ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅައިނުލުމުގެ ނަތީޖާ: ޙަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅައިނުލުމުގެ ނަތީޖަާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިއަދު ވިދާޅުވެއްޖެެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އިއްޔެ ގއ.ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ ސަބަބުން ހަށިކޮޅުގައި ލީ ލަކުނުތަކާއެކު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ޖެހިވަޑައިގަތީ ޤައުމަށާއި ޕާޓީއަށް ކޮންމެ ކޮންމެ ގޮތެއްވާން ދޫކޮށްލެވެން ނެތުމުން ކަމަށެވެ.
އެ ވާހަކަފުޅާ ގުޅިގެން ޙަސަން މިއަދު ވިދާޅުވީ އެންމެ އިސްކަން ދެއްވަނީ “ރައްޔިތުންގެ އަމާންކަމަށޭ“ ރައީސް އިބްރަާހިމް މުޙައްމަދު ޞާލިޙް ވިދާޅުވާއިރު މާލޭ މަޖީދީމަގުގައި ބޮމެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ އެތައް ބައިވަރު މަޢުލޫމާތެއް ލިބުނުއިރު ވެސް އެކަން ހުއްޓުވުނު ކަމަކަށް ނުވި ކަމަށެވެ.
“6 މެއިގެ ހަމަލާއަކީ ސަރުކާރުގެ ފަރުވާކުޑަކަމާ އަޅައިނުލުމުގެ ނަތީޖަާ.“ އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާދިނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެ މަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ކާރަށް އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވައިލައިގެންނެވެ. ބޮން ހަރުކޮށްފައި ހުރީ ނީލޯފަރުމަގު ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ.
މި ހާދިސާއާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މީގެކުރިން ނެރުއްވި ބަޔާނެއްގައި, ރައީސް ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުުމުން އެކަން އެ މަނިކުފާނާއި ހިއްސާކުރެއްވި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަން މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ އާ ހިއްސާކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




One Response