ރާއްޖޭގެ އިގްތިސާދު އިތުރު ބާރުމިނެއްގައި ކުރިއަށްގެންދިއުމަށް ޗައިނާއިން އެހީވާނެ.

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އިގްތިސާދު އިތުރު ބާރުމިނުގައި ކުރިއެރުވުމަށް ޗައިނާގެ ކުންފުނިތަކުން އަލުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަށް ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު، ޒަންގް ލީޒޯންގް ވިދާޅުވެއްޖެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އިއްޔެ ކުރެއްވި ޒިޔާރަތުގައި ސަފީރު ޒީލޯންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަފީރު މިއަދު ވިދާޅުވީ، އުނދަގޫ ވަގުތުގައިވެސް އެ ގައުމަށް ނިސްބަތްވާ ކުންފުނިތަކުންވެސް ރާއްޖޭގައި މަސައްކަތް ފަށާފައިވާ ކަމަށާއި މި މަސައްކަތްތައް ފެށުނީ ރާއްޖޭގެ ވެސް އެއްބާރުލުމާއެކު ކަމަށެވެ. އަދި އެއީ ދެގައުމަށްވެސް އެންމެފައިދާ ބޮޑު ގޮތްކަމަށެވެ. އަދި މި މަސައްކަތްތައް ފެށިގެންދިޔުމަކީ ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދެވޭ އެހީއަކަށް ވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ވެލާނާ އެއަރޕޯޓުގެ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމްގެ ގިނަ މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެފައެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ޖެޓް ފިއުލް) އެއަރޕޯޓުގައި ރައްކާކުރެވޭ މިންވަރު މިހާރަށްވުރެ ވަރަށް ބޮޑުތަން އިތުރުކުރެވިގެންދާނެއެވެ.

މީގެ އިތުރުން، ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100 ހާސް ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު އެއް މިލިޔަން ލީޓަރަށް އިތުރުކުރެވިގެންދާނޭކަމަށް ބުނެއެވެ. ހަމައެއާއެކު، ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓްތައް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެއެވެ.

‎އެއަރޕޯޓްގެ އޭޕްރަން ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް އިތުރުކުރި އޭޕްރަންގެ މަސައްކަތް ނިމި މިހާރު ބޭނުންކުރަމުންދާއިރު، މިހާރު ކުރިއަށްދަނީ ކުރީގެ އޭޕްރަން އާ ކުރުމުގެ މަސައްކަތެވެ. އޭޕްރަންތައް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ކުރިން އޭޕްރަންގައި ޕާކިން ސްޕޭސްގެ ގޮތުގައި ބޭނުންކުރަމުންދިޔައީ އައްޑިހަ ހަހާސް އަކަމީޓަރުގެ ސަރަޙައްދެކެވެ. ނަމަވެސް މި މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމޭއިރު އެއަރޕޯޓްގައި މަތިންދާބޯޑު ޕާކުކުރެވޭ ޖާގަ 212،000 އަކަމީޓަރަށް އިތުރުވެގެންދާނެކަމަށް އެއްޕޯޓުން މަޢުލޫމާތް ދެއެވެ.

ވީ.އައި.އޭ. ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން VIP އަދި CIPގެ ޖާގަ ވެސް އެތައް ގުނައެއް އިތުރުވެގެންދާނެއެވެ. އަދި މިހާރުގެ ޕަސެންޖަރ ޓަރމިނަލް އަކީ ސައްބިސްހާސް އަކަމީޓަރުގެ ޖާގައިގެ ތަނެއް ނަމަވެސް، މުޅި ޓަރމިނަލްގެ މަސައްކަތް ނިމުމުން އެ ތަނުގެ ޖާގަ ހަތްދިހަ އަށްހާސް އަކަމީޓަރަށް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް ގެ އައު ސީޕްލޭން ޓަރމިނަލްގެ މަސައްކަތްތަކުގެ 99% މިހާރު ވަނީ ނިމިފައެވެ. އެ ތަނަށް ސީޕްލޭންގެ އޮޕަރޭޝަންތައް ބަދަލުކުރެވުމުން ސީޕްލޭން އޮޕަރޭޝަނަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން އެއަރޕޯޓްގެ މައި ރަންވޭ ބޭނުންކުރަން ފެށި، މުޅި އެއަރޕޯޓްގެ އޮޕަރޭޝަން އިތުރަށް ފުރިހަމަވެގެން ދާނެއެވެ. VELANA ތަރައްޤީކުރުމުގެ މަޝްރޫޢަކީ ގާތްގަޑަކަށް 1.2 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް