މެލޭޝިޔާ: ކޮވިޑް ގެ އިތުރު 5728 ކޭސް ރެކޯޑް ކުރެވި، މަރުވި މީހުންގެ އަދަދު 13 އަށް.

Loading

Facebook
Twitter
WhatsApp

މެލޭޝިޔާގައި ކޮވިޑް19 ގެ އިތުރު 5728 ކޭސް ރެކޯޑް ކުރެވި، ޖުމްލަ ޢަދަދު 209،661 އަށް އަރައިފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވާ ގޮތުގައި، މެލޭޝިޔާގެ ސްޓޭޓެއް ކަމުގައިވާ ސެލަންގޯ އިން، 3285 އައު ކޭސް ރެކޯޑް ކުރެވިފައިވެއެވެ.

ޖަނަވަރީ މަހުގެ 30 ވީ ހޮނިހިރު ދުވަހުގައި، މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިބަލީގެ ސަބަބުން އިތުރު 13 މީހުން މަރުވެ، މަރުވި މީހުންގެ ޖުމްލަ އަދަދު 746 އަށް ގިނަވެފައިވާ ކަމަށެވެ.

މެލޭޝިޔާ ސަރުކާރުން މިހާރު މަޝްވަރާ ކުރަމުން ދަނީ ކޮވިޑް ފެށުނުއިރު ގައި ލޮކްޑައުން ކުރި ފަދައިން، ވިޔަފާރިތަކާއި އިތުރު ޙަރަކާތް ތައް މެދުކަނޑާލަައި، އެއްކޮށް ލޮކްޑައުން ކުރުމަށެވެ. އަދި މިގޮތަށް އެއްބަސްވެއްޖެނަމަ، މި އަހަރުގެ ފެބުރުއަރީ މަހުގެ މެދު ތެރޭގައި ލޮކްޑައުން ކުރުމަށެވެ.

އެހެންނަމަވެސް، މިޤައުމުގެ ވިޔަފާރީގެ ޖަމްޢިއްޔާ ތަކުންނާއި އެން.ޖީ.އޯ ތަކުން ވަނީ، އިތުރު ލޮކްޑައުން އެއް ކުރެވޭނެ ވަރަށްވުރެ ޖަމްޢިއްޔާ ތަކުގެ ޙާލަތު ގޯސްކަމަށް ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް