އިތުރު 100،000 ޑޯޒުގެ ކޮވިޑް ވެކްސިން މި ހަފުތާގައި ލިބޭނެ: ޑރ. ޝާޙު

Loading

Facebook
Twitter
WhatsApp

އިތުރު އޮކްސްފޯޑް އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން މިހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޑރ. ޝާހު މާހިރު ސްޓޭޓް މިނިސްޓަރ ފޯރ ހެލްތް ވިދާޅުވީ މިހާރު ޖަހަމުން އަންނަ އޮކްސްފޯޑް އެސްޓްރާޒެނެކާ ކޮވިޑް ޝީލްޑް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒު މިމަހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

“ ލަފާކުރެވުނު މިންވަރަށް ވުރެ މާގިނައިން މިހާރު ކޮންމެ ދުވަހަކު ވެކްސިން ޖަހަމުން އެބަދޭ. އެވްރެޖްކޮށް މިހާރު ދުވާލަކު ފަސްހާހަށްވުރެ މީހުންނަށް ވެކްސިން ޖަހަމުން އެބަދޭ،“ އޭނާ ވިދާޅުވި އެވެ.

ޑރ. ޝާހު ވިދާޅުވީ މިހާރު ޖަހަމުން އަންނަ ވެކްސިން ހުސްވުމުގެ ކުރިން އިތުރު ވެކްސިންތައް ގެނައުމަށް މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެގޮތުން އަބަދުވެސް މެދުނުކެނޑި ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

”މިހާރު އަޅުގަނޑުމެން މިދަނީ ކޮވެކްސްގެ ތެރެއިން ވެސް ބައެއް އަވަހަށް ގެނެވޭތޯ. އޭގެ ތެރެއިން ބައެއް ވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމުގެ އުއްމީދު އެބައޮތް،“ ޑރ. ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ވެކްސިން ޖެހެމުން މިދާ ސްޕީޑަށް ބަލާއިރު އާބާދީގެ ނިސްބަތުން އެންމެ އަވަހަށް މުޅި އާބާދީއަށް ވެކްސިން ޖަހައި ނިންމި ފުރަތަމަ ގައުމަށްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ރާއްޖޭގެ އާބާދީއަކީ ގާތްގަނޑަކަށް ހަތަރު ލައްކަ ފަންސަވީސް ހާސް މީހުނެވެ.

މިހާރު ވެސް ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ މަތީ ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަދި ދުވާލަކު ވެކްސިން ޖަހާ އަދަދު މިހާރު މިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އޮޕޮޒިޝަން ޕީޕީއެމް އިންވެސް އިއްޔެވަނީ ކުރިން ނުޖަހަން ބުނި މިވެކްސިން ޖެހުމަށް ގޮވާލައިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް