އިންތިޚާބުގެ ސަބަބުން ފަލަސްތީނަށް ބަދަލެއް ...؟

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ އިދިކޮޅު ދެ ޕާޓީ ކަމަށްވާ ހަމާސް އާއި ފަތަހުން ވަނީ އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް ތަޖުރިބާކާރުން ދެކޭގޮތުގައި އޮސްލޯ އެއްބަސްވުމާ ގުޅުވައިގެން ބާއްވާ އިންތިޚާބުގައި ބައިވެރިވިޔަސް އެދެވޭ ނަތީޖާއެއް ނުފެނި ހިނގައިދާނެއެވެ.

ޕެލަސްޓީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ) ގެ އެންމެ އިސް ދެ ޕާޓީކަމަށްވާ، ހަމާސް އާއި ފަތަހުން ވަނީ އިންތިޚާބާ ގުޅޭ ސުލްހައިގެ އެއްބަސްވުމެއްގައި ދާދިފަހުން ސޮއިކޮށްފައެވެ. އެއީ 15 އަހަރަށް ފަހު، އައު އިންތިޚާބެއް ބޭއްވުމަށް ދެ ޕާޓީން އެއްބަސްވި ފުރަތަމަ ފަހަރެވެ. މިކަމަށް އެއްބަސްވީ މިސްރުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގައިކަމަށެވެ.

މީގެ ކުރިން ވެސް ހަމާސް އާއި ފަތަހުން ވަނީ ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ. އަދި މިފަދަ އިންތިޚާބު ތަކެއް ބާއްވާނެ ކަމަށް ޢައްބާސް ވަނީ އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ. އެހެންނަމަވެސް ޢައްބާސް ވަނީ އިންތިޚާބުތައް ފަސް ކުރައްވާފައެވެ. އަދި މިގޮތަށް އިންތިޚާބުތައް ފަސް ކުރުން ވެގެން ދިޔައީ ހަމާސް އަށް ގިނަ އަދަދެއްގެ ރައްޔިތުން ގެ ތަރުޙީބު ލިބެމުން ދިޔަ ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން، މިސްރުގެ ޢަސްކަރީ ސިފައިން ވަނީ ގާޒާ ބޯޑަރު ހުރަސްކުރުމަށް އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން، 2006 ވަނަ އަހަރުގައި ބޭއްވި އިންތިޚާބު ހަމާސްއިން ކާމިޔާބު ކުރިފަހުން ޖިމީ ކާޓާ ފައުންޑޭޝަންއިން ވަނީ އެ އިންތިޚާބަކީ މެދުއިރުމަތީގައި ބޭއްވުނު އެންމެ ފާހަގަ ކޮށްލެވޭ އެއް އިންތިޚާބުގެ ގޮތުގައި ސިފަކޮށްފައެވެ. ހަމަ އެއާއެކު، ހަމާސް ގެ ވެރިކަމާ ދެކޮޅަށް ފަތަހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިކަމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި އިތުރު އިންތިޚާބު ތަކެއް އެޤައުމުގައި ނުބާއްވައެވެ. ނަމަވެސް އަލަށް އެއްބަސްވި ސުލްހައިގެ އެއްބަސްވުމާ އެއްގޮތަށް ބާއްވާ އިންތިޚާބުގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެންނާނޭކަމަށް އުއްމީދުކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް