ސަލްމާން ބޮޑު މިސްކިތް ނުހުޅުވެ ލަސްވަނީ ސައުދީ ވަފުދަށް ނާދެވިގެން.

Loading

Facebook
Twitter
WhatsApp

މާލޭގައި ބިނާކޮށް ނިމިފައިވާ ސަޢޫދީ ރަސްގެފާނުގެ ނަންފުޅުގައި އަޅައިދެއްވި ސަލްމާން މިސްކިތް ނުހުޅުވި ލަސްވަނީ ސަޢޫދީން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދަށް ރާއްޖެ ނާދެވި ލަސްވާތީ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކކު ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތް މިއަހަރުގެ ރޯދަ މަހަށް ނުހުޅެވޭތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުންނާއި ގިނަބައެއް އަންނަނީ ކުރަމުންނެވެ.

އެ މިސްކިތަކީ ސައުދީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން އިމާރާތްކޮށްފައިވާ މިސްކިތަކަށް ވާއިރު މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވަނީ ސަޢުދީގެ ވަފުދެއް ބައިވެރިވާ ރަސްމިއްޔާތުގައި ކަމުގައިވަނީ އެއްބަސްވެވިފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެހެންވުމުން އެވަފުދަށް މާލެ ވަޑައިގެންނެވެންދެން ސަޢޫދީގެ އެދުމުގެ މަތިން އެގޮތަށް ކުރުމަށް ދަތިތަކެއްހުރުމުން މި މަހު މިސްކިތް ނުހުޅުވި ލަސްވީކަމަށެވެ.

އަދި ސަލްމާން މިސްކިތް ހުޅުވުމަށް ތާރީޚުތަކެއް ހަމަޖެހިފައިވަނިކޮށް ކޮވިޑް-19 ގެ ޙާލަތު މުޅި ދުނިޔެ އަށް ކުރިމަތިވެ އަދިވެސް ރައްކާތެރިކަމާއެކު ސައުދީން ވަޑައިގަންނަވާ ވަފުދަށް ވަޑައިގެންނެވޭ ފަދަ ޙާލަތަކަށް ނުދާތީ، މިސްކިތް ހުޅުވުން ލަސްވަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ގިނަ ޚިދުމަތްތަކެއް ދެވޭ ގޮތަށް މިސްކިތް އިމާރާތް ކުރި ނަމަވެސް، އެތަނުގައި ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރެވިފައި އަދިވެސް ނުވާތީ، ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ސައުދީ ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ސަލްމާނު މިސްކިތް އެޅުމުގެ ފުރުސަތު ހޯއްދަވާ ބިންގާއެޅި ބޮޑުބައެއް ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ނިމިފައެވެ. 2018 ގައި ސަރުކާރު ބަދަލުވުމުން އެމިސްކިތުގެ މަސައްކަތްތަށް ނުނިމި ބޮޑެތި ލަސްވުމުން ގިނަބައެއްގެ ހިތްނުތަނަވަސްވެ މެދުވެރިވެފައިވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް