އިބޫގެ ޖަލްސާގެ ''ބައިބޯކަން'' ދައްކައިލާނީ އިއްތިހާދުގެ ޕާޓީތަކުގެ މެންބަރުންނާއެކު

Loading

Facebook
Twitter
WhatsApp

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ނިންމުމަށް އައްޑޫގައި ބާއްވާ ޖަލްސާގައި އިއްތިހާދުގެ ޕާޓީތަކުގެ މެންބަރުން ހިމަނައިގެން ރައީސް ޞާލިޙަށް ރައްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާ ނިންމަން ބާއްވާ ޖަލްސާ އޮންނާނީ މިރޭ އައްޑޫ ސިޓީ ހިތަދޫގައެވެ. ޖަލްސާ ބޭއްވުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު, ޖަލްސާގެ “ބައިބޯ“ ކަން ދެއްކުމުގެ ގޮތުން އެކި ރަށްރަށުން މީހުން އެ ރަށަށް ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭގެތެރޭގައި ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން ހިމެނޭ ކަމަށް ވެސް ސަންދާނަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

ދާދިފަހުން ދަނގެއްޗަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވަނީ އިންތިޚާބު ކާމިޔާބުކުރުމަށް އެހެން ޕާޓީތަކުގެ މެންބަރުންގެ އެހީތެރިކަން ބޭނުންވެވަޑައިގަންނަވާ ކަމުގަައި ވެސް ވިދާޅުވެފައެވެ.

“ތިބޭފުޅުން ވިސްނައިދެއްވާ ތިބޭފުޅުންގެ ގާތް އެކުވެރިންނަށް“ ދަނގެތީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭ ގޮތުން ރާއްޖޭގެ ބޮޑެތި ރަށްރަށުގެ އެމްޑީޕީ މެންބަރުންގެ ތާއީދު އޮތީ ރައީސް މުޙައްމަދު ނަޝީދަށެވެ. އެ ގޮތުން ކުޅުދުށްފުށި ސިޓީގެ އަޣުލަބިއްޔަތު އޮތީ ނަޝީދަށް ކަމަށް އެ ރަށުގެ ބޭފުޅަކު ސަންދާނަށް މިއަދު ވިދާޅުވިއެވެ.

ނަޝީދުގެ ކެމްޕޭން ނިންމާ ޖަލްސާ މިރޭ މާލޭގައި ބާއްވަން ނިންމާފައިވާއިރު, އެ މަނިކުފާނުގެ އަރިހުގައި ތިއްބެވީ ސީދާ އެމްޑީޕީގެ މެންބަރުންނެވެ. 

ނަޝީދު ވިދާޅުވި ގޮތުގައި މި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނީ އެމަނިކުފާނެވެ. އޭގެ މައިގަނޑު ސަބަބަކީ ރައީސް ޞާލިޙަށް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ނުކުރެއްވެވެވުމުގެ ސަބަބުން ރައްޔިތުން އެމަނިކުފާނުގެ މަތިން ފޫހިވެފައި ތިބި ތިބުމެވެ. 

“އިއްތިހާދުވެފައި ވަނީ މި ޕާޓީއާ އަބަދުވެސް އެކި ގޮތްގޮތުން ރުޅިއަރާފައި ތިބި މީހުންނާ. ރައީސް މައުމޫނާއި ޢަދާލަތު ޕާޓީ. މި ބޭބޭފުޅުންނަކީ އެއްވެސް އިރެއްގައި އެއްގޮތަކަށް ވެސް އެމްޑީޕީ ފަލްސަފާއެއް ވެސް ވިސްނުމެއް ވެސް ސިޔާަސަތެއް ވެސް ބަލައިގަތް ބައެއްނޫން.“ ގއ.މާމެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވިއެވެ.

“ޕްރައިމަރީ އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިއޮތީ ކާމިޔާބު ކުރެވިފައި. އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވައެއްގައި އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތް.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުރެއްވި ދަތުރުފުޅުތަކުން އެކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

Loading

2 Responses

  1. ފަލްސަފާގެ ވާހަކަ ދައްކާއިރު ވެރިކަމުގެ އެންމެ ފުރަތަމަ ފަލްސަފާއަކަށް ވާންޖެހޭނީ ރައްޔިތުންނަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ރައްޔިތުން 5 އަހަރުދުވަހުގެ މުއްދަތަށް ވެރިކަން ހަވާލުކުރަނީ ރައީސަކާ ނައިބު ރައީސަކާ ދެބޭފުޅުންނަށެވެ. އެކަކު އަނެކަކަށް ރަނގަޅުގޮތުގައި ވާގިވެރިވުން ޝަރުތު ކޮށްފައެވެ. ރައްޔިތުން ވޯޓުދިނީ ދެބޭފުޅުންނަށެވެ. އަނބިމީހާދެކެ ފޫހިވީމާ ވަރިކުރާގޮތަށް ނައިބުރައީސް ނަގާފާ ހޫރާލެވޭ ގޮތަކަށް ނޫނެވެ. އަތުގައިބާރު އޮތީމާ ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ.
    މިރާއްޖޭގައި މިހާތަނަށް ޑިމޮކްރެސީގެ ވެރިކަމެއްގެ 5 އަހަރުދުވަސް ކޮންމެކަހަލަ ފަލްސަފާއެއްގައިވިޔަސް ފުރިހަމަ އެ ކުރައްވަނީ ރައީސް ސޯލިހެވެ. ދެން ރައީސްކަން ކުރެއްވި ކޮންމެ ބޭފުޅަކުވެސް ބައްލަވާފައިވަނީ އަތުގައި އޮތް ބާރުގެ ބޭނުން ކުރާނެ ފަލްސަފާއެކެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ފަލްސަފާއެއްގެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތީމެވެ. އެއީ ދިވެހި ވެރިކަމުގެތެރޭގައި މިހާތަނަށް ރައްޔިތުންނަށް ދައްކާފައިއޮތް ފަލްސަފާއެއް ނޫނެވެ.

  2. Kithamme varakah khushaamadhu kurias RI akee gaabil meeheh noon, haggu gothugaa kuri kameh neh thedheh buni emme fahareh ves neh komme kamehgaa ves fennaanee khiyaanaiy koraputu vegen boakolhu nuhikeyvaruge verieh gaumu miahvure bodah alhuvethi vi verikamah migaumugaa dhuvahakuves nukurey faahish vegen viyyaa vee hurihaa kameh emme mathee kuribosheega dheenah furassaara kurun inthihaa naibu raees athugaa hifaigen hurumakun adhi e ee verikamah kufoohama vumeh noon, mi komentu jahaane tha? Vki baegge moment minoohugaa ves jahanee.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް