް ޙަޔާތްގޮވާ އުލުއްވާ މެމްބަރެއްނޫނެވެ. ސަޢުދު ކަހަލަ 20 މެމްބަރުން މަޖިލީހަށް ހޮވޭތޯ ރައްޔަތުން ވިސްނާ ފިކުރުކުރަން މިވަނީ ޖެހިފައެވެ. މަރުޙަބާ!

  2. Dhivehi raahje Midhaa Gotham dhaneenama dhivehinge beynun miraahje nethi Goss miadhuves beyrumeehunge baaru gadha dhivehin nah thuren Ekan Anna konmesarukaarakahvs
    Hama rahyathun dheke vaa loabi body ingeyy

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް