ނެއްލައިދޫ ބަނދަރު މަޝްރޫޢު މަސައްކަތް ނިމުމަކާއި ކައިރިވެއްޖެ

Loading

Facebook
Twitter
WhatsApp

އެމްޓީސީސީ އިން ހިންގަމުން ގެންދާ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %42 ނިންމާލެވިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ.

47 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ހިންގިފައިވާ މިންވަރު ހާމަކުރަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން (އެމްޓީސީސީ) އިން ބުނީ ހދ.ނެއްލައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %42 ނިމާލެވިފައިވާކަމުގައެވެ.

”މި މަޝްރޫޢުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ %5 ވަނީ ނިމިފައި“ 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވާ ނެއްލައިދޫ ބަނދަރުގެ މަސައްކަތާއި ބެހޭގޮތުން އެމްޓީސީސީ އިން މަޢުލޫމާތު ދެއްވަމުން ބުނެފައިވެއެވެ.

ނެއްލައިދޫ ބަނދަރުގެ މަޝްރޫޢުގެ ދަށުން 62863 ކިއުބިކް މީޓަރުގެ ސަރަހަައްދެއްގެ ބަނދަރު ފުންކުރުމަށާއި، ބިން ހިއްކުމަށާއި، 331 މީޓަރުގެ ސަރަހަައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ އަދި މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެކަމަށް ބެލެވެއެވެ.

އޭގެ އިތުރުން 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާއިރު، 2102 އަކަ މީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހެދުމަށާއި، ނެރު ބައްތިއާއި، މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފަވެއެވެ.

ނެއްލައިދޫއަކީ 859 މީހުންގެ އާބާދީއެކެވެ.

 

Loading

One Response

  1. އެމްޓީސީސީ ގެ އެމްޑީ އާޒިމް ހިންގުންތެރީ. އެތަނުން ފައިދާވެސް މިދިޔައަހަރު އެލިބުނިއެވެ. ވީމާ ކުންފުނި ރަނގަޅަށް ހިންގޭކަހަލަ މީހުނަށް ޗާންސް ދެވުނީމާ ފައިދާވެ ރައްޔަތުންނަށްވެސް މަންފާލިބެނީއެވެ. ޕާޓީ ކުލަ ޖައްސައިގެން ގައުމުން ހިންގަންއުޅުމަކީ ގެއްލުމާއި ހަލާކު ހުރިކަމެކެވެ. މިފްކޯ އުވާލައްވާށެވެ. އަދި އެހެނިހެން ބޮޑެތި ގެއްލުމުގައި ސަރުކާރުން ހިންގާ ދައުލަތުގެ ވިޔާފާރި ހުއްޓާލައްވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް