ވަން ޢަޒީޒާއަށް ބޮޑުވަޒީރު ކަން ދެއްވުމަކީ މެލޭޝިޔާގެ ރަސްގެފާނު ގެ ނިންމެވުމެއް.

Loading

Facebook
Twitter
WhatsApp

މެލޭޝިޔާ ގެ ކުރީގެ އެޓާނީ ޖެނެރަލް ޓޭން ސްރީ ޓޮމީ ތޯމަސް ބުނެފައިވާ ގޮތުގައި، ވަން ޢަޒީޒާއަށް ބޮޑުވަޒީރު ކަން ޙަވާލު ކުރެއްވުމަކީ މެލޭޝިޔާގެ ރަސްގެފާނު ގެ ނިންމެވުމެކެވެ.

ސިން ޗިއު ޑެއިލީ ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ބޮޑުވަޒީރު ކަމަށް، ޑރ. މަހާތީރު އޭނާގެ އަމިއްލަ ނަން ހުށަހަޅައިފައިވާ ކަމަށް ތޯމަސް ބުނެފައިވެއެވެ.

ތޯމަސް ބުނެފައިވާ ގޮތުގައި ޑރ.މަަހާތީރު އެ ސަރުކާރުގެ އެންމެ އިސް މަޤާމެއްގައި ހުންނަވައި މިހާރު ވަކިވެފައިވާތީ، އެދާއިރާ އިން ދުރުވާން ޖެހޭކަމަށެވެ.

މީގެއިތުރުން، ޑެޕިއުޓި ޕްރައިމް މިނިސްޓަރ ގެ މަޤާމަކީ ޑރ.ވަން ޢަޒީޒާ އަށް އެންމެ އެކަށީގެންވާ މަޤާމުކަމުގައި ތޯމަސް ބުނެފައިވެއެވެ. ވަން ޢަޒީޒާ އަކީ މަޝްހޫރު ސިޔާސީ ލީޑަރެއް ކަމުގައިވާ އަންވަރު އިބްރާހިމް ގެ އަނބިކަނބަލުން ނެވެ.

ޑރ. މަހާތީރަކީއެޤައުމުގެ ކުރީގެ ސަރުކާރުގައި ބޮޑު ވަޒީރު ގެ މަގާމް އަދާކޮށްފައިވާ ބޭފުޅެކެވެ.

ތޯމަސް ބުނެފައިވާ ގޮތުގައި ކުރީގެ ސަރުކާރު ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ އެމީހުންގެ ތެރޭގައި ސިޔާސީ ކޯޅުންތައް ހިންގާ މަކަރުވެރި މީހުން ތިބުމެވެ.

މީގެއިތުރުންވެސް، ”ޝެރެޓަން މޫވް“ އަކީ ޕަކާޓަން ސަރުކާރު ނިމުމަށް ދިމާވި އެންމެ ފުރަތަަމަ ކަމެވެ. މިކަން ދިމާވެފައިވަނީ ފާއިތުވެގެން ދިޔަ އަހަރު ގެ ފެބުރުއަރީ މަހުގައެވެ.

ތޯމަސް ބުނެފައިވާ ގޮތުގައި ޕީ.ކޭ.އާރު ޕާޓީ އަކީ ޑރ.މަހާތީރު އާއި ޓޭން ސްރި މުހްޔިއްދީން ޔަސިން ފަދަ ސިޔާސީ ލީޑަރުން ބައިވެރިކުރި ފަރާތެވެ.

އަދި އޭނާ ބުނެފައިވާ ގޮތުގައި، މި ސިޔާސީ ލީޑަރުން ނަކީ ހަމައެކަނި މަކަރާއި ޙީލަތުން ފުރިގެންވާ ބައެއް ނޫން ކަމަށާއި ޑރ.މަހާތީރުގެ ޕާޓީ އާ ގުޅިގެން ސިޔާސީ ކޭމްޕެއް ހިންގައިފައިވާ ކަމަށެވެ.

ތޯމަސް އަކީ 2018 ވަނަ އަހަރުގެ ޖޫން 4 ވަނަ ދުވަހުން ފެށިގެން 2020 ވަނަ އަހަރުގެ ފެބުރުއަރީ 28 ވަނަ ދުވަހާ ހަމައަށް އޭޖީގެ މަޤާމުގައި ހުންނަވައިފައިވާ ބޭފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް