ސްވިޑްންގައި ޤުރުއާން އެންދި މައްސަލައިގައި ސަރުކާރުގެ ބަސް އިއްވައިދިނުމަށް އިދިކޮޅުން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ކީރިތި ޤުރުއާން އަންދައިލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

ސްވިޑްންގައި ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން އިއްޔެ ވަނީ އެ ޤައުމުގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައި އެއްވުމެއް ބާއްވައިފައެވެ. އެ އެއްވުމުގެ ބައިވެރިން ވަނީ ކީރިތި ޤުރުއާން ލިޔެފައިވާ ޚަތިމުތަކެއް އަންދައި ތުރުކީއާ ދެކޮޅަށް އަޑު އުފުލައިފައެވެ.

އިދިކޮޅު ކޯލިޝަަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަން ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ. އެ ގޮތުން މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ލާދީނީ އަދި ލާއިންސާނީ ހަރަކާތްތަކަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޯލޝަނުގެ ބަޔާނުގައި ވަނީ ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ގޮވައިލާފައެވެ. އަދި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ވެސް ގޮވައިލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް