ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ނުބަލާތީ އިދިކޮޅުގެ ލީޑާޝިޕް އޭސީސީއަށް

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ. އިދިކޮޅުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން އޭސީސީއަށް ވަޑައިގަތީ މިއަދު 11:00 ގައެވެ. އޭސީސީގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާނެ ކަމަށެވެ. “އަޅުގަނޑުމެންގެ ވަރަށް ގިނަ ސުވާލުތައް އޭސީސީއާ ކުރިން. ލިޔުމުން […]
ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ ނަޝީދެއް ނޫން, އަޅުގަނޑުމެން: ރައީސް

ގެސްޓުހައުސް ވިޔަފާރި ރާއްޖޭގައި ފަށާފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ކުރިން ކުރި މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނަށް މިއަދު ކ.ގުރައިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. “ކުރީގަ ރަށްރަށުގަ ގެސްޓުހައުސް ހެދުމަކީ މަނާކަމެއް. ހަމައެކަނި މާލޭގަ ނޫނިއްޔާ ހެދޭ ގޮތަކަށް ނޫން އޮތީ. އެއަށްފަހުގައި ރަށްރަށުގައި ގެސްޓުހައުސް ހެދޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮންއިރަކު ކޮންބައެއްތޯ. މި ވެސް ވިސްނަންޖެހޭ ކަމެއް.“ ރައީސް ޞާލިޙް […]
އެމްއެމްޕީއާރްސީ: ނަޝީދު ވިދާޅުވީ މައްސަލަ ނުބަލަނީ ރައީސް ވަކި މަސްލަހަތެއް ހިފަހައްޓަވާތީކަމަށް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ނުހޯދޭ ކަމަށާއި އެ މައްސަލަ ނުބަލަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަކި މަސްލަހަތެއް ހިފަހައްޓަވާތީކަމަށް އެމްޑީޕީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނާ ގުޅޭ ގޮތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގެ 270 މީހުންނަށް ދަޢުވާކުރަންޖެހޭ ކަމަށާއި ނަމަވެސް އެއްވެސް […]
ސްވިޑްންގައި ޤުރުއާން އެންދި މައްސަލައިގައި ސަރުކާރުގެ ބަސް އިއްވައިދިނުމަށް އިދިކޮޅުން ގޮވާލައިފި

ކީރިތި ޤުރުއާން އަންދައިލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ. ސްވިޑްންގައި ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން އިއްޔެ ވަނީ އެ ޤައުމުގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައި އެއްވުމެއް ބާއްވައިފައެވެ. އެ އެއްވުމުގެ ބައިވެރިން ވަނީ ކީރިތި ޤުރުއާން ލިޔެފައިވާ ޚަތިމުތަކެއް އަންދައި ތުރުކީއާ ދެކޮޅަށް އަޑު އުފުލައިފައެވެ. އިދިކޮޅު ކޯލިޝަަނުން […]
ޒުލްފާ ވިދާޅުވީ އެއް ހަރަކުން ދެފަހަރަކު ކަށްޓެއް ނުޖެހޭނެކަމަށް

އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ދެފަހަރަކު ކަށްޓެއް ނުޖެހޭނެ ކަމަށް ވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރްޔަމް ޒުލްފާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. ޒުލްފާ މިކަން ހާމަކުރެއްވީ “އެމްޑީޕީ ކުރިއަށް“ މި ޝިޢާރާއެކު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޒުލްފާގެ ޓުވީޓުގައި ވިދާޅުވީ ހަމަ އެންމެ ކަތި ފިޔަވަޅަކުން ޕާޓީ މަގުމަތިވެ ހަތް އަހަރު އަނިޔާވެެރި ބިރުވެރި ދުވަސްތައް ތަޖުރިބާ ކުރަން […]
ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިނުވެ، އިންތިޚާބު ކާމިޔާބުނުކުރެއްވެނީތޯ ޑރ.ޖަމީލު ސުވާލުކުރައްވައިފި

އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އަނިޔާވެރިނުވެ, އިންތިޚާބު ކާމިޔާބުނުކުރެއްވެނީތޯ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު ކުރައްވައިފިއެވެ. 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ވަކީލު ޑރ.ޖަމީލް މި ސުވާލު ކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ ގޮތުން ޑރ.ޖަމީލް ވަނީ ޤާނޫނު ހިންގެވުމުގައި ތަފާތުކުރައްވަނީ ކީއްވެތޯ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ސުވާލު ކުރައްވައިފައެވެ. އަދި ރައްޔިތުންގެ މެދުގައި ތަފާތު ކުރައްވާ ވެރިޔަކު ރައްޔިތުންގެ […]
ރައީސް ޔާމީނަށް ޤައުމުގައި ތިބި ޣައްދާރުންނެއް އޯކޭއެއް ނޫން: އަދުރޭ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށާއި އެ މަނިކުފާނު ”އޯކޭއެއް ނޫން“ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ރައްދު ދެއްވައިފިއެވެ. އަދުރޭ ވިދާޅުވީ މި ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރައްވާކަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށާއި ރައީސް ޔާމީނަށް ޤައުމުގައި ތިބި ޣައްދާރުންނެއް އޯކޭއެއްނޫން ކަމަށެވެ. “ރައީސް ޔާމީން ނޫޅުއްވާ ޤައުމުގައި ތިބި ޣައްދާރުންނާއެކު މަސައްކަތް ކުރައްވާކަށް. އެކަމެއް ދުވަހަކު […]
ނަޝީދުގެ މައްސަލައަކީ ރައީސް ޞާލިޙް “ޕަޕެޓަކަށް“ ނުވުން: މަހްލޫފް

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް މައްސަލައަކަށްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ މަނިކުފާނު ވިދާޅުވާހައި ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރައްމުން ނުގެންދެވުން ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާގައި މަހްލޫފް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. މަހްލޫފް ވިދާޅުވީ މައްސަލައަކީ ވަކި ބޭފުޅަކު ވިދާޅުވާ ގޮތަށް ކެބިނެޓަށާއި ސިޔާސީ ހުރިހާ މަޤާމުތަކަށް މީހުން އައްޔަން ނުކުރެއްވުން […]
ރައީސް ނަޝީދު ވެރިކަމަށް އައުމަށް ރައީސް ޔާމީނާއެކު ކޯލިޝަން ހަދާފާނެތީ ބިރުގަނޭ: މާރިޔާ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކު ކޯލިޝަން ހައްދަވާފާނެކަމުގެ ބިރުހީވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ. އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަމުންދާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މާރިޔާ ވިދާޅުވީ މިހާރަކަށް އައިސް އިވެނީ ރައީސް ނަޝީދު ރައީސް ޔާމީނަށް ތަޢުރީފު ކުރައްވާ އަޑު ކަމަށާއި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ […]
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅައިނުލުމުގެ ނަތީޖާ: ޙަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅައިނުލުމުގެ ނަތީޖަާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އިއްޔެ ގއ.ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ ސަބަބުން ހަށިކޮޅުގައި ލީ ލަކުނުތަކާއެކު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގަތީ ޤައުމަށާއި ޕާޓީއަށް […]