އެމްޑީޕީ ޕްރައިމަރީ: ވަގު ހެދުމާއި, ފޮށި ފެޅުމާއި, ހައިޖާނު

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ޝަކުވާތައް ގިނަވެ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން އެބަދެއެވެ.

މިއަދު އެންމެ ފުރަތަމަ ފެންމަތިވީ ވޯޓުލުން ފަށާ ގަޑިއަކީ 09:00 ކަމަށްވާއިރު ލ.މުންޑޫގައި އޭގެ ކުރިން ވޯޓުލާން ފެށި މައްސަލައެވެ. އެއަށްފަހު އިވިގެންދިޔައީ އޮފިޝަލުންގެ އަތުގައި އޮތް ލިސްޓާއި, ޢާންމުކުރި ލިސްޓާ ދިމާނުވާ ކަމުގެ ވާހަކައެވެ.

މީގެއިތުރުން ލިސްޓުގައި ނަން ނެތް މީހުން ވޯޓުލަމުން އަންނަ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ.

އޭގެ އެއް މައްސަލައަކީ ހޯނޑެއްދޫގައި ލިސްޓުގައި ނެތް މީހަކު އެގޭގެ އެހެން މީހެއްގެ ނަމުގައި ވޯޓުދިން މައްސަލައެވެ. އެކަމާ ގުޅިގެން ވޯޓުލުން މި ވަގުތަށް ހުއްޓާލައިފައިވާ ކަމަށް އެ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވަނީ ވިދާޅުވެފައެވެ.

“ލިސްޓުގައި ނެތް މީހާ ވޯޓު ލީ މައްސަލަ ނުބަލަނީސް ވޯޓުލުން ކުރިއަށް ގެންދަން އަޅުގަނޑުމެންގެ އެއްބާރުލުމެއް ނެތް.“ ފިރުޝާން ވިދާޅުވިއެވެ.

މީގެއިތުރުން ގދ.ގައްދޫގައި ބޮޑު ހަމަނުޖެހުމެެއް ހިނގައި ވަނީ ވޯޓު ފޮށި ފަޅައިލާފައެވެ.

ވީޑިއޯއަކާއެކު ގައްދޫ ދާއިރާގެ މެންބަރު ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ރަށުގައި މައްސަލަ ބޮޑުވީ ބޮޑީ ކެމެރާ އަޅައިގެން ހުރި މީހަކު ވޯޓުލުމުން ކަމަށެވެ. 

ޒާހިރު ޢާންމުކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުން ގައްދޫ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައް ބިންމައްޗައް އަޅާލައި ކަރުދާސްތައް ވީދައިލާ މަންޒަރު ފެނެއެވެ.

މަޢުލޫމާތު ލިބޭގޮތުން ވޯޓުލާ މަރުކަޒުގެ ބޭރުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޓީމުން ކުޑަ ސްޓޭޝަނެއް ވަނީ ހަދާފައެވެ. އެ ތަނުން މީހުންގެ އަތަށް ކެމެރާއެއް ދެއެވެ. އަދި ވޯޓުލާން ދާންޖެހެނީ އެ ކެމެރާ ހިފައިގެންނެވެ.

Loading

5 Responses

  1. މަމެންނަށް ޚަބަރު ލިބޭ ގޮތުގައި ފުލުހުންގެ އިދާރާ ގައި ހުރި ހުރިހާ ބޮޑީ ވޯރން ކެމެރާ ތައް ވަނީ މިހާރު ފުލުހުންގެ އިދާރާއިން ބޭރުވެފައޭ ބޮޑީ ވޯރން ކެމެރާ ހަރުކޮށްގެން ލާވޯޓް ގަނޑުގެ ފޮޓޯ ނަގާ ގެނެސްދިނުމުން 5000 ރުފިޔާ ދޭ ކަމަށް މަމެންނަށް ވަނީ ޔަގީން ވެފައޭ މާލެ ސަރަހައްދުގައި ބޮޑީވޯން 100 ކެމެރާ އެބަގެންގުޅޭ މިގެންގުޅެނީ ސީދާ ރައީސް އިބޫގެ ފެކްޝަންގެ މީހުންނޭ ރައްޔިތުން ނުލާ ވޯޓް އިން ހޮވެން އުޅުން އެއީ ދެން ރައްޔިތުންނަށް ހަރާމްކޯރުވުމޭ ރައީސް އިބޫ މަގާމުން ބޭރުކުރޭ ތިޔާއީ ބޮޑުވަގެކޭ ރައްޔިތުންލާ ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އަންނަމީހަކު ރައްޔިތުންގެ ގޮހޮރުގަނޑު ވެސް ދަމައިގަންނާން ފަސް ނުޖެހޭނެއޭ އަދި އޭނާ ފޮނުވައިގެން ބޮޑެތި ވަގުން ތަކެއް މާލޭގައި ކިޔަނީ ހޮވޭނީ ރައީސް އިބޫއޭ އޭނާ ނުހޮވޭނެއޭ އެއީ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ

  2. ތިމަރަފުށީ ވޯޓް އަންދާލި ބޮޑޭގެ ރޭވުމޭ އެއްގޮތަކަށް ވެސް ފުރުސަތު ދީގެން ނުވާނެއޭ ވޯޓް އޮޅުވާލަން ކިއެއްވެތޭ އެއް ރަށަކަށް ވޯޓްލާ ނިންމާ މީހުން ދެން މާލެއަށް ލޯންޗް ގައި އައިސް ވޯޓް ތިޔާ ލެވޭ ގޮތް ހަދާފައި އޮތީ ވޯޓާރސް ލިސްޓް ވަނީ ވަރަށް ބޮޑަށް އޮޅުވާލާ މަކަރާއި ހީލަތް ހަދާފައޭ ވޯޓްގެ ނަތީޖާ އެއްގޮތަކަށް ވެސް ތިހާ ފަސޭހައިން މަމެން ގަބޫލު ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ސައްހަ ވޯޓް ލުމުގެ ނިޒާމަކީ ވޯޓްލާ މީހާލީ ވޯޓްގެ ސްލިޕެއް ވޯޓްލި މީހާއަށް ދިނުމޭ އެނޫން އެއްގޮތެއް ވެސް ނޯންނާނެއޭ މަމެން ތިޔާ ވޯޓްގެ ނަތީޖާ ގަބޫލުކުރާނެ ގޮތެއް ނޯންނާނެއޭ ދެފުށް ފެންނަ ގޮތަށޭ ވޯޓްލާ އަދި ނަތީޖާ އިއުލާން ކުރަން ޖެހޭނީ….

  3. ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން އެކީގައި އަންނި އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި އަންނި ހޮވަމާ ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ނަފާ ހޯދަން މާލެ ސަރަހައްދުން ލިބޭ ގޯތިން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ރުވަން ފެންދީ މިއުއްމީދު އާރޯކުރަން ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  4. މިއީ ޕާރޓީ ނިޒާމުގެ ހަގީގަތަކީ. މިއިން ފިލާވަޅު ލިބިގަނެ އެއްވެސް ސިޔާސީ ޕާރޓީ އަކުން ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކަށް ވޯޓު ނުދޭންވީ. އޭރުން ރަނގަޅަށް މަހަށް ދެވޭނެ. މިއީ މަގޭ ޚިޔާލު އަދި މަ ވޯޓު ދޭނެ ގޮތް. މަށަށް އެނގޭ އެހެން އެކަކުވެސް މިގޮތް ގަބޫލު ނުކުރާނެކަން. އެކަމަކު ފަހުން ކިޔާނެ ވަގު ސަރުކާރޭ. މުޅިންވެސް ކުރަނީ ވައްކަމޭ.

    1. ބުރޯ. ޕޭ ޕޭ ޕޭ އައި ގިވް މައި މަދަރ ފަށްޓަރުބައިވެސް. އެއީ މިއަދުގެ ގައުމިއްޔަތު ޚަރާބުވެފައިވާ ވަރެވެ. ޕޭ ޕޭ ޕޭ އައި ނީޑް ކޭޝް!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް