ނ.މާފަރުގައި ހެދިފައިވާ ކޮވިޑްޓެސްޓް ލެބޯޓްރީ އާއި ބެހޭގޮތުން އެއީ ފޭކްނިއުސް- އޭޑީކޭ

Loading

Facebook
Twitter
WhatsApp

ނ.މާފަރުގައި ގާއިމުކޮށްފައިވ ކޮވިޑް19 ލެބޯޓްރީގައި ހެދިފައިވާ ޓެސްޓްތަކާ ގުޅޭގޮތުން، މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ފޭކްނިއުސް ކަމުގައި އޭޑީކޭ އިން ބުނެފިއެވެ. އޭޑީކޭގެ ސީނިއަރ މެނޭޖްމަންޓުން ބުނީ އެވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.

މާފަރުގައި ޕީސީއާރ ޓެސްޓް ލެބޯޓްރީއެއް ގާއިމުކޮށްފައިވަނީ ހިލްސައިޑު ވިލާ ޕލ އާއި އޭޑީކޭ ހޮސްޕިޓަލާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން 6 މަސް ދުވަހުގެ މުއްދަތަށް ލެބޯޓްރީ ހިންގުމުގައި އެހޮސްޕިޓަލުން އެނހީތެރިވެ ދިނުމަށް ކަމުގައެވެ. އެގޮތުގެ މަތީން 6 މަސްދުވަސް ހަމަވުމުން އޭޑީކޭ ހޮސްޕިޓަލުން އެތަން ދޫކޮށްލައި ހިލްސައިޑް ވިލާ ޕލ އާއި ވަނީ ޙަވާލުކޮށް ނިމިފާވާކަމަށެވެ.

އެ ލެބޯޓްރީ ހުޅުވާފައިވަނީ ޕީސީއާރ ލެބޯޓްރީއެއް ހިންގުމަށް ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިންސްޕެކްޓް ކުރުމަށްފަހު ގަވާޢިދުން ހުއްދަލިބިގެނެވެ. އަދި އެ ލެބޯޓްރީގައި ހަދާފައިވާ ހުރިހާ ޓެސްޓްތައް ހެދިފައިވާނީ ޓެސްޓްކުރުމަށް ބޭނުންވާ އެންމެހާ ކޮންޓުރޯލްތައް ބަރާބަރަށް ހިފަަހައްޓައިގެންކަމުގައި އޭޑީކޭ އިން މިއަދު ނެރުނުބަޔާނުގައި ބުނެފައިވެއެވެ. އަދިހަމަ އެހެންމެ އެ ލެބޯޓްރީއިން ކުރެވުނު ހުރިހާ ޓެސްޓްތަކުގެ ރެކޯޑްތައް މެޝިނުން އެނގެންހުނާނެކަމަށެވެ.

އަދި މީގެ އިތުރުން ކޮލިޓީ ހިފެހެއްޓުމަށް ބަލާ ބެލުންތައްބެލުމަށްޓަކައި ރެންޑަމްކޮށް އެހެން ލިބޯޓްރީ ތަކުގައި ވެރިފިކޭޝަން ޓެސްޓްވެސް ކޮށްފައިވާނޭކަމުގައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަން (ކިޔޫ.އައި.ޑީ) އިން އެލެބޯޓްރީގެ އިނސްޕެކްޝަންވެސް ހައްދަވާފައިވާކަމާއި އަދި އެލެބޯޓްރީއާއި އޭޑީކޭ ހޮސްޕިޓަލާއި ދޭތެރޭ ހެދިފައިވާ އެގްރީމެންޓް ހަމަވެ އެތަނުގެ ޚިދުމަތް ކަނޑާލިއިރު އެތަނުގައި ސްޓޯކުރެވިފައިވާ ސޭމްޕްލްތައްވެސް ވާނީ އެޗްޕީއޭ އާއި ޙަވާލުކުރެވިފައެވެ. މިބުނީ އަކީ އެހެންވެސް ޓެސްޓް ލެބޯޓްރީތަކުގައި ތަފާތު ސަބަބުތަކާއިހުރެ ފައްސި މީހަކު ފޯލްސް ނެގެޓިވް ރިޒަލްޓެއް ނޯވެދާނެ ވާހަކައެއްނޫން.

ބައެއް މީޑިއާ ބުނެފައިވާގޮތުން މަނަފަރުގައި ގާއިމުކުރި ކޮވިޑް19 ލެބޭޓްރީއަކި ރާއްޖޭގައި ފުޅާދާއިރާއަކަށް ޓްއަރިޒަމް ވިޔާފާރި ކުރާ ސޯަނޫ އާއި އޭޑީކޭ ހޮށްޕިޓަލުން ގުޅިގެން ހިންގި ފައިދާބޮޑު ވިޔާފާރިއެކެވެ. އަދި އެލެބޯޓްރީގެ ސަބަބުން އެތައްހާސް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވެއެވެ. އަދި އޭރު ޚަބަރު ފެތުރީ މާފަރުގެ މިލެބޯޓްރީ އަކީ ސޯނޫގެ ދީލަތި އެހީއެއްގެ ގޮތުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް