ރާއްޖެއިން ގަތަރާއި އެކު އަލުން ގުޅުން ގާއިމް ކުރަނީ

Loading

Facebook
Twitter
WhatsApp

މީގެ 3 އަހަރު ކުރިން ރާއްޖެއިން ވަނީގަތަރާއި އީރާނާއިއެކު ކުއްލިގޮތަކަށް ގުޅުން ކަނޑާލާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެއީ ސައޫދީގެ ފިއްތުންތަކާއިހެދި ޔާމީނުގެ ސަރުކާރުން ނިންމެވި ނިންމުމެކެވެ. އިއްޔެ އޮތް އަރަބި ސަމިޓްގައި ގަތަރާއިއެކު ގުޅުން ބަދަހިކޮށް ޑިޕޮލޮމެޓިކު ގުޅުން އަލުން އިއާދަކުރުމަށް ސައުދީން ނިންމުމާއި ގުޅިގެން ގަތަރާއި އެކު ދިވެހި ރާއްޖެއިން ކަނޑާލި ޑިޕްލޮމެޓިކް ގުޅުން އަލުން ބަދަހި ކުރުމަށް މިއަދު ނިންމައިފިއެވެ.

މިކަން އެގޮތަށް ނިންމަވައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ގަލްފު ސަމިޓަށްފަހު ޢަރަބި ގައުމުތަކުން ނިންމި ނިންމުންތަކާއި، އެއްބަސްވި އެއްބަސްވުންތަކަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށާއި، ގަތަރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށްފު އަލުން ގަތަރާއި އެކު ރާއްޖެއިން ގުޅުން ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ސޯލިޙު ވަނީ އެމަނިކުފާނުގެ ކޭމްޕެއިން ދުވަސްވަރު ގަތަރާއި އެކު އަލުން ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ގަބޫލުކުރެވޭގޮތުގައި ސަޢުދީގެ ދެބަސްވުމާއިހެދި އެކަންނުވެ ދިގުލީއެވެ. ގަތަރާއިއެކު ޑީޕޮލޮމެޓީކު ގުޅުން ކަނޑާލިނަމަވެސް ގަތަރާއި ރާއްޖެއާއި ދެމެދު ވިޔާފާރީގެ ގުޅުންތަކަށް ބަދަލެއް ނާދެއެވެ. ގަތަރު އެއާލައިންނަކީ އިމެރެޓްސް އެއަރލައިން ފިޔަވާ މިކޮވިޑުގެ ލޮކުޑައުން ދުވަސްވަރު ރާއްޖެއަށް އެންމެގިނައިން ޓުއަރިސްޓުން އުފުލި އެއަލައިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް