ރަހުނަކާ ނުލައި 1.2 މިލިއަނާ ހަމައަށް ލޯނާއި ފައިނޭންސިންގ ދޫކުރަނީ

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ދޫކުރާ ލޯނާއި, ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ.

ރަހުނަކާއި ނުލައި 1.2 މިލިއަނާ ހަމަޔަށް ލިމިޓު އިތުރުކުރިކަން ބީއެމްއެލްއިން ހާމަކޮށްފައިވަނީ މިއަދުއެވެ.

އެ ބޭންކުން ބުނީ މިއަދުން ފެށިގެން އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ ’ބީއެމްއެލް ލުއި ލޯނު‘ ގެ ގޮތުގައި ކަމުގައެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި މި ބަދަލާއެކު ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީއަށް ބަލާނެ ކަމަށް ވެސް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޕޯޓްފޯލިއޯއަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި ވަނީ ފަހިވެފައި ކަމަށެވެ.  

“ބީއެމްއެލް އަކީ ދިވެހިން ޚިޔާރުކުރާ ބޭންކަށްވީ ހިނދު ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ޚިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން.“ އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި 05 ދުވަސް ތެރޭ ޕްރޮސެސް ވެސް ކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް