ދެ ރައީސުން ވޯޓު ލައްވައިފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.

11:00 ޖެހުމުގެ އިރުކޮޅެއް ކުރިން ރައީސް ޞާލިޙް ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިހުރި ހިންނަވަރު ދާއިރާގެ ފޮށްޓަށެވެ.

ރައީސް ނަޝީދު ވޯޓު ލެއްވުމަށް މަރުކަޒަށް ވަޑައިގަތީ 11:00 ހާއިރުއެވެ. އެ މަނިކުފާނު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީނުގައި ބަހައްޓާފައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮށްޓަށެވެ.

މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު 09:00 ގައެވެ. ނަމަވެސް ލ.މުންޑޫގައި 08:35 ހާއިރު ވޯޓުލުން ފަށާފައިވާ ކަމަށް ނަޝީދުގެ އިންތިޚާބީ އެޖެންޓް ޙަސަން ލަޠީފް ތުހުމަތު ކުރައްވާފައިވެއެވެ.

މީގެއިތުރުން އޮފިޝަލުންގެ އަތުގައި އޮތް ވޯޓު ލިސްޓާއި ޝާއިއުކުރި ލިސްޓު ދިމާނުވާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް ޙަސަން ވިދާޅުވެފައިވެެއެވެ.

މި އިންތިޚާބުގައި ބައެއް ކަހަލަ ހަމަނުޖެހުންތައް ހިނގާފައިވާއިރު ދެ ދާއިރާއެއްގެ މީހުން އެއް ފޮށްޓަށް ވޯޓުލާންޖެހޭތީ އެކަމާ ވެސް ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. އެ ގޮތުން މާލޭގައި ތިބޭ ރ.އަލިފުށީ މީހުންނާއި އެ އަތޮޅު ދުވާފަރު މީހުން އެއް ފޮށްޓަކަށް ވޯޓުލާން ޖެހޭތީ އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ފޮޓޯ: ވަގުތު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް