ހައިކޯޓުން ރައީސް ޔާމިނުގެ ޙުކުމް ދަމަހަށްޓައިފި

Loading

Facebook
Twitter
WhatsApp

މިއަދު ހައިކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލުގެ ޙުކުމް ދަމަހަށްޓަން ޙުކުމް ކޮށްފިއެވެ.

ރައީސް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދިޔައީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.

އެ މައްސަލާގައި ފަނޑިޔާރު މަޒީދާއި ފަނޑިޔާރު ނިޔާޒްގެ ރައުޔު އެއްގޮތްވިއިރު، ފަނޑިޔާރު ޝަހީދުގެ ރައުޔު ވަރަށް ބޮޑަށް ތަފާތެވެ.

އެ މައްސަލަ ހައިކޯޓުން ދެމެހެއްޓިއިރު، ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުން މިހާރު ވަނީ ކޮށްފައެވެ. އެ ޝަރީއަތްތައްވެސް ކްރިމިނަލް ކޯޓުގައި މިހާރު ފަށައިފައެވެ.

2019 ވަނަ އަހަރު ކުރިމިނަލް ކޯޓުން ޔާމީންއަށް ކުރި މަނީލޯންޑަރިންގް ޙުކުމްގައި ވަނީ ކުށް ސާބިތުވާތީ 5 އަހަރު ދުވަހުގެ ޖަލަށް ލުމަށާއި 5 މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. މިހާރުވެސް ޔާމީނު ހުންނެވީ އެޙުކުމް ތަންފީޒްކުރުމަށް ޖަލުގައެވެ.

 

Loading

One Response

  1. 1 ފެބްރުއަރީގެ ހިބަރު ވަދު ޖައްސާ ޙުކުމް ނެރުނު ގައުމު ކޮން ގައުމޫ؟ މޯދިވްސްތާނު؟ ނޫނީ މީލްޑިވެސް؟ ވީއިތު ހިބަރު ވަދުޖެއްސެންޏާއި ވެރިކަމުގައި އަމުދުން ތިބޭއިރު ކިހާ ފައްސިކޮށް ބާނާލެވޭނެތޯއެވެ. ނޯ ސަރޕްރައިޒް! ދެން އަދި ސުޕްރީމް ކޯޓުވެސް ބަލާލައްވާ ޔާމީނު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް