މިޔަންމާ އަށް އަސްކަރީ އިންގިލާބެއް އައުމުގެ ސަބަބުން އަންގ ސަން ސޫ ކްޔި އާއި އެ ޕާރޓީގެ މެމްބަރުން ހައްޔަރުކޮށްފި.

Loading

Facebook
Twitter
WhatsApp

މިޔަންމާ ގެ ބާރުގަދަ އަސްކަރީ ލަޝްކަރު ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އަންގ ސަން ސޫ ކްޔި އާއި ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުން ހައްޔަރުކޮށްފައެވެ.

މިޔަވެޑީ ޓީވީ އިން މިޔަންމާ ގެ އަސްކަރިއްޔާ އިން ވިދާޅުވާ ގޮތުގައި އެބޭފުޅުން ހައްޔަރުކޮށްފައި ވަނީ އިންތިޚާބުގަައި މަކަރު ހެދި ކަމަށް ތުހުމަތު ކުރެވި، ކުއްލި ހާލަތަކަށް ގެނެސްގެން ކަމަށެވެ.

ނޯބެލް ލޯރިއެޓްގެ އިނާމު ޙާޞިލު ކޮށްފައިވާ ސޫ ކްޔި އަކީ މިޔަންމާ ގައި ޑިމޮކްރަސީ އަށް މަޝްހޫރު ބޭފުޅެކެވެ. އޭނާ ވަނީ އަސްކަރީ ޤަވާއިދު ތަކާއި ޚިލާފުވުމުވެ ސަބަބުން 15 އަހަރު ދުވަހުގެ މުއްދަތަކަށް ގޭބަންދުގައި ހުންނަވާފައެވެ.

އޭނާ މިޔަންމާ ގައި ދިރިއުޅޭ ރޯހިންޔާ މުސްލިމުންނަށް ކުރިމަތިވާ ފިއްތުންތަކާއި ދެކޮޅަށް އެމީހުންނަށް އެހީތެރިވުމުގެ ބަދަލުގައި އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. މިގޮތުން، އޭނާ މުސްލިމުންނަށް ކުރިމަތިވާ އުނދަގޫތަކުން ސަލާމަތް ކުރުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅެން ނެތީ އޭނާ އަށް އިންތިހާބުގައި ލިބޭ ވޯޓު މަދުވެދާނެ ކަމުގެ ބިރަށްޓަކައި ކަމަށް އޯޑިޔޯއެއް ގައި އޭނާ ބުނެފައިވެއެވެ.

މިޔަންމާ ގެ އަސްކަރިއްޔާ އިން ދަނީ އެމީހުންގެ އަސްކަރީ ބާރު ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ ބޮޑަށް ހަރުކަށި ވަމުންނެވެ.

Loading

2 Responses

  1. މިދައިތަވެސް މިއީ ގައުމަށް ޖެހިފައިވާ ޑިމޮކްރަސީ – ހިޕޮކްރެސީ އެކެވެ. މިހާރު އެވީގޮތުން ޢުމުރުދުވަހު ކުރި ހެޔޮ ޢަމަލަށް ދުނިޔޭގެ ބޮޑުން އެރުވި ޕީސް އެވޯޑް ގެއްލިފައިވަނިކޮށް މިލިޓީރީ ރުއްސަން ރޮހިންގާ ދަރިފަސްކޮޅު ދުއްވާލަން ނޭގޭކަމަށް ހަދައިގެން ހުއްޓާ މިލިޓަރީމީހުންވެސް އެދިނީ ލަނޑެވެ. އެހެންވީމާ ކިހާދެރަތޯއެވެ. މިގައުމުގާ މިއުޅުއްވާ ބޯހަމަނުޖެހޭ މަންޑޭލާވެސް އެވަރުން ނުނިމިއްޖެއްޔާވާ ރަނގަޅެވެ. މިބުނީ ލައްކަ ވާހައެވެ.

  2. އަހާ ސަހަރޯ ހާދަ ދެރައެވެ. އަނެއްކާވެސް އެތެރެކުރީ. ދިވެހިރާއްޖެވެސް އެބަ ޖެހޭ ފޭކް ދިމާކުރާތީއިން ސަލާމަތްކުރަން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް