ދެވަނަ ފަހަރަށް ޓްރަމްޕް، ރައީސް ކަމަށް ހޮވިވަޑައިގަތަސް ޓްވިޓާ ބޭނުންކުރެއްވުމުގެ ހުއްދައެއް ނުލިބޭނެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް ރައީސް ކަމަށް ހޮވިވަޑައިގަތަސް، އަލުން ޓްވިޓަ ބޭނުން ކުރެއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށާއި އަދި ޕަބްލިކް އޮފީސް ހިންގެވުމަށް ކަމުގައި ވިޔަސް ބޭނުން ނުކުރެއްވޭނެ ކަމަށް، ޓްވިޓާގެ ޗީފް ފައިނޭންސް އޮފިސަރ ބުނެފިއެވެ. އޭނާ މިގޮތަށް ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ގައެވެ.

ސީ.އެން.ބީ.ސީ ނެޓްވޯކަށް ދިން ބަސްދީގަތުމެއްގައި ނެޑް ސެގަލް ބުނީ ޓްރަމްޕާމެދު ފިޔަވަޅު އެޅީ، ޓްރަމްޕަކީ ކިތަންމެ މަތީ މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅަކަށް ވިޔަސް، އެކުންފުނީގެ ސިޔާސަތު އޮންނަ ގޮތުން އޭނާ ޓްވިޓައިން ވަކިކުރަން ޖެހޭތީ ކަމަށެވެ. އަދި އެއީ އެތަނުގެ ސިޔާސަތު އޮންނަ ގޮތުން، ރައްޔިތުންގެ ތެރޭގައި ފިތުނަވެރިކަމާއި އަރާރުންވާ ފަދަ ކަންކަމާ ދުރުކޮށްދޭ ގޮތަށް ހިންގަމުންދާ ތަނެއް ކަމަށާއި، އެފަދަ ގޮތަކަށް އުޅޭ މީހުން އެތަނުން ވަކިކުރެވޭނެ ކަމަށާއި، އަދި އެއަށްފަހު އަލުން އަނބުރާ އެމީހާއަށް އެމަޤާމު ނުދެވޭނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވައި ޓްރަމްޕް ޓްވިޓާ ބޭނުން ކުރެއްވި ގޮތާ ގުޅިގެން، ޓްވިޓާ ދާއިމީ ގޮތެއްގައި ބޭނުން ނުކުރެއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޓްރަމްޕްގެ ޓްވިޓަ އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ހެދީ، އޭނާ ޓްވިޓައަށް ޕޯސްޓް ކުރެއްވި ވީޑިއޯ އެއްގެ ސަބަބުން ނެވެ. އެވީޑިއޯ ގައި އޭނާ ވިދާޅުވެފައިވާ ގޮތުން، ޖެނުއަރީމަހުގެ 6 ދުވަހުގައި ހަމަނުޖެހުން ހިންގި އޭނާގެ ”ލޮބުވެތި“ ސަޕޯޓަރުންނަކީ އޭނާއަށް ”ވަރަށް ޚާއްޞަ“ ބައެކެވެ. އޭނާ މިވީޑިއޯ ޕޯސްޓް ކުރައްވާފައި ވަނީ ޖެނުއަރީމަހުގެ 8ވަނަ ދުވަހުގައެވެ. އަދި މިކަމުގެ ސަބަބުން އާންމުންގެ ތެރޭގައި އިތުރު ހަމަނުޖެހުމެއް ހިނގާފާނެ ކަމަށްޓަކައި، ޓްރަމްޕަށް ދާއިމީ ގޮތެއްގައި ޓްވިޓަ ބޭނުން ނުކުރެއްވޭ ގޮތަށް ހަދަންޖެހުނީއެވެ.

ޓްވިޓައިން ޓްރަމްޕް ބޭރު ކުރުމުގެ އިތުރުން، އެހެނިހެން މީސްމީޑިއާ ކުންފުނި ތަކުގެ ތެރެއިން، ފޭސްބުކާއި އިންސްޓަގްރާމްއިން ވެސް ވަނީ ޓްރަމްޕްގެ އެކައުންޓްތައް ބޭނުން ނުކުރެއްވޭ ގޮތަށް ހަދާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް