އެމްޑީޕީ ޕްރައިމަރީ: ވަގު ހެދުމާއި, ފޮށި ފެޅުމާއި, ހައިޖާނު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ޝަކުވާތައް ގިނަވެ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން އެބަދެއެވެ. މިއަދު އެންމެ ފުރަތަމަ ފެންމަތިވީ ވޯޓުލުން ފަށާ ގަޑިއަކީ 09:00 ކަމަށްވާއިރު ލ.މުންޑޫގައި އޭގެ ކުރިން ވޯޓުލާން ފެށި މައްސަލައެވެ. އެއަށްފަހު އިވިގެންދިޔައީ އޮފިޝަލުންގެ އަތުގައި އޮތް ލިސްޓާއި, ޢާންމުކުރި ލިސްޓާ ދިމާނުވާ ކަމުގެ ވާހަކައެވެ. މީގެއިތުރުން ލިސްޓުގައި ނަން ނެތް މީހުން ވޯޓުލަމުން އަންނަ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ. އޭގެ އެއް މައްސަލައަކީ ހޯނޑެއްދޫގައި ލިސްޓުގައި ނެތް މީހަކު އެގޭގެ […]

ދެ ރައީސުން ވޯޓު ލައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ. 11:00 ޖެހުމުގެ އިރުކޮޅެއް ކުރިން ރައީސް ޞާލިޙް ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިހުރި ހިންނަވަރު ދާއިރާގެ ފޮށްޓަށެވެ. ރައީސް ނަޝީދު ވޯޓު ލެއްވުމަށް މަރުކަޒަށް ވަޑައިގަތީ 11:00 ހާއިރުއެވެ. އެ މަނިކުފާނު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީނުގައި ބަހައްޓާފައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮށްޓަށެވެ. މި އިންތިޚާބުގެ ވޯޓުލުން […]

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 09:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު 05:00 އާ ހަމައަށެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ރައީސް މުޙައްމަދު ނަޝީދެވެ. މި އިންތިޚާބުގައި 57,255 މީހުންނަށް ވޯޓު ލެވޭނެއެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތަފްސީލް: ހއ.އަތޮޅު: 3431 ހދ.އަތޮޅު: 2942 ށ.އަތޮޅު: 3387 ނ.އަތޮޅު: 2785 ރ.އަތޮޅު: 2770 […]

“ދީނަށް ފުރައްސާރަކުރި އެމްޑީއެން އުވައިނުލާނެ ކަމުގެ ޔަޤީންކަން ރައީސް ދެފަހަރު ދެއްވި“

އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިނުލައްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެފަހަރެއްގެ މަތިން ދެއްވި ކަމަށް އެމްޑީއެން ހިންގުމުގައި އަދި މިހާރު ވެސް ހިންގަމުންދާ ޝަހިންދާ އިސްމާޢީލް ބުނެފިއެވެ. ރައީސް ޞާލިޙަށް ފާޑު އަމާޒުކޮށް ކުރި ޓުވީޓެއްގައި ޝަހިންދާ ބުނީ އެމްޑީއެން އުވައިލަން ގޮވާލައި ރައްޔިތުން އިހުތިޖާޖުކުރި ދުވަސްކޮޅު ދެ ދުވަހެއްގައި ރައީސް އޮފީހުން އޭނާއަށް ގުޅުއްވި ކަމަށެވެ. އޭނާ ބުނި ގޮތުގައި ގުޅުއްވީ ސެކެޓްރީއަކާއި  ޗީފް […]

ރައީސް ޞާލިޙްގެ އިންޒާރާ އެއްގޮތަށް “ނުލަފާކަން“ ދައްކާލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އއ.މާޅޮހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާނީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ޝުޢޫރު ފާޅުކުރުމާއި, އެއްވެ އުޅުމަކީ “ބޮޑު ބިރެއް“ ގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށްފަހު އެއްވެސް ހުރަހެއްނެތި ޚިޔާލު ފާޅުކުރުމަށް “ތަންމިނަށް“ ހުޅުވާލައިފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. “ތިމާ ފާޅުކުރާ ޚިޔާލެއްގެ ނުވަތަ އުފުލާ އަޑެއްގެ ނަތީޖާއަކަށްވެގެން ނުވާނެ ޖެހިގެން ހުންނަ މީހާގެ ކަންފަތުގެ […]

އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް 100 އަށްވުރެ ގިނަ މަޝްރޫޢު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ހިންގަން އިއުލާނުކޮށް, ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށްފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެފަހުން, ޚާއްސަކޮށް ޖަނަވަރީ ފެށުނު ފަހުން ސަރުކާރުގެ ހަތަރު މިނިސްޓްރީއަކުން ވަނީ ގިނަ ޢަދަދެއްގެ މަޝްރޫޢުތައް އިއުލާނުކޮށް, ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކޮށް އެެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ޔޫތު މިނިސްޓްރީން 40 މަޝްރޫޢު […]

އިބޫގެ ޖަލްސާގެ “ބައިބޯކަން“ ދައްކައިލާނީ އިއްތިހާދުގެ ޕާޓީތަކުގެ މެންބަރުންނާއެކު

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ނިންމުމަށް އައްޑޫގައި ބާއްވާ ޖަލްސާގައި އިއްތިހާދުގެ ޕާޓީތަކުގެ މެންބަރުން ހިމަނައިގެން ރައީސް ޞާލިޙަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާ ނިންމަން ބާއްވާ ޖަލްސާ އޮންނާނީ މިރޭ އައްޑޫ ސިޓީ ހިތަދޫގައެވެ. ޖަލްސާ ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު, ޖަލްސާގެ “ބައިބޯ“ ކަން ދެއްކުމުގެ […]

ރަހުނަކާ ނުލައި 1.2 މިލިއަނާ ހަމައަށް ލޯނާއި ފައިނޭންސިންގ ދޫކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ދޫކުރާ ލޯނާއި, ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ. ރަހުނަކާއި ނުލައި 1.2 މިލިއަނާ ހަމަޔަށް ލިމިޓު އިތުރުކުރިކަން ބީއެމްއެލްއިން ހާމަކޮށްފައިވަނީ މިއަދުއެވެ. އެ ބޭންކުން ބުނީ މިއަދުން ފެށިގެން އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ ’ބީއެމްއެލް ލުއި ލޯނު‘ ގެ ގޮތުގައި ކަމުގައެވެ. ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު […]

ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ފާއިޒު އައްޔަން ކުރައްވައިފި

ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މ.މަނާގެ, ޢަލީ ފާއިޒު އައްޔަން ކުރައްވައި ފަތްކޮޅު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ފާއިޒު ޢައްޔަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވާފައިވާ ކަމަށެވެ. ފާއިޒް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ބ.އަތޮޅުގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމާއި ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ […]

މަސްއޫލިއްޔަތު އަދާކުރާ ކަމަށް ބުނި ނަމަވެސް ބެލުނު ވައްކަމެއް “ހަރާމް“

ކޮރަޕްޝަން މައްސަލަތައް ތަޙްޤީޤުކޮށް އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. އޭސީސީން މިރޭ ބުނީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާއި މިއަދު ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިން ”ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް/ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީ ކަމަށް“ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތް ނުކުރާ ކަމަށް އޭސީސީން ބުންޏެވެ. […]