ޑރ. ވަން ޢަޒީޒާ އަށް ބޮޑު ވަޒީރު ކަން ދޭން ރަސްގެފާނު ބޭނުންފުޅު ވި ނަމަވެސް، ޑރ.އެމް އަމިއްލަ އަށް މަޤާމަށް ކުރިމަތި ލެއްވި- ކުރީގެ އޭ.ޖީ

Loading

Facebook
Twitter
WhatsApp

ޔޭންގް ޑީ ޕާރޓަން އެގޯންގް ، ޑރ. ވަން ޢަޒީޒާއަށް ބޮޑުވަޒީރު ކަން ދޭން ބޭނުންވީ ކަމަށް ޓޮމީ ތޯމަސް ބުނެފިއެވެ. ޑރ. ވަން ޢަޒީޒަށް އިންޓަރިމް ޕްރައިމް މިނިސްޓަރ ކަން ދިނުމަށް ހަމަޖެހުނީ އެމަޤާމުގައި ހުރި ޑރ. މަހާތީރު އަޙްމަދު އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމަޤާމުން ޑރ.މަހާތީރު އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ކުރީގެ އެޓާނީ ޖެނެރަލް މަހާތީރު ވަނީ އޭނާގެ އަމިއްލަ ނަން، އިންޓަރިމް ޕްރައިމް މިނިސްޓަރެއްގެ ގޮތުގައި ހަމަޖެއްސުމަށް ޓަކައި، ސުލްތާން ޢަބްދު ﷲ ރަސްގެފާނަށް ފޮނުއްވާފައެވެ.

ޕެޓަލިންގް ޖާޔާ އިތުރަށް ބުނެފައިވާ ގޮތުގައި، ކުރީގައި ޑެޕިއުޓި ޕްރައިމް މިނިސްޓަރެއްގެ މަޤާމު އަދާކުރެއްވި ވަން ޢަޒީޒާ އަށް ޕްރައިމް މިނިސްޓަރ ކަން ދެއްވުމަކީ ރަނގަޅު ނިންމުމެކެވެ.

މީގެ އިތުރުން އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ މަޤާމުން އިސްތިއުފާ ދެއްވުމާއެކު، އޭނާގެ ކެބިނެޓް މަޤާމުން ދުރުކުރައްވަން އޭނާ ނިންމެވި ނިންމެވުމަކީ ވަރަށް އާދަޔާޚިލާފު ނިންމެވުމެކެވެ. އެއީ އާންމު ގޮތެއްގައި ބޮޑު ވަޒީރުން މަޤާމުން އިސްތިއުފާ ދެއްވިކަމުގައި ވިޔަސް، އެސަރުކާރުގެ ކެބިނެޓް އެގޮތުގައި ދެމިއޮންނާތީއެވެ.

ޕީ.އޭ.އެސް އިން އޭނާގެ ވަޒީފާ ސަލާމަތް ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ތޯމަސް ވަނީ ބުނެފަ އެވެ. މިވާހަކަ އޭނާ ބުނެފައިވަނީ އޭނާ މަޤާމަށް އިސްކުރެވުނުތާ އެއް ދުވަސް ތެރޭ މަހާތީރު އޭނާ ގާތުގައި މަޤާމުން ދުރުވަން އަންގާފައި ވަނިކޮށެވެ.

ޕީ.އޭ.އެސް އިން ވަނީ ތޯމަސްގެ މިބުނުމަށް ނުރުހިފައެވެ. އެހެންނަމަވެސް ފަހުން މިކަމަށް އެއްބަސްވެ ލެއްވާ، އެކަން އިއުލާން ކުރެއްވީ ކެލަންޓަން ގައި ރަސްކަން ކުރައްވާ ރަސްގެފާނު ސުލްތާން މުހައްމަދު (5) އެވެ.

ޕާރޓީގެ ސެކެޓްރީ ޖެނެރަލް ތަކިޔުއްދީން ހަސަން ބުނުއްވާ ގޮތުގައި، ޕީ.އޭ.އެސް އިން މިހާރު އަލަށް އިސްކުރެވުނު އެޓާނީ ޖެނެރަލް އަށް މަރުހަބާ ކިޔުއްވާފައިވެއެވެ. އަދި ޤާނޫނާއި ޤަޥާޢިދުތަކަށް ޙުރުމަތްތެރި ކޮށް ހިތައި، ހަމަހަމަ ކަމާއި އިންސާފު ގާއިމު ކުރުމަށް މަސައްކަތް ކުރުމަށާއި، އަމިއްލަ ޒިންމާ އަދާ ކުރުމަށާއި މަޤާމުގައި ހުރެ، އެޒިންމާތައް އުފުލުމަށް ބުނުއްވާ ފައިވެއެވެ. މިގޮތުން، ދީނުގެ ކަންކަމާ ގުޅުން ހުރި ކަންކަމަށް އިސްކަން ދިނުމަށް ވެސް ވަނީ ބާރު އަޅުއްވާފައެވެ.

ހެނދުނުގެ ވަގުތެއްގައި މަހާތީރު ގެ ކޯލެއް ތޯމަސް އަށް އައިސްފައިވާ ކަމަށް ބުނެފައިވެއެވެ. މިގޮތުން، މަހާތީރު އެމަޤާމުގައި ހުންނަވަން ބޭނުންވެ ލައްވާ ކަމަށް ތޯމަސް އަށް އަންގާފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް