އިންޑިޔާގެ ކޮވިޑް 19 ވެކްސިން ޕްރޮގްރާމް ގޯހުން ގޯހަށް ގޮސް، މީހުން ބިރުވެރި ކަމެއްގެ ތެރެއަށް.

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ކޮވިޑް 19 ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ނުގެންދެވި، މަޑުޖެހިއްޖެ އެވެ. މިގޮތުން، އިންޑިޔާގެ ވަޓްސްއަޕް ބޭނުން ކުރަމުންދާ މީހުން ބުނާ ގޮތުގައި، އެވެކްސިން ޖެހުމުން، ބަލިމީހުންނަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި މިވެކްސިން ޖެހި މީހުންތަކުގެ ތެރެއިން ތިން މީހުން ވަނީ މަރުވެފައެވެ. މިހެންވުމުން، އާންމުންަގެ ތެރެއިން މީހުން ވެކްސިން ޖެހުމަށް އިންކާރު ކުރަމުން އެބަގެންދެއެވެ.

މިހާރު އިންޑިޔާގައި ބޭނުން ކުރަމުން ގެންދަނީ ދެވައްތަރެއްގެ ވެކްސިން އެކެވެ.

ފުރަތަމަ ވައްތަރަކީ ’ކޮވިޝީލްޑް‘ ނަމަކަށް ކިޔާ ވެކްސިން އެކެވެ. މިއީ ގިނަ ޢަދަދެއްގެ ޤައުމުތަކަކުން ބޭނުންކޮށް އެކަމުގެ އެދެވޭ ނަތީޖާ އެއް ފެނިފައިވާ، ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ވައްތަރެއްގެ ވެކްސިން އެކެވެ. މިގޮތުން، މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވަނީ‘ ފޭސް 3 ހިޔުމަން ޓްރަޔަލް‘ ގެ ނަމުން ނަން ދެވިފައިވާ ޓެސްޓް ހަދާ، އޭގެ ނަތީޖާ ހޯދުމަށް ފަހުގައެވެ.

ދެވަނަ ވައްތަރަކީ ’ކޮވެކްޒިން‘ ނަމަކަށް ކިޔާ ވެކްސިން އެކެވެ. މި ވެކްސިން އުފައްދާފައިވަނީ ’ބާރަތު ބަޔޯޓެކް‘ އިންނެވެ. މިވެކްސިން ގެ ’ ފޭސް 3 ޓްރަޔަލްސް‘ ޓެސްޓުތައް އަދި ނުހެދި ހުރި ނަމަވެސް، އިންޑިޔާ ސަރުކާރުން ވަނީ މިއީ 110 ޕަސެންޓް ރައްކާތެރި ވެކްސިނެއްގެ ގޮތުގައި އަންގަވައިފައެވެ.

އިންޑިޔާގެ އާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެރިވާން ފެށީ ކޮވިޑް ވެކްސިންގެ ސަބަބުން އެކި މީހުންނަށް ދިމާވެފައިވާ ކަންތައްތަކާ ގުޅިގެންނެވެ. މިގޮތުން، އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގެ ރައްޔިތަކު ކޮވިޑް ވެކްސިން ޖެހުމުގެ ސަބަބުން މަރުވިއެވެ. އަދި ހަމަ މި ސްޓޭޓް ގެ އެހެން ސަރަޙައްދަކުން ވަނީ ކޮވިޑް ވެކްސިން ޖެހި މީހަކު މަރުވެފައެވެ. މިއީ މި ވެކްސިން ގެ ސަބަބުން މަރުވި ދެވަނަ މީހާއެވެ.

މި ވެކްސިން ގެ ސަބަބުން އިންޑިއާ ގައި އެންމެ ފުރަތަމަ މަރުވި މީހާ ގެ ގައިން ވެކްސިން ގެ ނޭދެވޭ އަސަރުތައް ފެންނަން ފެށީ ވެކްސިން ޖެހިތަން 24 ގަޑިއިރު ފަހުންނެވެ. އޭނާ ޖަހާފައިވަނީ’ކޮވިޝީލްޑް‘ ވެކްސިން އެވެ. ވެކްސިން ޖެހިތަން 24 ގަޑިއިރު ފަހުން، އޭނާއަށް ހާރޓް އެޓޭކެއް ޖެހި، ހޮސްޕިޓަލް ގައި އެޑްމިޓްކޮށްފައި އޮއްވައި، އޭނާ ވަނީ މަރުވެފައެވެ.

އިންޑިޔާގެ ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި، ވެކްސިން ޖަހައިގެން ނޭދެވޭ އަސަރުތައް ކޮށް، މަރުވުމަކީ މިވެކްސިން އާ އެއްގޮތަކަށް ވެސް ގުޅުންހުރި ކަމެއް ނޫންކަމުގައެވެ. އެހެންނަމަވެސް އެކަމަށް އެއްބަސްވެވޭ ފަދަ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް