ސައުދީ އަރަބިއްޔާ އާއި އިޒްރޭލު ސުލްހަ ވުމަށް ސައުދީގެ ސްކޫލް ފޮތްތަކުގައިވާ މަޢުލޫމާތު ތައް އިޒްރޭލުގެ ވިސްނުމާ އެއްގޮތް ކުރަނީބާ؟

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިއްޔާގެ ސްކޫލް ފޮތްތަކުގައިވާ މަޢުލޫމާތު ތައް އިޒްރޭލުގެ ވިސްނުމާ އެއްގޮތަށް ބަދަލުކުރުމަށް މަސައްކަތް ފެށުމަކީ ސައުދީ އަރަބިއްޔާ އާއި އިޒްރޭލު ސުލްހަ ވުމަށް އެޅޭ ފުރަތަމަ ފިޔަވަޅުބާ އެވެ؟

މިގޮތުން، ޔަހޫދީންނާ ދެކޮޅަށް ލިޔެވިފައިހުރި ލިޔުންތަކަށް ބަދަލު ގެނެސް ފައިވެއެވެ. މީގެއިތުރުން، އަންހެނުންގެ މައްޗަށް ހެދިފައިވާ ބައެއް ޤަވާއިދު ތައް އިސްލާހުކޮށް އެކަންތައްތަކަށް ވެސް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ގެ ދަރިކަލުން ވަނީ ބަދަލު ގެންނަވައިފައެވެ.

ވަސާބީ ދަ ކެޓް ގެ ޓްވީޓެއްގައި ބުނެފައިވާ ގޮތުން، މިދެޤައުމު ސުލްހަ އަކަށް ގެނެވިދާނެ ފުރަތަމަ ފިޔަވަޅަކީ މިއީއެވެ.

ނަމަވެސް ސައުދީ އަރަބިއްޔާ އިން އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ ގޯހުން ގޯހަށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވަނީ ސައުދީ އަރަބިއްޔާ އާއެކު އެޤައުމުން ޤާއިމު ކޮށްފައިވާ ގުޅުންތައް ނައްތާލުމަށް ވަޢުދު ވެފައެވެ. ޖޯ ބައިޑަން މިގޮތަށް ވަޢުދު ވެފައިވަނީ ސައުދީ އަރަބިއްޔާ އިން ކުރަމުންދާ ޢަމަލުތަކުގެ ސަބަބުންނެވެ.

ބައިޑަން ގެ ސަރުކާރުގެ ފުރަތަމަ ހަފްތާ ގެ ތެރޭގައި އެކަނިވެސް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ސައުދީ އަރަބިއްޔާ އަށް ދިނުން ވަނީ ހުއްޓުވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް